މި އަހަރު ފެށިގެން އައިއިރު، އަހަރުގެ މިހައިތަނަށް ކޮންމެ މަހެއްގައިހެން ވަރަށް ރީތި ހަނދު ތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މާދަމާ ރޭވެސް މިފަދަ ހަނދެއް ފެންނާނެކަމުން ހަނދަށް ލޯބި ކުރާ ފަރާތްތަކުން މިހާރު ތިބީ މާދަމާ ރޭގެ ހަނދު ބަލާލުމަށް ކެތް މަދުވެފައެވެ.

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަނދު މާދަމާ ރޭ ފެންނަ ގޮތަށް ބޮޑުވެފައި ޖުމްލަ 3 ދުވަސް ވަންދެން ފެންނަން އިންނާނެއެެވެ.

މި ހަނދަށް ”ސްޓްރޯބެރީ މޫން“ އޭ ބުނުމުން އެންމެންގެ ވިސްނުމަށްވެސް ފުރަތަމަ އަންނާނީ ހަނދުގެ ކުލައަށް ބަދަލެއް އަންނާނެ ކަމަށެވެ. ނަމަވެސް ހަގީގަތުގައި ހަނދަށް ދެވިފައި ހުންނަ މިފަދަ ނަންނަމަކީ އެމެރިކާގެ ކުރީގެ ގަބީލާތަކުގެ މީހުން ދީފައިވާ ނަންނަމެވެ.

މި ހަނދަށް ސްޓްރޯބެރީގެ ނަން ދެވިފައި ވަނީ އޭރު އެމެރިކާގެ ގަބީލާތަކުގެ މީހުންނަށް ސްޓްރޯބެރީ އެމީހުންގެ ދަނޑުތަކުގައި އެންމެ ރަނގަޅަށް ފައްކާ ވަނީ މި ހަނދު ފެންނަ ދުވަސްވަރު ކަމަށް ވާތީއެވެ. އެހެންކަމުން މާދަމާ ރޭގެ ހަނދު ސްޓްރޯބެރީ އެއް ހެން އިންނާނެ ކަމަށް ހީ ނުކުރާށެވެ.

މާދްމާ ރޭގެ ސްޓްރޯބެރީ ހަނދުގެ އިތުރުން، މި މަހުގައި މިފަދަ އެތައް ޝައުގުވެރި ކަމެއް އޮތްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތާރީހު

    އެމެރިކާގެ ތާރީހަކީ ގަބީލާގެ ޒަމާންނުގެ ތާރީހީ ގައުމެއްކަމެ ކުރިޔަކުން ކިޔާއަޑެނީވޭ... އިގޭގޮތުން އެމެރިކާ ހޯދުނީ އިންސާނީލަސްލު ދިރިއުޅޭތާ އެތަކެ ގަރުނެވީފަހުން އިސްލާމީ ތާރީހަކީ ދުނިޔޭގެ އެއްމެ މުއްސަދި މައުލޫމާތުއިގޭ ތާރީޙު..އޭގެން އިގެނީ ރޯމަނުންނާ ގްރީކްމީހުންނާ ސީނުކަރައާ ހިންދުކަރަ މަޢުރިބާ އެއީ އެފްރިކާބައްރު އެމެރިކާގެ އަސްލުވަޒަން ވެރިންނަކީ ގަބީލާ ބައެއްކަމަށް ނިންމީކަންނޭގެދޯ އެމެރިކާގެ ފަހުގެ ވެރިކަންތަކުން....

    3
    1
  2. ކުއިކީ

    ހައްހައްހާ.. "މާދަމާރޭގެ ހަނދު ސްޓްރޯބެރީއެއްހެން އިންނާނެ ކަމަށް ހީނުކުރާށެވެ."

  3. ފަޔާޒް

    އެހެން ފްލޭވަރެއް ނެތްތަ؟