އެންމެ ވީޑިޔޯއަކުން އެތައް ބައެއްގެ ސަމާލުކަން ލިބުނު ޕްރިޔާ ޕްރަކާޝްއަށް އަނެއްކާވެސް އެތައް ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މަލިޔާލަމް ފިލްމެއްކަމަށްވާ އޮރޫ އަދަރް ލަވްގައި ހިމެނޭ ވީޑިޔޯއަކުން އޭނާ އެތައް ބައެއްގެ ހިތްތައް އަތުލިއެވެ. އަދި އޭނާއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނުއިރު، އޭނާގެ ޑިމާންޑްވެސް ވަރަށް ބޮޑުވެގެން ދިޔައެވެ.

މި ފަހަރު ޕްރިޔާ ގިނަ ބައެއްގެ ސަމާލުކަން ހޯދީ ލަވަ ކިޔައިގެންނެވެ. އޭނާ ދިޔަ ކައިވެނީގެ ހަފްލާއެއްގެ ތެރޭގައި ބައެއް މީހުންނާއެކު ލަވަ ކިޔާ ޥީިޑިޔޯ މިހާރު މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިޔޯއިން ފެންނަނީ އޭނާވެސް އެ މީހުންނާއެކީ މަޖާ ނަގާ މަންޒަރެވެ. އަތްތިލަ ބަޑި ޖަހާ ނެށުމުގައި އޭނާ ވަގުތު ހޭދަ ކުރާ މަންޒަރުވެސް ފެނެއެވެ. އަދި އެ އެންމެން ކިޔަމުން ދަނީ 'ހަވަ ހަވަ" ލަވައެވެ.

ޕްރިޔާ ވެފައި ވަނީ އިންސްޓަގްރާމްގައި އެތައް މިލިއަން ފޮލޯވާސް ހިމެނޭ މަޝްހޫރު ފަންނާނަކަށެވެ. އޭނާއަށް މިހާރު އެތައް ފިލްމެއް ކުޅެން ފުރުސަތު ލިބެމުން އަންނަކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ.