އިންޑިއާގައި ޓްރާންސްޕޯޓް ހިދުމަތް ދޭ ބައެއް ކުންފުނިތަކުން މިހާރު ދަތުރުތައް ފަށާފައިވާއިރު، މީގެން ދަތުރެއްގައި ބައިވެރިވާން ނިންމި މީހުންނާއެކު، ދަތުރު ކޮށްފައި މި ވަނީ ރާމާ މަކުނެކެވެ.

ކޮވިޑް-19 އާ ހެދި ދަތުރުތައް ހުއްޓިފައިވާ މި ދަނޑިވަޅުގައި އެ ރާމާ މަކުނު ބަހަކަށް އަރައި އެ އިނީ ހަމަޖެހިލައިގެން ގޮޑީގައެވެ. އެ މަންޒަރު ފެންނަ ވިީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ވެސްޓް ބެންގަލްގެ ކޮލްކަޓާގައި ނަގާފައިވާ އެ ވީޑިއޯއިން ފެންނަނީ އެ ރާމާ މާކުނު ވަރަށް ހަމަޖެހިލައިގެން ފަސެންޖަރެއް ކައިރީގައި އިންނަ މަންޒަރެވެ. އެ ފަސެންޖަރު ދޭތެރެ ދޭތެރެއިން އެ މަކުނަށް ބަލާއިރު، އެ ޕަސެންޖަރުވެސް އިނީ ވަރަށް ހަމަޖެހިލައިގެންނެވެ.

އެ މަކުނު އެތަނުގައި އިށީންދެ އިނދެގެން ކައިރީ ހުރި ފަސެންޖަރާއި ދިމާލަށާއި، ތަންތަނަށް ބަލާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

މި މަންޒަރަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައިރު، މިއީ އިންޑިއާގެ ފުރަބަންދަށް ދިން ލުއިގެ ތެރެއިން ފުރަތަމަ ސްޓޭޖްގެ ދުވަސްތަކުން އެއް ދުވަހެވެ. އެ ވީޑިއޯ ނަގާފައި ވަނީ ޖޫން އެއް ވަނަ ދުވަހުއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މަކުނު ބަހަށް އަރާފައި ވަނީ ކޮލްކަޓާގެ އެކްބަލްޕޫރުންނެވެ. އަދި އެ މަކުނު ދެ ގަޑިއިރު ވަންދެން ބަހުގައި އިންއިރު، އެ މަކުނު ފައިބާފައި ވަނީ އާޗީޕޫރަށް ކަމަށް ވެއެވެ. އަދި އެ ދެގަޑިއިރު ތެރޭގައި އެ މަކުނު ވަރަށް ބަސް އަހައިގެން މަސް ތެރޭގައި އިން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު