ބައެއް ފިރިހެނުންނަކީ އެމީހުންގެ އަނބިންނަށް އޮޅުވާލުމުގައި މާބޮޑަށް ވެސް ކުރީގައި އުޅޭ މީހުންނެވެ. މިފަދަ އެކަކީ އެމެރިކާގެ ވިލިއަން އެލެން ޖޯޑަން އެވެ.

އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވާ މޭރީ ނަމަކަށް ކިޔާ އަންހެނަކު އިނގިރޭސިވިލާތުގެ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ވިލިއަމް އާއި އޭނާ ބައްދަލުވީ 2000 ވަނަ އަހަރު އެވެ. އޮންލައިންކޮށް ބައްދަލުވެ ފެށުން "ސީރިއަސް" ވުމަށް ގިނަ ދުވަހެއް ނުނެގިއެވެ. އެންމެ ތިން ހަފްތާ ފަހުން ވިލިއަމް ވަނީ މޭރީ އަށް ޕްރޮޕޯސް ކޮށްފައެވެ.

ދެމީހުންގެ ކައިވެނި ވަރަށް އުފާވެރިއެވެ. ދެކުދިން ލިބި، އެއްވެސް މައްސަލައެއް ނުޖެހި ވަރަށް ރަނގަޅު ދިރިއުޅުމެއް އައީ އުޅެމުންނެވެ. ދެމީހުން ދިރިއުޅެމުން ދިޔައީ އިނގިރޭސިވިލާތުގައެވެ. ވިލިއަމް މޭރީ ކައިރީ ބުނެފައިވާ ގޮތުގައި އޭނާ އަކީ ސީއައިއޭގެ ޖާސޫސެކެވެ. ސީއައިއޭ އިން ވިލިއަމް އަށް މުސާރަ ވެސް ފޮނުވައެވެ.

ވިލިއަމް ސީއައިއޭގައި މަސައްކަތް ކުރާތީ އޭނާގެ ދިރިއުޅުން އޮތީ "ސިއްރުން ފުރިފައެވެ." ވިލިއަމްގެ ފޯނާއި، އޭނާ ދާތަންތަނުގެ މައުލޫމާތުތަކަކީ ސިއްރު ކަން މޭރީ ހުރީ ގަބޫލު ކޮށްގެންނެވެ. އެހެންކަމުން ފިރިމީހާ އަށް އޭނާ އެއްވެސް ވަރަކަށް ފާރައެއް ނުލައެވެ. "އެއްވެސް ކަމެއް އުނި ނުވާތީ" ފިރިމީހާ އެހެން އަންހެނަކާއި ގުޅުމެއް ބާއްވާފާނެ ކަމަށް ހީވެއް ނުކުރެވެއެވެ.

ނަމަވެސް އެއްދުވަހަކު ނުވެސް އެނގި ހުއްޓާ އަންހެނެއްގެ ފޯން ކޯލެއް އޭނާ އަށް ލިބުނެވެ. އެއަންހެން މީހާ އާއި ބައްދަލު ކުރުމުން މޭރީ އަށް އެނގުނީ އެއީ ވިލިއަމްގެ އަންބެއް ކަމެވެ. އިތުރަށް ލިބުނު މައުލޫމާތު އެނގުނު ގޮތުގައި ވިލިއަމް އޭރު ވެސް އުޅެނީ މޭރީގެ އިތުރުން ތިން އަންހެނުންނާއި "ކައިވެނި" ކޮށްގެންނެވެ. އަދި އޭނާގެ އަތްދަށުވި އަންހެނުންގެ އަދަދު ހައަކަށް އަރައެވެ.

މޭރީ އަށް ވިލިއަމްގެ ހަގީގަތް އެނގުނު އިރު ދެމަފިރިންގެ ކައިވެންޏަށް 14 އަހަރު ވެއްޖެއެވެ.

މޭރީ އަށް ވިލިއަމްގެ ހަޤީޤަތް އެނގުނު އިރު އެހެން މައްސަލައެއް ވެސް ދިމާވިއެވެ. އޭރު ވިލިއަމް ވަނީ މޭރީގެ ފްލެޓް ވެސް ވިއްކާލާފައެވެ. އެހެންކަމުން މޭރީ ހުރީ މަގުމަތިވެފައެވެ.

މިހާރު ވިލިއަމްގެ މައްޗަށް ތަފާތު ގިނަ ކުށްތަކެއް ސާބިތުވެ ވަނީ ތިން އަހަރު ދުވަހަށް ޖަލަށް ލާފައެވެ.

ނަމަވެސް އެތައް ބައަކަށް އޮޅުވާލި މީހަކަށް މިވަރުގެ ޙުކުމެއް އައުމުން މޭރީ ސުވާލު އުފައްދައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަގީގަތް

    އިސްލާމީ ގައުމުތަކުގައި މިކަހަލަ މައްސަލަތަކުން ފިރިހެނުން ސަލާމަތްވޭ. 4 އަނބިންނާއި ހަމައަށް އެއްފަހަރާ އިނުން އިސްލާމްދީނުގައި ހުއްދަ. އެކަމަކު ގިނަ އަބީންނާއި އެއްފަހަރާ އިންނަ ފިރިހެނުންގެ ތެރެއިން މެޖޮރިޓީ ފިރިހެނުން އަނބީންގެ ހައްގުތައް އަދާއެއް ނުކުރޭ. ގިނަފަހަރު ދޮށީ އަނބިމީހާގެ ހައްގު އަދައެއް ނުކުރެވޭ. ހަގު އަނބަކާ އިނުމަށްފަހު ދޮށީ އަނބި އެހިސާބުން ބޭކާރުވީ.
    ހައްގުތައް އަދާކުރެވެންޏާ އަސްލު އޯކޭ ހަތަރު އަނބިންނާއި އިނަކަސް. ރަނގަޅަށް ހައްގުތައް އަދާ ކުރެވެންޏާ ދޮށީ އަނބިމިހާ އޯކޭވެސް ވާނެ.
    ދީނުގައިވާކަންތަކުން އެމީހުން ހިތައްއެރި ކަންތައްތައް ގިނަމީހުން މިކުރަނީ. ތުނބުޅި ދިއްކޮށްފަވެސް 5 ނަމާދު ނުކުރާ މީހުން އުޅޭ. މިގޮތަށް ގިނަ އަނބިންގެ މައްސަލަވެސް.

  2. ހަޖަމް

    މުސްލިމަކު ތިކަން ކުރިނަމަ މިހައިރު ހުރިހާ މީޑިއާއަކުން ގޮވާނީ ހަރުކަށި މުސްލިމް މީހެކޭ ކިޔާފަ... އިސްލާމްދީނުގެ ހަރުކަށިކަމޭ،،، މުސްލިމުންގެ ނާތަހުޒީބުކަމޭ، އަނެކެއްޗެކޭ އަނެކެއްޗެކޭ

    72
    4