ގިނަ ދިވެހި ޒުވާނުންތަކެއް އެމީހުންގެ ހުސް ވަގުތުތަކުގައި ގިނައިން ކުޅޭ ޕަބްޖީ ކުޅުމާއި މެދު މިހާރު މިވަނީ ދެވަނަ ވިސްނުމަކަށް ދާން ޖެހިފައެވެ. އެއީ އެ ގޭމުގައި މިހާރު ބުދަށް އަޅުކަން ކުރުންވެސް އޮންނާތީއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ކުޅޭ ޕަބްޖީގެ އެންމެ ފަހު އަޕްޑޭޓާއި އެކު ނެރުން ބައިގެ ތެރޭގައި ބުދަށް އަޅުކަން ކުރުން ހިމަނާފައި ވާއިރު، ބުދަށް އަޅުކަން ކުރުމާއި އެކު ގޭމުގެ ތެރެއިން ތަކެތި ލިބޭ ގޮތަށް ވަނީ ހަދާފައެވެ.

ގިނަ އަރަބި ގައުމުތަކެއްގެ މީހުންވެސް ކުޅޭ ޕަބްޖީގައި މީގެ ކުރިން މިފަދަ ކަމެއް ނެތަސް ، މި އަޕްޑޭޓާއި އެކު ގިނަ މުސްލިމުންތަކެއް ދަނީ އެކަމާއި މެދު ނުރުހުން ފާޅުކޮށް މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މުނިފޫހިފިލުވަން ކުޅޭ މިގަދަ ގޭމުތައް މެދުވެރިކޮށް ބުދު ދީން ފެތުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ބައެއް ދީނީ އިލްމުވެރިން މިކަމާއި ބެހޭގޮތުން ބުނެފައި ވަނީ ބުދަށް އަޅުކަން ކުރުމަކީ ޝިރުކެއް ކަމަށާއި ގޭމްތައް މެދުވެރިކޮށް ކުރާ މިފަދަ ކަންކަމުން މުސްލިމުންގެ ވިސްނުން ބުދު ދީނާއި މެދު ބަދަލުވާނެކަމަށް ބަޔަކު މީހުން އުއްމީދު ކުރާނެ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މާމިގިލީ މީހާ

    ސަރުކާރުން ރާއްޖެއިން މި ގޭމް ބޭން ކޮއްލާންޖެހޭ.

    127
    24
    • ނިއްޓެ

      ކޯލް އޮފް ޑިއުޓީ މަ ކުޅެނީ ޕަބްޖީ އަކީ ބޮޓުން ކުޅޭ ގޭމް އެއް.

      146
      7
  2. ދަރަނި ދަންތުރަ

    ލޮބުވެތި އަހުންނާ އުހުތުން ﷲ ބިރުވެތިވެ ރައްކާތެރިވޭ ތިޔަގޭމް ނުކުޅެވެސް ދުނިޔޭގައި އުޅެވިދާނެ...

    1343
    3
  3. ކެނެރީ

    މިސަރުކާރުން ތިކަހަލަ ކަމެއްނުކުރާނެ ލާދީނީ ވެރިކަމެއް ...

    280
    5
    • ލޮލް

      އެއީ ސަރުކާރުން ކުރާ ކަމެއް ނޫން

      6
      179
  4. އަހްމަދު

    ދެވަނަ ވިސްނުމެއް ނޫން
    ޙަރާމް ވާނެ ކުޅެން
    ފައިދާއެއް ނެތް ކުޅިވަރަކަށްޓަކައި ދީން ދުއްވާލައި، ޝިރުކު ގެ އަނދަވަޅު ތެރެއަށް ވެއްޓި ތަވްހީދުގެ ނިޢުމަތް ނަގާލަނީ އެންމެ ބޮޑަށް ގެއްލި ބަރުބާދުވެފަ ހުރި މީހާ.

    137
    2
  5. ބިސް ކޯދު

    ބުދައް އަޅު ކަން ކުރަނީ އެންމެ މެ ޕެއް ގަ.. އެހެން ވީ މަ އެ މެޕް ނުކުޅޭ ނީ ?

    19
    72
  6. ގުއިޗުންމެއި

    ޕޮކޮމެން ގޯ އެއްތޯކިޔާއެއްޗެވެސް މީގެކު ރިން ކުޅުނު އޭތިވެސްހު ރީ މިސްކިތައް ވަންނަންޖެހޭ ގޮތައް މީއެބުނާފިކު ރީ ހަނގު ރާމަ ޔަހޫދީންގެންދާގޮއް .މަވާސަލާން ދެންނުކުޅޭނަން އިންޝާﷲ.

    79
  7. ކަލޯ

    ޕަބްޖީގަ މިހާރު ހުރޭ އެކި ގޮތަށްކުޅެވެން... ބުދަށް އަޅުކަން ނުކޮށްވެސް ކުޅެވޭ.... ޓީޑީއެމް، ޕޭލޯޑް، ....

    12
    137
  8. ބަބޫ

    ދެން ކިހާދެރަކަމެއްތަމީ. ކަލޭމެން ޕަބްޖީއާއި ގޭމްތަކާއަޅައިގެން ނެއްޓެން ނޭގިގެނ ތިޔަ އުޅެނީ ކީއްވެގެންތަ. ކަލޭމެން ނުކުޅުނީމަ ނިމުނީނު. ޖިންރަމީއާއި އެެއްޖެހި ހިތުން ބޭންގް ކޮށްގެން ތިތިބީދޯ. ރާއްޖޭގެ ތިބި ރޫނުއެދުރުންތަކެއް ބުނެގެން ހިތުން މޮޅެއް ވާނެކަމަށް އެކަން ކުރީ. އަދިވެސް ކުޅެވޭ. ޕަބްޖީވެސް ނުކުޅެވޭގޮތެއް ނެހެދޭނެ. ކިތަށް އިސްލާމީ ގައުމެއްގައި ބުދުދީނާ އެހެން ދީންތަށްވެސް އެބައޮތްތަ. މުސްލުމް އެތަނަށް އަރާ އަޅުކަން ކުރޭތައެބަ. އެހެން ނޫނަސް ގޭމްގަވެސް އެކަން ނުކޮށް ކުރިޔަށްދެވޭ

    15
    134
  9. ބަދޫލު

    ޕަބްޖީ ބޭން ކުރުމަށްވުރެ އަންހެންވެރިން ބަލާ ޑްރާމާތަށް ހިންދީ އެއްޗެހި ބޭންކުރަންފެނޭ. އަޑުގަދަކޮށްގެން ބަލާއިރު އަވަށްޓެރިންނަށްވެސް ހީވަނީ ފައްޅިއެެއްކާރީ އުޅެވޭހެން. ބަންގަލަން ބަގުވާނު ކޮށްޓަން އޭކިޔާ ސިޓިންގރޫމް ފާޅާލަފަޅާލާ އެތިބެނީ. ހިންދީ ޗެނަލްތަށް ގެންނައިރު އެތަންތަން ސެންސަރު ނުކުރަނީ ކީއްވެ. ސަބަބަކީ ބަޔަކަށް ލާރި ލިބޭތީ. ދީނުގަ ހިފަނީ ތިމާބޭނުންވާކަންތަކުގަ.

    31
    8
  10. އައްޔު

    ސަރުކާރުން އިސްނަގައިގެން އުރީދޫ އަދި ދިރާގުން މިގޭމް ކުޅޭ ފަރާތްތަކަށް ހިލޭ ޑޭޓާ ބަހާނެ އަދި ބަލަން ތިބޭ

    17
  11. ޖާވިޒް

    Mohamed Shuzam A Big disagree. alhugandaky BUG dhuvahaku vess kulhunu myheh vess nun, ekm komme kameh dheenaa gulhuvaafa hate vibes fethurun noony myhun Ge hithuga biruveri kan fathuraa gothah headline kurumaai dhekolhu.

    Thibunaa Thogothah balanyaa ethah baivaru video games thah hunany eki story thakah gulhuvaafa hadhaafa!
    Eg: GOD of war, final fantasy, devil may cry, uncharted fadha ethah games thakeh hurey thi ya bunaa beedhain... but that doesn’t mean gamers are worshiping on it or their faith... kuda iruhsuren feshigen vess video games thah kulhey myheh alhugandaky...

    Brother shirk kurumaky thimaa hithaa nafsun Ehen faraathakah alhukan koh nooony Ehen faraatheh vaakamah gabool koh efaraatheh ge kibain kameh haasil kuran ulhun nuvatha kurun.

    13
    3
    • ހަސަން

      ބަލަ ތިހެންވިއްޔާ ޤުރުއާނުގަވެސް ނެތް ޒިނޭ ނުކުރާށެކޭ. އެއާއި ކައިރިވެސް ނުވަން އޮތީ...އެއީ އެކަމަށް އޮތް ހުރިހާ ދޮރެއް ބަންދުކުރަން ... ނޫޙްގެފާނު ޤައުމު މީހުންވެސް ފުރަތަމަ މާތް މީހުންގެ ބުދުތައް ހެދީ އެއަށް އަޅުކަންކުރާކަށްނޫން... ޢެކަމަކު ޖީލަކަށްފަހު ޖީލެއް އަންނަމުންގޮސް އެންމެފަހުން އެއަށް އަޅުކަންކުރާނެ ބަޔަކުވެސް އައީ... ޢެގޮތަށް ޝައިތާނާ މަގުފަހިކުރީ. މީ ވިސްނަންވެއްޖެ ކަމެއް...

      117
      1
      • ނޯ

        ތިހެން ވިއްޔާ ޖެހޭނީ މި ޕުލެނެޓް އިން އެހެން ޕްލެނެޓް އަކަށް ދާން. މާލޭ ގެ ކިތަށް ފިހާރަ ތަކުގަ ބުދު ހުއްނަނީ. ދެން ތިހެންވީރު އެ ފިހާރަ ތަކަށް ވިޔަފާރި ކުރަން ވަނުން ވެސް ހަރާން ވާނެ. މާލޭގަ އުޅުން ވެސް ހަރާމް ވާނެ.

        3
        3
    • ބާސިމް

      ބްރޯ! "މިވެނި ކަމެއް ވީ ނަމަ މިހެނެއް ނުވީސް"، "އެވެނި ކަމެއްވި ނަމަ އެހެނެއް ނުވީސް"، މިހެން ކިޔުމަކީވެސް ޝިރުކެއް! ޝިރުކުގެ ހުރޭ ވ ގިނަ ވައްތަރު. އެހެންވީމަ ރަނގަޅަށް ތައުހީދު އެނގި ހުރެ ވާހަކަ ދައްކާ!

      160
      • ކޮވިޑް

        ނެތެއްނު މިމީހުން މަނާނުކުރާކަމެއް؟ މިމީހުންނަށް ކަމުދާގޮތަކަށް އެޕެއް ހަދާކަށް ވެސް ނޫޅޭ. ކިހާ ދެރަވެއްޖެ ކަމެއް ދެން މިއީ؟

        193
        5
  12. މާމިގިލި ނޫން މީހާ

    ބުދައް އަޅުކަން ކުރަނީ ގޭމެއްގެ ވަކި މެޕެއްގެ ވަކި ތާކަށް ގޮސް. ޢެކަމާ މުޅި ގޭމު ބަދުނާމު ނުކުރޭ. ޢަހަރެން ތި ގޭމު ކުޅުން. ޢަދި ތިބުނާ ބުދެއް ނުދެކެން. ގޭމު ތެރޭން ތި ބުދައް އަޅުކަން ކުރާ މީހެއްގެ އަގީދާ ބަދަލުވާނަމަ އެމީހަކު މަގުމައްޗައްވެސް ނިކުންނާނެ ކަމެއް ނެތް.

    4
    2
  13. ޢިލްމުގެ ދަރިވަރެއް

    އިތުރު ވާހަކަ އެއް އަހަރެން ބުނާކަށް ނެތިން. އިންޓަނެޓް ބޭނުން ކުރައްވާ އިނ ގިރޭސި ބަސް ފަހުމް ވާ ހުރިހާ ބޭފުޅުން ވެސް ޔޫޓިއުބަށް ވަންނަވާ. އަދި ރޭޝަނަލް ބިލީވާރސް ގެ އާރމީ އޮފް ސަޓަން ގެ 14 ވަނަ އެފިސޯޑް ބައްލަވާ. ދުނިޔޭ ގައި މިވަ ގުުތު ތިއްބެވި ބޮޑެެތި ބައެއް ޢިލްމުވެރިން ގެ ފަ ރާތުން ގޭމް ކުޅުމާއި އެކަމު ގެ ނުރައްކާތެރި ކަމާމެދު ކޮންމެވެސް ވަރަކަށް މަޢުލޫމާތު ލިބިވަޑައި ގަންނަވާނެ. އިންޝާﷲ.....