އިބްރާހިމް ޝާއިރް (ތާރެ) އަކީ ބޮޑުބެރު ޗެލެންޖްއިން ދިވެހިންގެ ތެރޭގައި ބޮޑު މަގްބޫލްކަމެއް ހޯދި ފަންނާނެކެވެ.

އެއަށް ފަހު ތަރިންގެ ރޭގެ "ދަންދަން" ވެލަންދެންއިން އޭނާ ވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ލަވަކިޔުމުގެ ދާއިރާ އާއި ދުވަސްތަކެއްވަންދެން ދުރުގައި ހުރި ތާރެ އައީ މިދިޔަ އަހަރުން ފެށިގެން ބައެއް ކަވަރ ލަވަތަށް އޭނާގެ ފޭސްބުކްގައި ހިއްސާކުރަމުންނެވެ.

އެލަވަތަކަށްވެސް އާއްމުންގެ ބޮޑު ތަރުޚީބެއް ލިބުނު އިރު އާއްމުން އަބަދުވެސް ކުރި ސުވާލަކީ އޭނާގެ އަމިއްލަ ލަވައެއް ނުކުންނާނީ ކޮންއިރަކުންތޯ ކުރި ސުވާލެވެ.

އަންގާރަ ދުވަހު އޭނާ ފޭސްބުކްގައި ހިއްސާ ކުރި އަމިއްލަ ލަވަ " އޭ މަލާއޭ" އަށް މިހާތަނަށް ހާހަކަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

ކޮވިޑް-19އިގެ ސަބަބުން ފުރަބަންދުގައި ހުންނަންް ޖެހުނު ވަގުތުގައި މި ލަވަ އާއްމުންނާއި ހަމައަށް ފޯރުކޮށްދިން ނަމަވެސް، ތާރެ ބުނާގޮތުން އޭނާ މި ލަވައިގެ މެލޮޑީއަށް އޭނާ ވަނީ އަހަރުތަކެއް ހޭދަކޮށްފައެވެ. އަދި ލަވަ ލިޔަން އެތައް މަހެއް ހޭދަކުރިއެވެ.

" އާއްމުންގެ ކޮމެންޓްސްއަށް ވަރަށް އުފާވި. އަސްލު ނިދާ ހޭލާފަ ދެން ވަރަށް ބިރުން ހުރެ ލަވަ ކީ. ކޮމެންޓްސް ރަނގަޅުވީމަ ވަރަށް އުފާވި. ބޭނުން އަލްބަމްއެއް ވެސް ހަދަން. މިހާރު މު ހުރީ ހަމަ މި މިއުޒިކަށް ފޯކަސްކޮށްގެން. ވަރަށް ގިނަ ވަގުތު ފޯކަސް ނުވެފައި ހުރިން." ތާރެ ކިޔާދިނެވެ.

ތާރެގެ އެ ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ އޭނާގެ އަޑަށް ތައުރީފްކޮށްފައެވެ. މި ދުވަސްކޮޅު ސްޓޫޑިއޯއަށް ނުދެވޭތީ ގޭގައި ރެކޯޑްކުރުމަށް ފަހު އެ ލަވަ ހިއްސާކުރުމުންވެސް އާއްމުންގެ ފަރާތުން ލިބުނު ތަރުޚީދު ފެނިފައި ހައިރާންވި ކަމަށް ތާރެ ބުންޏެވެ. އަދި އުންމީދަކީ ކުރިއަށް އޮތްތަނުގައި މިހާރަށް ވުރެ ގިނަ މިއުޒިކް އުފެއްދުންތަކެއް ގެނެސްދިނުންކަމަށް ވެސް އެނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. seetu...hanaaaa

    Lava kiumaky haraam kameh.thikamun libeene ehves faidhaaeh neh.hihhama jehumeh neh...lava kiyaa ehmeh varah rangalhah visnaalahvaaa...haraam kanthah thakun dhuruveee..erun kaamiyaaby aai hamayah dheveeny..

    19
    2
  2. އައި

    އެއްވެސް ފައިދާއެއް ނެތް ގެއްލުން ހު ރި ކަމެއް. އަވަހަށް
    ތިކަމުން ދު ރުވޭ.

    16
    4
  3. ޔޫ ނޯ ހޫ

    ކުރިން ވެސް މިއަދުވެސް އަބަދުވެސް ތި އަޑު ދެކެ ލޯބިވޭ، ލޯބި ވާނަން. ތާރޭ، ތާރޭގެ ތި ހިއްވަރާ ތި އަޒުމު ދުހުކުވެސް ފިލައިގެން ނުދާނެ ކަމަށް ދުއާ ކުރަން. ވަރަށް ލޯބި ވޭ. “ވީ ވިލް ޕެއިންޓް އާ ލަފް” ♥️

    2
    3