ލޮސް އެންޖެލެސްގައި އާއިލާ އާއެކު ދިރިއުޅެމުން އަންނަ ބޮލީވުޑްގެ ތަރި ސަނީ ލިއޯނީ ގިނަ ވަގުތު ހޭދަ ކުރަމުން ދަނީ ގެއިން ބޭރުގައެވެ. ހުކުރު ދުވަހު ސަނީ ވަނީ އޭނާގެ އަންހެން ދަރިފުޅު ނިޝާ ކައުރް ވެބަ އަސްދުއްވަން ގެންގޮސްފައެވެ.

ސަނީ ވަނީ އަސް ދުއްވަން ގޮސް އޭނާގެ ދަރިފުޅު އުޅޭ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ.

ސަނީ އާއި ދަރިފުޅުގެ ފޮޓޯ އަކާއި އެކު ކުރި އިންސްޓަގްރާމް ޕޯސްޓްގައި ވަނީ، އޭނާ ވަރަށް ރަނގަޅަށް އަސްދުއްވަން ދަސްކޮށްފައިވާ ކަމަށް ބުނެފައެވެ.

" މިއުޅެނީ އަހަރެންގެ ކުދަ އަންހެން ދަރިފުޅު ނިޝާގެ ފުރަތަމަ އަސްދުއްވުމުގެ ލެސަންއަށް ގެނެސްގެން. ހީވަނީ ހަމަ މިނީ ޕްރޯއެއްހެން މިހާރު ވެސް. ވަރަށް ރަނގަޅު ނިޝާ. އަހަރެން ފަހުރުވެރިވޭ" އޭނާގެ ޕޯސްޓްގައިވެއެވެ.

ސަނީ ޕޯސްޓްކުރި ޕޯސްޓްގައި ފެންނަ ފުރަތަމަ ފޮޓޯއަކީ އޭނާ ގޭގެ ކުރިމަތީގައި ނަގާފައިވާ ފޮޓޯއެކެވެ.

https://www.instagram.com/p/CBE-7RyD0BJ/

ދެން ފެންނަ ފޮޓޯގައި ފެންނަނީ މާސްކް އަޅައިގެން ސޭފްޓީ ގިއަރގައި ނިޝާ އަސް ދުއްވާ މަންޒަރެވެ.

ސަނީ ވަނީ އޭނާ އަމިއްލައަށް ދަނޑަކަށް ގޮސް ތަރުކާރީ ބިންނަ މަންޒަރު ދައްކައިދޭ ފޮޓޯއެއް ވެސް މީސްމީޑއާގައި ހިއްސާކޮށްފައެވެ. ދަނޑުގައި ނަގާފައިވާ ފޮޓޯއާއެކު އޭނާ ހިއްސާކުރި މެސެޖްގައި ވަނީ އޭނާ އަށް އަމިއްލައަށް ތަރުކާރީ ބިންނަން ދިއުމުން ހިތްހަމަޖެހުން ލިބޭ ކަމަށް ބުނެފައެވެ.

ސަނީ ލިއޯނީ އެމެރިކާއަށް ގޮސްފައި ވަނީ މޭއި މަހުގެ ދެ ވަނަ ހަފްތާގައެވެ.

އޭނާ ލޮސްއެންޖެނެސްއަށް ދިޔައީ އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންދިޔަ ކޮވިޑް-19އިން ދުރުވެ ހިތްގައިމު މާހައުލެއްގައި ހުރެވޭނީ އެ ތަނުގައި ކަމަށް ފެންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަންޓޫ

    ސަނީ ލިއޯން ގެ ހުނަރުތައް ދަސްކޮށްދޭނީ އެއް ނޫން އަނެއްކާ

    28
  2. އޮން

    ހަމަ ސަނީ ލިއޯނީ ތަ ؟

    13
  3. އަލްޖިބްރާ

    މީހެއްގެ ދަރިއަކު ބަލާބޮޑުކުރިއަސް އެއީ ސަނީލިއޯން ގެ ދަރިއެކޭ ނުބުނެވޭނެ !

    8
    2