އެމެރިކާގައި ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކަށް ފުލުހުން އަނިޔާ ކުރުމުން އޭނާ މަރުވި މައްސަލަ އާއި ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ވަރަށް ގިނަ ފިހާރާތައް ފަޅާލައި، ފިހާރަތަކުގައި ހުރި މުދާތައް ދަނީ ލޫޓުވަމުންނެވެ. މިގޮތުން އެޕަލްގެ ވަރަށް ގިނަ ފިހާރަތައް ފަޅާލައި އެތަންތަނުގައި ހުރި އެޕަލްގެ ގިނަ އުފެއްދުންތައް ވެސް ވަނީ ވަގަށް ގެންގޮސްފައެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވަގަށް ނެގި މެކްބްކާއި، އައިފޯންތައް ވެސް ހިމެނޭ ގޮތައް އެއްވެސް ޑިވައިސްއެއް ބޭނުމެއް ނުކުރެވޭނެއެވެ. ވަގަށް ނެގި ހުރިހާ އެއްޗެއް އޮތް ތަން ވެސް އެޕަލް އިން ދެނެގަނެ، އެމައުލޫމާތު ފުލުހުންނާއި ވެސް ހިއްސާ ކުރާނެ ކަމަށް ވެއެވެ.

ވަގަށް ނެގި ތަކެތި ހުޅުވުމުން ސްކްރީނުން ފެންނަނީ މެސެޖެކެވެ. އެމެސެޖްގައި ޑިވައިސް ވަގަށް ނެގި ފިހާރައިގެ ނަމާއި، ޑިވައިސް ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. ވަގަށް ނަގާފައިވާ ޑިވައިސް އޮތް ތަން ރަސްމީ އިދާރާތަކަށް އަންގާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އައިފޯންތައް "ފައިންޑް މައި އައިފޯން" މޯޑަށް ގޮސް، ޗާޖް ދަންދެން ރިންގް ވާނެ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އެކި ސްޓޭޓްތަކުގައި ހުރި އެޕަލްގެ ފިހާރަތަކަށް ގެއްލުން ދެމުން ދާތީ، މިހާރު ސަލާމަތުން ހުރި ތަންތަނުގައި ލަކުޑި ފިލާ ޖަހައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

އެމެރިކާގައި މިހާރު ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ދަނީ ޖޯޖް ފްލޮއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުންގެ މައްޗަށް ދައުވާ ކުރުމަށް ގޮވާލައެވެ. ނަމަވެސް އަދި މިހާތަނަށް ދައުވާ އުފުލާފައި ވަނީ އެންމެ ފުލުހެއްގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަރީ

    ސްޕެއާގެ ގޮތުގައި ބޭނުން ކުރެވޭނެ ދޯ! އޮންލައިންކޮއް ވިއްކާލެވޭދޭ.. އެޕަލް ފިހާރަމީހިނަށް ގެއްލުންވާނެ

    23
    5
  2. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    އަދިވެސް ކަޑަނުވާން އުޅޭ ބައެއް. ބަލަ ބޭނުން ނުކުރެވުނަސް، ފިހާރަތަކަށް ކިހާބޮޑު ގެއްލުމެއްބާ؟ ސްޕެއަރ ގެ ގޮތުގަ ހުރިހާއެއްޗެއް ވިއްކާލެވޭނެ.

    22
    5
  3. ސޭބު

    އީބޭ ކަހަލަ ތަންތަނުން އަގުހެޔޮކޮށް ވިއްކަންވެސް ފަސޭހައެއްނުވާނެ، އައި އެމް އީ ނަމްބަރު ޖަހަން އޮންލައިން ސައިޓްތަކުން އަންގައިފިއްޔާ އަތުލައިގަންނާނެ! އެކަމަކު ސްޕެއަރ ފަހަރެއްގަ ބޭނުން ކުރެވިދާނެ! އައިފޯނު ކްރަކްކޮށްގެން ވެސް ބޭނުން ކުރެވިދާނެ ތޯއްޗެ!

    22
    2
  4. ޛަން

    ޛެއިލް ބްރޭކް ކޮށްލީމަ ބޭނުންކުރެވޭނެ

    • ގިހަހަ

      ޢެޕަލް އަށް ޖެއިލް ބުރޭކް ނޭނގޭ

      14
  5. ދޮށިކޮއި ޢަލީގެ މުޙައްމަދު

    މިހާކު މަރާލުމުން އެކަމުގެ ތަޙްޤީގު އަވަސްކޮށް ދިނުމަށް ނުކުން ބަޔަކު ތަންތަން ލޫޓުވައި ވައްކަން ކުރަންފެށީމަ ތިއޮތީ މަޤްޟަދު އޮޅި އަމިއްލައަށް ކުއްވެރި ވެފައި ވަރަށް ހަޑި ނާތަހުޒީބު އަމަލެއް ތިޔައީ

    7
    4
  6. އެޕަލް ފޭން

    ނުބައި ބައެކޭ ދޯ ތިޔާވާނާ..އެޕަލްއަށް ތިހެން ނުހަދާތި..??