ކޮވިޑް-19 ޖެހޭ ފިރިހެނުންގެ ތެރެއިން ބޯ ތަލަކޮށް ތިބޭ މީހުންނަށް، އެ ބަލީގެ ނުރައްކާ ބޮޑުވެ މަރުވުވުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ބުނެފިއެވެ. ސައިންސްވެރިން ބުނާގޮތުގައި، ހަށިގަނޑުގެ ސެލްތަކަށް އެޓޭކް ކުރަން ފިރިހެން ހޯމޯންސް އެހީތެރިވެދެއެވެ.

ފިރިހެނުންގެ ބޮލުން އިސްތަށި ފައިބަނީ ހޯމޯން އެންޑްރޮޖެންގެ ސަބަބުން ކަމަށް ވާއިރު، ސްޕެއިންގެ ހޮސްޕިޓަލްތަކުގައި ކޮވިޑް-19ގެ ގިނަ ވޭދަނަތަކާއި ގުޅެނީ އެއާއި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި ހޯދުމަށް ގެބްރިން ސައިންގެ ނަމުން ނަން ދީފާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ އެެެމެރިކާގެ ފިޒީޝަނެއް ކަމަށްވާ ފްރޭންކް ގަބްރިން ކޮވިޑް-19 ޖެހިގެން މަރުވިއިރު، އޭނާއަކީ ތަލަ މީހަކަށް ވުމުންނެވެ.

ބްރައުން ޔުނިވާސިޓީގެ ޕްރޮފެސެރަ ކާލޯސް ވެމްބިއާ ބުނެފައިވާގޮތުގައި، ތަލަވުމަކީ އެ ބަލީގެ ނުރައްކާ ވަަރަށް ބޮޑު ކަމެއް ކަމަށް ބެލެވެއެވެ.

ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އަންހެނުންނަށްވުރެ ގިނައިން ފިރިހެނުން މި ބަލި ޖެހިގެން މަރުވެއެވެ.

"އަހަރުމެންނަށް ހީވާގޮތުން އެންޑްރޮޖެންސް ނޫނީ ފިރިހެން ހޯމޯންސްއަކީ އަހަރުމެންގެ ސެލްތަކަށް މި ވައިރަސް ވަންނަ އެއް މަގު". ޕްރޮފެސަރު ބުނެފައި ވެއެވެ.

ޕްރޮފެސަރުން ސްޕެއިންގައި ހެދި ދިރާސާތަކުން ދައްކާގޮތުގައި، މެޑްރިކްގެ ތިން ހޮސްޕިޓަލެއްގައި ތިބި ކޮވިޑް-19 ޖެހުނު 122 މީހުންގެ ތެރެއިން 79 އިންސައްތަ މީހުންނަކީ ބޯ ތަލަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ....

  ބޯ ބާލާފަ ތިބޭ މީހުނަށް ވެސް ޖެހޭތަ؟؟

  • އަހަރެން...

   ހެހެހެހެ... ކޮވިޑް އެ އުޅުނީ މިހާރު މޮޔަވެގެން..

 2. ހުސޭނުބޭ

  ބޮލުގައި އިސްތަށި އިންދާދޭނޭ މީހަކު ނެތްތަ؟

 3. ނަބާ

  ތިވީގޮތުން ދެން ފިރިހެނުން އުޅެން ޖެހެނި ބޮލުގަ “ ވިގެއް” އަޅާގެން ، އޭރުން ގައިމު ތަލައެއް ނުފެންނާނެ !?