ބޮލީވުޑްގެ އަރަމުން އަންނަ ތަރި ކާރްތިކް އާރިޔަންއަކީ މިހާރު ބޮލީވުޑްގެ އެންމެ ޒުވާން، އެންމެ ކާމިޔާބު އެއް އެކްޓަރެވެ.

ހުސްހަށިބައިކޮށް ހުރި ކާރްތިކްއާ އެންމެ ގިނައިން ކުރެވޭ ސުވާލަކަށް ވާނީ އޭނާ ހުސްކޮށް ހުންނަނީ ކޮން ސަބަބަކާއި ހުރެތޯ ކުރެވޭ ސުވާލެވެ.

އޭނާއަކީ އަންހެން ފޭނުންގެ މެދުގައި ފަހަކަށް އައިސް އެންމެ މަގްބޫލް ބޮލީވުޑް އެކްޓަރުކަން ފާހަގަކޮށްލެވެއެވެ.

ކާރްތިކް ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާ ބޭނުންވަނީ ދިޕިކާ ޕަޑުކޯން ކަހަލަ އަންބެއް ކަމަށް ބުނެފައެވެ.

ދީޕިކާ އާއި އާރިޔާން މިހާތަނަށް ސްކްރީނުން އެކުގައި ފެނިފައެއް ނުވެއެވެ. މިހާރު ބޮލީވުޑްގެ ބަތަލް ރަންވީރް ސިންއާ ކައިވެނިކޮށްގެން އުޅޭ ދިޕިކާއަކީ އަބަދުވެސް އޭނާ ރަންވީރް ދެކެވާ ލޯބި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދައްކާ ފަންނާނެކެވެ.

އެގޮތުން އެވޯޑް ފަންޝަންތަކާއި ޓީވީ ޝޯތަކުގައި ވެސް އޭނާ ވަރަށް ގިނައިން ރަންވީރުގެ ވާހަކަ ދައްކައެވެ.

ކާރްތިކް ބުނ ީ ބޭނުންވަނީ އޭނާ ލިބުމުން އުފާވާކަން ދައްކަން ކެރޭ މީހެއް ކަމަށެވެ. އެމީހަކާ އެކީގައި ދިރިއުޅުމެއް ފަށަން ބޭނުންވާ ކަމަށް ބުންޏެވެ.

ދިޕީކާ އާއި ކާރްތިކް އެކުގައި ފުރަތަމަ ފެނުނީ އެއާޕޯޓްގައި ދެމީހުން ނަށާ ވީޑިއޯއަކުންނެވެ.

އެ ފަހުން ރިތިކް އާއި އެކު ޕާޓީއަކުން ދެ މީހުން ފެނިފައިވެއެވެ.

އަދި މާޗް މަހު އެ ދެ މީހުން ކުރި ފޮޓޯ ޝޫޓަކުން އެތައް ބައެއްގެ ސަމާލުކަން ވަނީ ދަމައިގެންފައެވެ.

މި ދެ ތަރިން އެކުގައި ފެންނަ ފިލްމަކަށް ފޭނުން ދަނީ އިންތިޒާރު ކުރަމުންނެވެ.

އެ ދެ ތަރިންގެ ކެމިސްޓްރީގެ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ.