ކައިވެނީގެ ގޮށް ޖަހާލެވިއްޖެއެެވެ. ކައިވެންޏަށް އެތައް ދުވަހެއް ވެއްޖެ އެވެ. އެ ކައިވެނީގެ މަތީގައި ދެމިތިބޭތޯ މަސައްކަތްވެސް ކޮށްފިއެވެ. ﷲގެ އިރާދަފުޅާއެކު އެ ކައިވެނީގެ ގުޅުން އެގޮތުގެ މަތީގައި އެ ދަނީ ކުރިއަށެވެ.

އެހެން ނަމަވެސް މިހާރު ފިރިމީހާ ބޭނުންވީ އިތުރު މީހަކާއި ކައިވެނި ކުރާށެވެ. އެކަމަކު ދެއަންބަށެވެ. ފުރަތަމަ އަނބިމީހާގެ ހުއްދައަށް އެދުނެވެ. ހުއްދަވެސް ދީފިިއެވެ. މިއީ ހަމަ ލޯބިކަމަށް ވެދާނެއެވެ.

މިއީ ޏ. ފުވައްމަލުކަށް ނިސްބަތްވާ އެ އަންހެން މީހާއާ މާލެއަށް ނިސްބަތްވާ ފިރިހެނެއްގެ ވާހަކައެވެ.

މީސް މީޑިއާގައި އިބްރާހިމް މަމްނޫން ނަމަކަށް ކިޔާ އެ ފިރިހެން މީހާ ކުރި ޕޯސްޓުގައި ބުނެފައި ވަނީ ރޭ ދަންވަރު އަނބިމީހާ އޭނާ ދެވަނަ އަންބަކާއި އިންނަން ހުއްދަ ދީފައިވާ ކަމަށެވެ.

މަމްނޫން އަކީ މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރެކެވެ.

އެކަން މީސް މީޑިއާގައި ޕޯސްޓް ކުރުމާއެކު އެތައް ބައެއްގެ ސަމާލުކަން އެ ޕޯސްޓަށް ލިބިގެން ގޮސްފިއެވެ. އެ ޕޯސްޓަށް ފާޑުކީ މީހުންވެސް މަދެއް ނޫނެވެ.

ރާއްޖޭގައިވެސް ދެއަންބަށް މީހުންނާއި އިނދެގެން އުޅޭ މީހުން މަދެއް ނޫނެވެ. ހަތަރު އަނބިން ހުއްދަ ކަމަށް ބުނެ، ކައިވެނިކޮށްގެން އާއްމުކޮށް އުޅެނީ މުއްސަނދިންނެވެ.

މިގޮތަށް ކައިވެނި ކުރާނަމަ ފުރަތަމަ އަނބިމީގެ ހުއްދަ ބޭނުން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ޅަތީފާ

    ދެން އަމައްޔާތް ވަރި ކުރާ ވާހަ ކަވެސް އަންގާލައްޗޭ މަށަ ކައް ހިޔެއްނުވޭ ފިރެހެން ސޮރު މުޅިއެ ކުން ހަމަހެނެއް

    177
    11
    • Anonymous

      ޓީވީން ވަގުތު ގަނެގެން ތިވާހަކަ ގޮވާބަލަ. ހީވަނީ މުޅު ރާއްޖެއިންވެސް އަލަށްހެން ދެމީހުނާ އިންނަން އުޅެނީ... މީސްމީޑިއާގަ މިކަން އިއުލާނުކުރުން މީ 100% ބޯގޯސް ޢަމަލެއް..

      38
      4
    • ކިނބޫ

      އުއްތަމަ ބާޣީ ސެކެޓްރީއާ އިންނަން ވެގެން، ދޮށީ އަނބިމީހާގެ ހުއްދަ ހޯދަންޖެހޭ ގަވައިދު އުވާލާފަވާ ކަމަށް ބުނަނީ. ތެދެއްބާ!

  2. ބުއްޅަ އެކްސް

    ފިރިހެނުން ވަރަށް ކުރާހިތްވާކަމެއްމީ ބޮޑުވާ ބިއްލޫރި ކޮޅެއް އަޅާފަ ފުރަތަމަ ބަލާނީ ހުއްދަ ކަންތަށްތަކަށް ހަމައެކަނި ލޯގޮސް ހުއްޓޭނީ 4އަނބިންގެ ވާހަކައަށް މިވާގޮތެއް ނޭގުނު މިވާގޮތް ބުނެދޭނީ ކޮންކުއްޖެއް

    161
    9
    • Anonymous

      އިސްލާމް ދީނުގައި 4 އަބީން ހުއްދަ ދެން ކޮން ބަހަނާއެއް

      76
      79
      • ޒުލްގަރުނައިނި

        ހިސާބު ބައްލަވާ ދުވަހަކު އެންމެ އަންބެއް ހައްޤުތަކާއި ބެހޭގޮތުން ﷲ ގެ ހަޒުރަތުގައި ޖަވާބުދާރީ ވެވޭނެބާ؟

        124
        5
      • ނަމަވެސް

        މި ފިރިހެނުންނަށް ފެންނާނީ އިސްލާމް ދީނުން މިކަން އެކަނި

        142
        5
  3. ޚަތީބް

    އިސްލާމް ދީނުގައި އޮންނަނީ އަނބިމީހާކައިރިން ހުއްދަހޯދަންޖެހޭގޮތަށްތޯ! ޢެނގިލައްވާބޭފުޅަކު ސާފުކޮއްލަދެއްވުންއެދެން

    109
    9
    • ވަކީލު

      އޮންނަނީ ވަޟައީ ޤަވާއިދެއްގައ.

      34
      1
    • ހުއްދަ ހޯދާކަށް ނުޖެހޭ

      އަނބިމީހާ ކައިރިން ހުއްދަ ހޯދާކަށް ނުޖެހޭ. އަނބިމީހާއަށް ނޯވޭ ފިރިމީހާއަށް (ދީނުގައި އުރެދުމެއް ނުވާކަންކަމުގައި މެނުވީ) ނޫނެކެ ބުނުމުގެ ހައްގެއް. ނުރުހޭ ނަމަ އޮތީ ކެތްކުރުން. އެއްވެސް ހާލެއްގައި އަނބިމީހާ އަކީ ފިރިމީހާގެ އަޅެއް ނޫން. ފިރިމީހާ އަނބިމީހާގެ ހައްގުތައް އަދާ ނުކުރަންޏާ / އަޅެއް ގޮތަށް ގެންގުޅެންޏާ ގިޔާމަތްދުވަހު އަނބިމީހާއަށް އިންސާފް ލިބިގެން ދާނެ. ސޯ ޑޯންޓް ވޮރީ. އިންޝާﷲ ހުރިހާ ކަމެއް ދާނީ ރަނގަޅަށް.

      51
      64
      • އަންހެނުން

        ޢަނބިމީހާއަށް އޮތީ ކެތްތެރިވުުން!! ފިރިމީހާއަށް އޮތީ ދުނިޔޭގެ އުފަލާ އަރާމުހޯދުން ޢެހެޔޮ އަނބިދަރީން ނިކަމެތިކޮށްފަނަމަވެސް.

        45
        6
      • ގަމާރުމޯލްޑިވިއަން

        ހައްހައްހައްހާ؟. ކީކޭ ބުނާނީ ދޯ؟؟؟؟؟؟

        • ރިޔާން

          އަބިމީހާ ނިކަމެތި ކުރުމަކީ ބޮޑުވެގެން ވާ ފާފަ އެއް... ޖަވާބް ދާރީ ވާން ޖެހޭނެ... ދުނިޔެ މަތީގަ ހަލާލް ގޮތުގަ އަބިމީހާޔަށް ވެސް ފިރިމީހާޔަށް ވެސް އުފާ ހޯދިދާނެ.... 2 އަބިން ގެންގުޅެން ޔާ ދެއަބިންނަށް އިންސާފް ވެރި ވާން ޖެހޭނެ... އެއްވެސް އަންބަކަށް ދެރަ އެއް ދީގެން ނުވާނެ... ކޮންމެ ކޮންމެ ހާލަތެއްގަ ދެ އަންބަކަށް ކައިވެންޔެއް ނުކުރެވޭނެ... ކައިވެނި ކުރެވޭނީ މާލީ ގޮތުންނާ އަދި އެހެން ގޮތުން ދެ އަބިންނަށް ހަމަހަމަޔަށް އިންސާފުން ކަންކުރެވޭނެ ނަމަ... އެކަކު ދެކެ ބޮޑަށް ލޯބި ވިޔަސް އިންސާފް ވެރިކޮށް، އެންހަމަ އެއްގަ ތަފާތު ކުރުމެއް ނެތި ދެ އަބިންނަށް އަޅާލާ އޯގާތެރި ކަން ދޭންޖެހޭނެ... ދެ އަބިން ގެންގުޅުމަކީ ކުޅޭ ކުޅޭ ކަމެއް ނޫން އަދި ކުޑަކަމެއް ވެސް ނޫން...

  4. ދުންޖަހާ

    ތިޔަށް ކިޔަނީ ގެރިކިރު ލޯބި...

    126
    8
  5. ޢިބޫ

    ޢަނބި މީހާގެ ހުއްދަ ނެތަސް 2 ވަނަ މީހަކާ އިނދެވި ދާނެެެވެ. ޙުއްދައެއް ބޭނުމެއް ނުވާނެ . ޟިއާޓިކަލު ކިއުމުން ދޭހަ ވަނީ ހުއްދަ ހޯދަން ޖެހޭނެ ކަމައް ...

    114
    41
    • މަރީ

      ހުއްދަ އެއް ބޭނުމެއް ނުވޭ، އެކަމަކު އަނބިމީހާއަށް އިނގެންޖެހޭ ކިތައް މީހުންގެ ފިރިއަކާކަން ތިމަންނައަށް އިދެވިގެން މިއުޅެނީ. ކިތައް ކުދިންގެ ބައްޕަޔާކަން.

      ދޮގު ހެދުމާއި އޮޅުވާލުން އިސްލާމްދީނުގަ ހުއްދައެއްނޫން. ޢަދި ހާއްސަކޮށް ތިމާގެ އަނބިދަރީންނަށް އޮޅުވާލުން!
      ޢެހެންވީމާ ވަގަށް ކައިވެނިކުރުން ހުއްދަވާނެބާ؟ ޢަނބިމީހާ އަށް އޮވޭ ދެއަންބަށް އުޅެން ބޭނުންނުވާނަަމަ ވަރިވުމުގެ އިޙްތިޔާރު. ހުއްދަ ހޯދުމެއް ނޫން އިތުރުކައިވެންޔެއް ކުރަން އުޅޭވާހަކަ އަނބިމީހާގާތު ބުނުމަކީ.

      29
      1
  6. މުނާ

    ކޮބާ އިންނާނެ މީހަކުވެއްޖެތަ!

    59
    4
  7. ޑ

    ފިރިހެނުން ނަށް އެމީހެއްގެ އަނބީން އާއި މެދު އިންސާފާއި ހަމަ ހަމަ ކަމުން އަމަލުތަށް ކުރެވޭނެ ކަމަށް ވަނީނަމަ 4 އަންހެނުން ނާއިވެސް ކައިވެނި ކުރުމުގެ އިޚްތިޔާރު ދެއްވާފައި ވަނީ الله سبحانه و تعالى އެވެ.
    ނަމަވެސް އަނބީންނާއި މެދު އިންސާފާއި ހަމަ ހަމަ އިން ޢަމަލު ނުކުރެވޭނަމަހީ ފިރިހެނުން ނަށް ހުއްދަވާނީ 1 އަންބެތް ކަން ނިސާ ސޫރަތުން އެގެން އެބައޮތެވެ.

    119
    2
  8. އާސިފު

    "މިގޮތަށް ކައިވެނި ކުރާނަމަ ފުރަތަމަ އަނބިމީގެ ހުއްދަ ބޭނުން ވާނެއެވެ." އިސްލާމްދީނުގަ އޮންނަ ގޮތެއް ނޫން.

    51
    9
  9. އިމްރާން

    ނުޒޫ ބުނީ އޮޅުމަކުނޯބުނެވުނީ..

    72
    2
  10. ކޮރަލް

    ދިވެހި ގިނަ އަންހެނުން ނުރުހޭ ކަމެއް އެކަމު ދީނުގަ ހުއްދަ ކަމެކެވެ.

    67
    4
    • ދައްޖާލު

      ދިވެހި ގިނަ އަންހެނުން ނުރުހޭނީ އެއިނޫން... އަންހެނުންގެ ހަސަދަވެރިކަމުން ސަލާމަށް ނުވެވޭނީތީ......

      33
      9
  11. ސައްތާރު

    އަނެއްކާ ތީއޮޅުމެއްބާ؟

    47
    2
  12. ފައުޒީ

    ވަގަށް 2 އަންބަށް ކާވެނިކުރުމަށް ވުރެ އަނބިހާ އަންގާލުން އެއީ ކިހާ ރަގަޅުކަމެއް.

    109
    2
  13. މަހުދީ

    ހިސާބު ބައްލަވާ ދުވަހަކު އެންމެ އަންބެއް ހައްޤުތަކާއި ބެހޭގޮތުން ﷲ ގެ ހަޒުރަތުގައި ޖަވާބުދާރީ ވެވޭނީ މިރާއްޖޭގެ ކިތައް ފިރިހެނުންނަށްތޯ؟

    112
    4
  14. ކޮސް

    އިސްލާމް ދީނުގައި އެކަކަށް ވުރެ ގިނަ އަނބިން ހުއްދައީ ވަރައް ގިނަ ޝަރުތު ތަކާ އެކުގައެވެ. އެކަން ދަންނަނީ ކިތައް ފިރިހެނުންބާ. އަދި އެކަން ފުރިހަމަ ކުރަނީ ކިތައް ފިރިހެނުންބާ. ހަގީގަތަކީ ކޮންމެ ފިރިހެނަކައް ގިނަ އަނބިން ހުއްދައެއް ނޫނޭ.

    74
    3
  15. ދިދަ ދަނޑި

    އިންނަން ވީމަ ފޮތް ހުޅުވައިގެން ދީނުގަ އޮތްގޮތް ބަލާ ހުއްދަހޯދާ ނޫހުގަ ޖަހާ ފުންމާ ބުރުއަޅާ ހަދާނެ.. މީހަކާ އިނދެ ދަރިން ލިބުނީމަ އެހެން އަންހެނަކާ ހިތާވެ ތަތްތެޅޭއިރު ދީނެއް ނޯވޭބާ؟؟؟

    85
    1
    • ފިރިހެނާ

      ޙިތާވީމަ އަނެއްކާވެސް އިންނާނީއޭ

      10
      1
  16. ޣޯސް

    ތިޔައިންނަކުއްޖާގާތު އަނެއްކާ ތިން އަނބިން ހޯދަން ނަހާނެބާ.

    39
    2
  17. އާދޯ

    އަންހެންމީހާ ހުއްދަދޭނުން ފައިސާ އޮހޭވީއްޔަ.ކިރިޔަވެސް ފައިސާ ކޮޅު ލިބޭލެއް މަދުވީމަ ތިގެއް ފެންނާނެ އޯކޭ ވާނެ ވަރު.. ރާއްޖޭގެ ގިނަ ފިރިހެނުން ތިވައްތަރައް ަަުަަަުަަަުަަަުަަުަަަުަަަުަަަު އުޅޭނީ އާކަމެއް ނުން ވަފާތެރި ވެވޭނީ މަދު ފުދުން ތެރި މީހަކައް. ފައިސާއިން ދެލޯ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަދޭ ލޯބި .. ހަގީގަތް އާކަމެއްތަތީ؟

    55
  18. ޞުހާ

    މަމްނޫނު އެކަނިތަ ތިޔަކަމެއްކުރަނީ؟ ތީދެން ހަބަރެއްތަ؟ ޙަހަހަ... މަންމު އެއީ ހަމަގޮލައެއްނޫން

    29
    11
  19. ދަރަނި ދަންތުރަ

    އިނދެލާ ތިއީ އަހަރެމެންނާ ވާބެހޭކަމެއްވެސްނޫން ފޯރުންތެރިކަންހުރެ ދެމީހުންގެ ކަންކަން ދަރިންގެ ކަންތަށްތަށް ކޮންދެވެންޏާ ތިއީ ގޮސްކަމެއްނޫން..

    41
    2
  20. ދަވާލި19

    މިހާރުގެ އަނބިގޮއި ހާދަހާ ބަލިއޭ ދޯ އަނެއްކާ މުސްކުޅި އުމުރު މީހެއްތަ މިހާރުގެ އަނބި ގޮއްޔެއަކީ؟

    9
    6
  21. ނަބާ

    ތީހަމަ މަޝްހޫރު ވާންވެގެން ކުރިކަމެއް!! ރަނގަޅަށް ވިއްޔާ ކޮންމެވެސް ކަމަކަށް ޝަރުޠު ކޮށްފަ!! މީސްމީޑިއާ ގަ ތިގޮތަށް ފޮޓޯ ލާން “ ދީންވެރި “ އަންބަކު ބޭނުމެއްވެސް ނުވާނެ!! މީވަރަށް ވާހަަކަ! ބަލަން ތިބޭތި ވާގޮތެއް!!!

    12
    3
  22. މުސްތޮފާ

    އަންހެންކުދިންގެ ބޮލަށް ޗިޕްޖަހާލައިގެން ބޭނުން ހިފާލަނީ، ރީތިކޮއްލަން ދެއަންބަށޭ ހަތަ ރެކޭ ކިޔަނީ..

    12
    2
  23. ޙާލަތު

    ފުރަތަމަ އަނބިމީހާގެ ހުއްދަ ބޭނުމެއްނުވާނެ

    16
    2
  24. Anonymous

    މިހެން ބުނުމުން ހަތަރު އަނބިން ހުއްދަ ކަމަށް ބުނެ،
    ﷲގެ ޙުކުމްފުޅަަށް ބަސްބުނެވެނީ.
    ހުއްދަކަމެއް އެއާމެދު ޖަދަލު ނުކު ރެވޭނެ ބައްލަވާ ނިސާއު ސޫރަތުގެ 3 ވަނަ އާޔަތް.
    ޝަރުޠުތަކަކާއެކު ދީނުގައި އެކަން ހުއްދަކުރައްވާފައިވަނީ

    13
  25. އަރޫ

    ދިވެހި ޢަންހެނުން މީ އުފެދުމުގައިވެސް ވަރަށް ހަސަދަވެރި ވާ ބައެއް، އެމީހުންގެ ހުރި ނުކުޅެދުން ތެރިކަން ނުވިސްނޭ ބައެއް، އެނގެންޖެހޭ ދޯ 45 އަހަރުން މައްޗަށް ދިއައިމާ ފިރިމީހާއަށް ޙައްޤުތައް އަދާ ނުކުރެވޭކަން، ފިރިހެނުން ނަކީ 80 އަހަރު ވިޔަސް އަންހެނަކަށް ބޭނުންވާ ބައެއް، އެއީ ގުދުރަތީ ގޮތުން އެކަން އޮންނަ ގޮތް، އަނބިމީހާ ކާންދީފަ ދަރިން ބެލުމަކީ ފިރިމީހާގެ ހުރިހާ ޙައްޤުތަކެއް އަދާ ކުރެވުމެއްނޫން، ދީނުގަ 4 މީހުން ހުއްދަ ކުރައްވާފައި ވަނީ އަހަރެމެންނަށް ވެސް ނޭނގޭ ކޮންމެވެސް ޙިކުމަތް ތަކެއް ހުރީމަ ދޯ؟

    8
    16
  26. ހޫ

    އިންސާނެއްގެ ހިތެއް ނުފުރޭނެއެވެ. ކިތަމެ ބައިވަރެއް ލިބުނަސް އަދި އިތުރަށް ބޭނުން ވާނެއެވެ.

    24
  27. އސ

    އޮބި ނޯވެ

  28. ވަހީދް

    އިސްލާމްދީނުގެ ތަރަހަ ތަކައް ބަލާއިރު ދެ ވަނަ އަންބަކު ހޯދުމަށް ފުރަތަމަ އަނބިމީހާގެ ކިބައިން ހުއްދަ ހޯދާކަށެއް ނުޖެހޭނެ.

    7
    1
  29. ވަހީދް

    އިސްލާމްދީނުގެ ތަރަހަ ތަކައް ބަލާއިރު ދެ ވަނަ އަންބަކު ހޯދުމަށް ފުރަތަމަ އަނބިމީހާގެ ކިބައިން ހުއްދަ ހޯދާކަށެއް ނުޖެހޭނެ. އަޅެމިއުޅޭ ތަންދޮރު ނުއެގޭ ސޭކެއް ގާތު އަހާބަަލަ