އެމެރިކާގެ އެއް އާއިލާއެއްގެ ހަމެންބަރުން އެމީހުން ދިރިއުޅެމުން އައި ގޭގެ ތެރޭގައި މަރުވެފައި ތިއްބާ ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެއް އާއިލާއެއްގެ ހަމެންބަރު މަރުވެފައި ތިއްބާ ފެނުނީ އެމެރިކާގެ ޓެކްސަސްގައި އެމީހުން ދިރިއުޅެމުން އައި ގެއިންނެވެ.

މަރުވެފައި ވަނީ އަންހެނަކާއި ފިރިހެނެއްގެ އިތުރުން ހަތަރު ކުދިންނެވެ. އެމީހުން މަރުވެފައި ތިބީ ގޭގެ ގަރާޖުގައި ކަމަށް ފުލުހުން ބުނެއެވެ. ޓެކްސަސްގެ ސަން އެންޓޯނިއާ ޕޮލިސްގެ ޗީފް ވިލިއަމް މެކްމަނަސް ވިދާޅުވީ އާއިލާގެ ހަމެންބަރުން މަރުވެފައި ވަނީ އަމިއްލައަށް ކަމަށެވެ.

އޭގެ ތެރެއިން އަންހެން މީހާއާއި ފިރިހެން މީހާގެ އުމުރު އުޅެނީ 40 އަހަރާއި ގާތުގައި ކަމަށް ފުލުހުންގެ ޗީފް ވިދާޅުވިއެވެ. ހަތަރު ކުދިންގެ އުމުރަކީ 11 މަހާއި ހަތަރު އަހަރާއި ދެމެދެވެ.

"ފުލުހުންގެ ތަޙްޤީޤަށް އެނގިފައިވާ ގޮތުގައި އެމީހުން މަރުވެފައި ވަނީ ވިހައެއްގެ ސަބަބުން. ފުލުހުންގެ އެގެއަށް ދިޔައީ ހަތަރު ކުދިންގެ ބައްޕަ ވަޒީފާ އަށް ނުގޮސްގެން އޭނާ އާއި އެކު މަސައްކަތް ކުރި މީހަކު ފުލުހުންނަށް ރިޕޯޓް ކުރުމުން." ފުލުހުންގެ ޗީފް ވިދާޅުވިއެވެ.

ފުލުހުންގެ ޗީފް ވަނީ މަރުވި އާއިލާގެ މެންބަރަކު އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތް ކުރާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އަދިވެސް އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުމަ.

    ޥަޒީފާ އަށް ނުދިޔަސް އަދި ފުލުހަށް ރިޕޯޓުކުރާކަށް ނުވޭ.ތީގައި ތިމީގާގެ އަތެއް ވާގެން ވ ހީވޭ.

    9
    4