މިސް ވޯލްޑްގެ ލަގަބް އިންޑިއާގެ ބަތަލާ އައިޝްވާރީޔާ ރާއީ ބަޗަންއަށް ލިބުނުތާ އެތައް އަހަރެއް ވެގެން ދިޔައިރުވެސް އަދިވެސް އޭނާ ވެފައި ވަނީ ދުނިޔެއިން އެންމެ ރީތި އަންހެނުންގެ ތެރެއިން އެކަކަށެވެ. އެހެން ނަމަވެސް މިއީ އަސްލު އައިޝްވާރިޔާގެ ވާހަކައެވެ. މިހާރު އެހެން އައިޝްވާރިއާއެއް މިވަނީ އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދާފައެވެ.

އޭނާއަށް އެ ލިބުނު ސަމާލުކަން ދަމައިގަނެވޭނެ ދެވަނަ އައިޝްވާރިއާއެއްގެ ވާހަކަަ މިހާރު މީޑިއާ ތަކުގައި ވަނީ ދެކެވެން ފަށާފައެވެ. އެގޮތުން އައިޝްވާރިޔާއާ ވަރަށް ވައްތަރު ކަމާށް ބުނާ އެ މީހާ ވަނީ، ވީޑިއޯއެއްގެ ޒަރިއްޔާއިން އޭނާއަކީވެސް ތަރިއެއްކަން ސާބިތު ކޮށްދީފައެވެ.

އެ ވީޑިއޯގައި ފެނިގެން ދަނީ އައިޝްވާރިޔާ ކުޅުުނު ފިލްމެއްގެ ޑައިލޯގް، އޭނާ ފަރިތަކޮށް ކިޔާލާ މަންޒަރެވެ. އެއީ 2000 ވަނަ އަހަރު ނެރުނު ފިލްމް ކަންޑުކޮންޑެއިން ކަންޑުކޮންޑެއިން ފިލްމްގެ މަންޒަރެކެެވެ.

އޭނާ އެ ވީޑިއޯގައި ލިޕްސިންކް ކުރަމުންދާއިރު، އައިޝްވާރިޔާގެ ފޭނުންގެ ސަމާލުކަންވެސް މިހާރު ވަނީ ދަމައިގަނެވިއެވެ.

އެ ވީޑިއޯ ބަލާފައި އެންމެންވެސް ބުނަނީ އެއީ ހަމަ އައިޝްވާރީޔާ ކަމަށެވެ. އަދި ހީވަނީ އައިޝްވާރީޔާ އާއި ދިޕިކާ ޕަދުކޯން އެކުއެކީ ފެންނަހެން ކަމަށްވެސް އެއް ބަޔަކު ބުނެފައި ވެއެވެ. އަދި އޭނާ ރީތިކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. އަދި އޭނަ ފިލްމީ ދާއިރާއަށް ނެރުމަށް ގޮވާލާ މީހުންވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ވަރަށް ރީތި މިއީ ނެޗުރަލް ކައިޒީން އަށް އިނގޭބާ...

    24
    2
  2. ޕްރައިވެޓް

    އައިޝްވަރިޔާއާ އޭނަ ވއްތަ ރީކީނުން، އޭނާއާ އައިޝްވަ ރިޔާ ވައްތަ ރު ވާން އުޅެނީ

    27
    6
  3. ޒައިޝާ

    ހަގީގަތުގައި އައިޝްވަރިޔާ އަށްވުރެ މާބޮޑަށްވެސް ނެޗުރަލް ބިއުޓީ. އައިޝްވަރިޔާ އަކީ ނެޗުރަލް ބިއުޓީ އެއްނޫން އެއީ ސާރޖަރީ އާއި މޭކަޕްގެ ރީތިކަން ދައްކުވާދޭ އަންހެނެއް. އެކަން އެގިގެންދާނެ އޭނާ ކުޅެފައިވާ ހޮލީވޫޑްގެ ފިލްމުން.

    14
    1
  4. ނަސީބު

    ތިދެމީހުންވެސް އައިޝްވަރާއި އާއި ވައްތަރެއްނޫން

    • ޚާލި

      ???

  5. ކޮއްކޮ

    ކޮންނަމެއް ކިޔާ މަންޖެއެއްތަ މީ؟