މެއި 19 ވަނަ އިންޑިއާގެ ޓަމިލް ނެޑޫގެ ޑިސްޓްރިކްޓެއްގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 13 އަހަރު ކުއްޖާގެ މަރުވި ގޮތުގެ ތަފްސީލް މި ވަނީ އާއްމުކޮށްފައެވެ. އެ ކުއްޖާ މަރުވީއެއް ނޫނެވެ. އެ ކުއްޖާ މަރާލީއެވެ. އެ ކުއްޖާ މަރާލާގައި ވަނީ އޭނާގެ ބައްޕައެވެ. އޭނާގެ ބައްޕަ އެގޮތަށް ކަންތައް ކޮށްފައި ވަނީ، އެ ދަރިފުޅު މަރާލައިފިނަމަ،އޭނާގެ މުއްސަނދި ވާނެ ކަމަށް އަންހެނަކު ދިން މައުލޫމާތަކަށް ބިނާކޮށެވެ.

ޕަނީރްސެލްވަމް ނަމަކަށް ކިޔާ އެ ފިރިހެން މީހާގެ ފުރަތަމަ އަނބިމީހާގެ ހަތަރު ކުދިން ތިބެއެވެ. އަދި ދެވަނަ އަނބިމީހާގެ ދެ ކުދިން ތިބެއެވެ. އޭގެ ތެރެއިން އޭނާ މަރާލި ވިދްޔާ އަކީ ފުރަތަމަ ކައިވެންޏަށް ލިބުނު ކުއްޖެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެނާގެ ބައްޕަ އޭނާ މަރާލަން މަސައްކަތްކޮށްފައި ވަނީ، މެއި 19 ވަނަ ދުވަހު އޭނާ ފެން ބަލާ ދިޔަ ގަޑީގައެވެ. އެ ދުވަހު ހެނދުނު ވިދްޔާ ފެން ބަލާ މޫދު ކައިރިއަށް ގޮސް، އެނބުރި ނައިސްގެން ގޮސް ބެލިއިރު އޭނާގެ ފެނިފައި ވަނީ އެ ސަރަހައްދުގައި ވަރަށް ސިއްހީ ހާލަތު ގޯސްކޮށް އޮއްވާއެވެ. ވަގުތުން އޭނާ ގޮވައިގެން ތަންޖަވުރް މެޑިކަލް ކޮލެޖަށް ދިޔައެވެ. އަދި އެތަނުގައި ފަރުވާދެމުން ދަނިކޮށެވެ.

އެ ކުއްޖާ މަރާއި ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ، ޕަނީރްސެލްވަމް އާއި އޭނާގެ ދެވަނަ އަނބިމީހާއާ ފައިސާ ކަންތައްތަކުގައި ވަރަށް މައްސަލަ ޖެހޭ ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމަށް، ހޯދި އަންހެނަކު ދިން މައުލޫމާތަށް ބިނާކޮށް ޕަނީރްސެލްވަމް ބޭނުންވީ އޭނާގެ އަންހެން ދަރިފުޅު މަރާލާށެވެ.

އެ މިހާ ކިޔާދިން ގޮތުގައި ދަރިފުޅު މަރާލުމަށްފަހު އޭނާގެ ގާތަށް ގެނެސް ކުރާ ކަންތައްތަކުގެ ސަބަބުން ޕަނީރްސެލްވަމް މުއްސަނދި ވާނެއެވެ. އޭނާ އެގޮތަށް ކަންތައް ކުރުމަށްފަހު، އެކަމަށް އެއްބަސްވެފައި ވަނީ ވަރަށް ފަހުންނެވެ. އަދި އޭނާ ވަނީ އެކަންތައް ކޮށްފައި ވަނީ އޭނާގެ ދެވަނަ އަނބިމީހާ އާއި އޭނާގެ އާއިލާ މީހެއްގެ ބަހަށްވެސް ހެއްލިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިކަންތައް ދިމާވިތާ މާ ގިނަ ދުވަހެއް ނުވެ ސިއްހީ މައްސަލަތަކެއްގައި ޕަނީރްސެލްވަމްގެ ދެވަނަ އަނބިމީހާ ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު