ކެންޔާގެ އަންހެނަކު މޭކަޕް ކުރާތީ އޭނާގެ ފިރިމީހާ އެކަމާއި ދެކޮޅު ހަދައި އަނބިމީހާ އަށް ޖިންސީ ގޯނާކޮށް އަނބިމީހާގެ ބޯ ބާލައިފިއެވެ.

އިއްޔެ ހިނގި މިހާދިސާ އާއި ބެހޭ މައުލޫމާތު މީޑިއާ އަށް ދެމުން އަންހެން މީހާ ބުނީ އޭނާ މޭކަޕް ކުރާތީ އެކަން ނުކުރަން ފިރިމީހާ އެންގި ކަމަށެވެ. އަދި އޭނާގެ އިސްތަށިގަނޑު ދިގުކޮށް އޮންނާތީ އިސްތަށިގަނޑު ކޮށާލަން ވެސް އެންގިއެވެ. ނަމަވެސް އިސްތަށިގަނޑު ކޮށާލަން ދެކޮޅު ހެދުމުން ފިރިމީހާ ވަނީ ގަދަކަމުން އަނބިމީހާގެ ބޯ ބާލާފައެވެ.

އެއަށް ފަހު އަނބިމީހާ އަށް ހަމަލާދީ ފިރިމީހާ ވަނީ އަނބިމީހާ އަށް ޖިންސީ ގޯނާ ވެސް ކޮށްފައެވެ.

އަނބިމީހާ އަށް މިހާރު ދަނީ ކެންޔާގެ މޮމްބަސާގެ ކޯސްޓް ޖެނެރަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މިދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ ދިހަ އަހަރު ވެއްޖެއެވެ. ދެމަފިރިންނަށް ވަނީ ދެދަރިން ވެސް ލިބިފައެވެ.

އަނބިމީހާ ބުނީ މޭކަޕް ކުރާތީ މީގެ ކުރިން ފިރިމީހާ އެއްވެސް މައްސަލައެއް ނުޖައްސާ ކަމަށާއި މޭކަޕް ކުރުމާއި ފިރިމީހާ ކުއްލިއަކަށް ދެކޮޅުވީ ކީއްވެކަން ނޭނގޭ ކަމަށެވެ.

ކެންޔާގެ ފުލުހުން ގެންދަނީ މިމައްސަލަ ތަޙްޤީޤު ކުރަމުން ކަމަށް ފުލުހުންގެ ތަރުޖަމާނަކު ވަނީ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައެވެ. ނަމަވެސް ކެންޔާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ދެމަފިރިންގެ ދެމެދުގައި ހިނގާ މިފަދަ ހަމަނުޖެހުންތަކާއި ގުޅިގެން އެގައުމުގައި ޤާނޫނީ ފިޔަވަޅެއް އެޅުމަކީ ވަރަށް ނާދިރު ކަމެކެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކެންޔާގައި ކައިވެނި ކޮށްގެން އުޅޭ އަންހެނުންގެ ތެރެއިން 40 އިންސައްތަ އަންހެނުންނަކީ އެމީހުން ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ގެވެށި އަނިޔާ ތަހައްމަލް ކުރަން ޖެހިފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  އަނބިމީހާއަށް ފިރިމީހާ ޖިންސީ ގޯނާކޮށްފިޔޯ! ވީމާ 10 އަހަރުވަންދެން ކައިވެނި ކޮށްގެން މުޅިންވެސް އެކުރީ ޖިންސީ ގޯނާ ދޯ! ކައިވެނި ނުކޮށް އެކުރީ ދެން ޖިންސީ ގޯނާއެއް ނޫން ދޯ! ހުޅަގުގެ ވިސްނުން........ ބޯހަލާކު!

  44
  6
  • ހޫ

   ޖިންސީގޯނާ އަކީ ނުރުހުމުގައި އަނިޔާވެރި ގޮތުގައި ހިންގޭ ޖިންސީ އަމަލު. އެހެޔޮ ދެމަފިރިން ކަމުގައި ވިޔަސް އެވާނީ ޖިންސީ ގޯނާއަށް. ރުހުމުގައި ކުރުމަކުން ޖިންސީ ގޯނާއެކޭ ނުކިޔޭނެ.

   14
   3
 2. ައާންމުން

  ޙުންނާނީ ދެން މޭކަޕް ކުރެވިފަ، އެއްފަރާތައް ޖރހި ހުސްވެގެން ކީއްވެތަ ހަބަރު ކިޔަނީ، ފިރިމީހާގެ ބަހެއް ލިބުނީމަދޯ އެގޭނީ ތި އަންހެން މީހާގެ ވަރެއްވެސް

  13
  34