ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، އެއް ސިޓީން އަަނެއް ސިޓީއަށް އޮޅުކޮށްގެން ގެންގުޅެމުންދާ ޖަނަވާރުތައް ނުގެންދެވޭ މައްސަލައަށް ހައްލެއް ހޯދުމަށް، އަންހެނަކު ޖެޓެއް ކުއްޔަށް ނަގައިފިއެވެ.

މި ޖެޓް ކުއްޔަށް ނަގާފައި ވަނީ ދިޕިކާ ސިންގ ނަމަކަށް ކިޔާ ސައިބަރ ސެކިރުއިޓީއެއްގައި މަސައްކަތް ކުރަމުންދާ އަންހެނެެކެވެ. އޭނާ އެ ދަނީ މިގޮތަށް ވެރި މީހާ އާ ދުރުގައި ތިބި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ވެރި މީހާ ގާތަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

ދިޕިކާ ބުނީ، ބައެއް މީހުން ބޭނުންވީ އެ މީހުން ގެންގުޅޭ ޖަނަވާރުތަކާއެކީ ދަތުރު ކުރަން ނަމަވެސް، އެގޮތަށް އެހެން މީހުން ބޭނުން ނުވާ ކަަމަށެވެ. އެހެންވެ ފުރަަންދާއި ގުޅިގެން ވެރި މީހާއާ ދުރުގައި ތިބި ކުއްތާތަކާއި، ދޫނި ފަދަ ޖަނަވާރުތައް ސިޓީއަށް ގެންދިއުމަށް އޭނާ އެހީތެރިވާން ބޭނުންވީ ކަމަށާއި، އެހެން ނޫނީ އެ އެއްޗެހި ފޮނުވާލާލީ ކާގޯ ޝިޕްމެންޓުގައި ކަން އިނގޭ ކަމަށެވެ.

އެހެންވެ ދިޕިކާ ވަނީ ހަ ސީޓް ހުންނަ ޖެޓެއް ކުއްޔަށްހިފުމަށް ކުންފުންޏަކާއި ވާހަކަދައްކާފައެވެ. ހަ ސީޓް ހުންނަ އެ ޖެޓްގެ އަގު 9.6 ލައްކަ ރުޕީސްއަށް އަރާފައިރު، އެއީ ސީޓަކަށް ބަލާނަމަ 1،6 ލައްކަ ރުޕީސް އެވެ،

އޭނާ ބުނީ، އެ ޖަނާރުތައް ގެންދިއުމަށް މިހާރު ހަތަރުަ މީހުން ބުކް ކޮށްފައިވާ ކަމަށެވެ. އެ ބޯޓު ދަތުރު ކުރާނީ ދިއްލީން މުމްބާއީއަށެވެ.

ކިޔުންތެރިންގެ ހިޔާލު