އިންޑިއާގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ޕަބްޖީ ކުޅެން އިންދާ ކުއްލިއަކަށް ކާޑިއެކް އެރެސްޓެއް ޖެހިގެން މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ޝަތިޝް ކުމާރް ނަމަކަށް ކިޔާ އެ ކުއްޖާ މަރުވެފައި ވަނީ ހަގަޑިއެއްހާ އިރު ވަންދެން ފޯނުން ޕަބްޖީ ކުޅެން އިންދާ ކުއްލިއަކަށެވެ.

އެގޮތުން ސިތިޝް ކުޅެން އިނދެފައި ކުއްލިއަކަށް ހަޅޭލަވާގަތް ކަމަށާއި، އަދި ބިން މައްޗަށް އޭނާ ވެއްޓުނީ ކަމަށް އާއިލާ އިން ބުންޏެވެ. އަދި އާއިލާއިން ބުނާގޮތުގައި، އެ ކުއްޖާ އެ ގޭމް ކުޅުމަށް ވަރަށް ގިނަ ވަގުތު ތީ، އެ ދުވަހު އެކަނިވެސް ހުއްޓުމެއް ނެތި ހަ ގަޑިއިރު ވަންދެން ގޭމް ކުޅުނެވެ.

އާއިލާއިން ބުނާގޮތުގައި، ގްރޭޑް 12 ގައި ކިޔަވަމުންދާ ސަތިޝް އެ ދުވަހު މެންދުރު ކެއުމަށްފަހު ފަށައިގަތީ ގޭމް ކުޅޭށެވެ. އޭނާ އެއްވެސް ވަރަކަށް ބްރޭކެއް ނެގުމެއް ނެތި އެ ގޭމް ކުޅެން އިންނަތާ ހަ ގަޑިއިރު ވި ކަމަށްވެސް އާއިލާއިން ބުންޏެވެ.

އޭނާ ގޭތެރެއަށް ވެއްޓުމާއެކު ވަގުތުން އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ޑޮކްޓަރު ބުންޏެވެ.

ސަތިޝް ބެލި ކާޑިއޮލޮޖިސްޓަރު ބުނީ، އެ ކުއްޖާ ހޮސްޕިޓަަލަށް ގެނައުމާއެކު ވަގުތުން އޭނާގެ ކަންކަން ބަލަން ފެށި ކަމަށާއި، އެެހެން ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް ހަށިގަނޑުން ވިންދު ހުއްޓިފައިވާ ކަމަށެވެ.

އެ ޑޮކްޓަރު ވަނީ، ކުދިން ޕާބްޖީ ފަދަ ގޭމްތައް ކުޅުމުން ދުރުކޮށްދިނުމަށް އެެދިފައެވެ. އެއީ މާބޮޑަށް ގޭމުގައި ޖެހި، އަންނަ ފޯރީގައި ހިތުގެ މައްސަލަތަކާއި ދިމާވެދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.