ގިނަބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ސީރީސް އެއް ކަމަށްވާ "އެހެނަސް"ގެ ސީޒަން ދޭއްގެ ފުރަތަމަ ޓްރެއިލާ އާއްމު ކޮށްފިއެވެ.

ގިނަ އާ ތަރިން ހިމަނައިގެން އުފައްދާފައިވާ މި ސީރީސްއަކީ ޖިންސީ ގޯނާ އާއި އަދި ގަނާއާ ދެކޮޅަށް ތެދުވެ، ކުރިއަށްދާންވީ ގޮތް ދައްކުވައިދޭނެ ސީރީޒްއެކެވެ. މި ސީރީޒްގެ ދެވަނަ ބައިން ފެނިގެންދާނީ ފުރަތަމަ ބައިން ވެސް ލީޑު ރޯލު ކުޅެފައިވާ މުހައްމަދު ވިޝާލް އެވެ. އަދި ފާތިމަތު ސަރާ އާދަމް (ޝަރާ) އާއި ރާއްޖޭގެ ބައެއް މަޝްހޫރު ތަރިންވެސް މި ސީރިޒްއިން ފެނިގެން ދާނެއެވެ.

އޭގެ ތެރޭގައި ޝީލާ ނަޖީމް، މުހައްމަދު މަނިކް، ރިޝްމި ރަމީޒާއި، ރަވީ ފާރޫގް މުހިންމު ރޯލަކުން ފެނިގެން ދާނެއެވެ.

https://www.facebook.com/1672607203005487/posts/2612291765703688/

އެހެނަސްގެ ފުރަތަމަ ބައިގައި 10 އެޕިސޯޑު ވަނީ ގެނެސްދީފައެވެ. އަދި މި ސީޒަނުގައި 12 އެޕިސޯޑު ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރު ސީޒަންގެ އެޕިސޯޑްތައް ކުރީ ސީޒަންގެ އެޕިސޯޑްތަކަށް ވުރެ ދިގުވާނެއެވެ.

މި ސީރީޒްއަކީ މަޝްހޫރު ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ "އެހެނަސް ހަމަ ލޯބިވެޔޭ"ގެ މައްޗަށް ހަދާފައިވާ ސީރީޒްއެކެވެ. އެހެން ނަމަވެސް އެ ވާހަކައިން ނުފެންނަ އާ ޓްވިސްޓްތަކެއް ސީރީޒްއިން ފެނިގެންދާނެއެވެ.

މިފަހަރު ސީޒަން ދޭެއްްއިންވެސް އާ ތަރިން މި ދާއިރާއަށް ނުކުންނާނެއެވެ.

އެހެނަސް ސީޒަން ދޭއްގެ ފުރަތަމަ އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައި ވަނީ މި މަހުގެ މެދެއްހާ ހިސާބުގައެވެ.