އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ އަންހެނަކު ކޮވިޑް-19 ޖެހި ދަރިފުޅާއި ދުރުގައި ހުންނަން ޖެހުމުން ކުރަމުންދާ ހިތި ތަޖުރިބާތައް މި ވަނީ ހިއްސާކޮށްފައެވެ.

"ޑޮކްޓަރު އަހަރެން ކައިރީގައި އަހަރެންނަށް ކޮވިޑް-19 ޖެހިފައިވާ ކަން އެންގި ހިސާބުން، އަހަރެން އެހިން އަހަރެންގެ ދަރިފުޅަށް ކިހިނެއް ވާނެތޯ". އަލިފިޔާ ޖަވެރި ނަމަކަށް ކިޔާ އެ މީހާ ހުމަންސް އޮފް ބޮމްބޭއަށް ބުންޏެވެ.

ޖަވެރި ބުނީ، ހެޔޮރަހުމަތުން އޭނާގެ ދަރިފުޅު ކޮވިޑް-19 އަށް ވަނީ ނައްސިވެފައެވެ. އެހެން ނަމަވެސް އޭނާ ގޭގައި ކަރަންޓީންވެގެން ހުންނައިރު، ދަރިފުޅު ގާތަށް ނުދެވޭތީ އެކަމާއި ހިތަމަ ކުރެއެވެ.

"އަހަރެން ގައިން ބަލީގެ އަލާމަތްތައް ފެންނަން ފެށީއްސުރެ ހުރީ ގޭގައި ކަރަންޓިން ވެގެން. އެއީ ފަސޭހަ ކަމެއް. އެކަމަކު ދަރިފުޅާއި ދުރުގައި ހުންނަން ޖެހުމުން އެއީ ފަސޭހަކަމެއް ނޫނ ދެ ހަފްތާ އާއި ހަތަރު ހަފްތާއާ ދެމެދުގެ މުއްދަތަކަށް"ޖަވެރި ބުނެފައި ވެއެވެ.

ޖަވެރި ކަރަންޓީންގައި ހޭދަކުރި ހަ ވަނަ ދުވަހު ބޮމްބޭޓައިމްސްއަށް ދިން އެ އިންޓަވިއުގައި ބުނެފައި ވަނީ، އޭނާ އެތަނުގައި އެހާ އުނދަގޫ ދުވަސްތަކެއް ގުނަމުންދަނީ އަވަހަށް ދަރިފުޅުގެ ގައިގައި ބައްދާލަން ބޭނުންވާތީ ކަމަށެވެ.

"ކޮންމެ ދުވަހަކު ދަރިފުޅު ކޮޓަރީގެ ކުޑަދޮރު ކައިރިއަށް އަންނާނެ. އައިސް ބިއްލޫރި ދޮރުގައި އިނގިލި ޖައްސައިގެން އިންނާނެ، އަހަރެން ޖައްސަން ދެން. އެއިން ކޮންމެ ވަގުތެއްގައި ހިތައް ވަރަށް އުނދަގޫވޭ ދަރިފުޅު ކައިރީ ހުންނަން ބޭނުންވާތީ". އޭނާ ބުންޏެވެ.

ޖަވެރި ބުނީ، ދަރިފުޅު އޭނާ ކައިރީ އޮންނަން ބޭނުންވާތީ ރޮއެ ހަދާ ކަމަށެވެ. އަދި ދަރިފުޅާއި މެދު ރަނގަޅަށް ކަންތައް ކުރެވޭތީ އޭނާގެ ފިރިމީހާއާއި، ދައްތަ މަސައްކަތް ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

"އެހެން ނަމަވެސް ދަރިފުޅު ދަންވަރު 2:00 ޖަހާއިރު ހޭލާނެ އަހަރެންގެ ގައިގައި ބައްދާލަން، އެކަމަކު އަހަރެން މިއަދު އޭނާ ކައިރީ ނެތުމުން ހިތްފަޅައިގެންދާ ވަރުވޭ"

އޭނާ ބުނީ، ގޭގައި އޭނާ ކަރަންޓީންވެގެން ހުންނައިރު، ދުވަސްތައް ހޭދަ ކުރަމުން ދަނީ ކެއްކުމާއި ތަންތަން ސާފް ކުރުމުގެ އިތުރުން، ކުޑަދޮރުން ދަރިފުޅު އުޅޭ ނޫޅޭ ގޮތް ބެލުމުގައި ކަމަށެވެ.

އަދި މިފަދަ ކަމެއް ދުވަހަކު ދެން މެދުވެރިނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ވަރަށް ދެރަ ، ކަމަނާއަށް އަވަސް ޝިފާއެއް މާތް ﷲ ދެއްވާށި ، އާމީން

    11