އެމެރިކާގެ ފިލިޑާފިއާ އަށް ނިސްބަތްވާ ވޮލްޓާ އޮގްރޮޑް ކުޑަކުއްޖަކު މަރާލިކަން ސާބިތުވާކަމަށް ކޯޓުން ނިންމައި އޭނާ އަށް މަރުގެ ޙުކުމް އިއްވިތާ 30 އަހަރު ފަހުން އެއީ ރަނގަޅު ޙުކުމެއް ނޫންކަމަށް ނިންމައި، ޙުކުމް ބާތިލްކޮށް އޭނާ މިނިވަން ކޮށްފިއެވެ.

ވޮލްޓާގެ މައްޗަށް ސާބިތުވީ 1988 ވަނަ އަހަރު އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު މަރާލި ކަމުގެ ކުށުގެ ދައުވާއެވެ. މިހާރު އުމުރުން 55 އަހަރު ވެފައިވާ ވޮލްޓާ ދިޔައީ ފެށުނީއްސުރެ އޭނާގެ މައްޗަށް ކުރެވިފައި އޮތް ތުހުމަތުތަކާއި ދެކޮޅު ހަދަމުންނެވެ.

ބާބަރާ ނަމަކަށް ކިޔާ އަންހެން ކުއްޖާ އަކީ ވޮލްޓާގެ އަވައްޓެރި އެކެވެ. އެކުއްޖާ އެދުވަހު ގެއިން ނިކުމެގެން ދިޔަ ގޮތައް އެނބުރި ގެއަށް އައިސްފައެއް ނުވެއެވެ.

ވޮލްޓާގެ މައްޗަށް އިއްވާފައި އޮތް މަރުގެ ޙުކުމް ހުކުރު ދުވަހު ފަނޑިޔާރު ޝެލީ ރޮބިންސް ބާތިލް ކުރެއްވީ އެމައްސަލައިގައި އިޖުރާޢީ އުސޫލުތަކާއި ހިލާފަށް ކަންތައްތަކެއް ހިނގާފައި ވާތީ އާއި އަލަށް ލިބުނު ހެކިތަކަށް ބަލާއިރު އެމައްސަލަ އާއި ވޮލްޓާ އާއި ގުޅުވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.

މިމައްސަލަ އިން ވޮލްޓާ މިހާރު ސަލާމަތް ވެފައި ވާއިރު، މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހަކު ހުރިކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ބާބަރާގެ މަންމަ ވަނީ އޭނާގެ ދަރިފުޅަށް އަދިވެސް އިންސާފު ހޯދައި ދިނުމުގައި މުއައްސަސާތައް ފެއިލް ވެފައިވުމުން ހިތާމަ ކުރާކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. "މިހާރު ދެއާއިލާއެއްގެ ދުވަސް ހިނގައްޖެ. އަހަރެން ހިތާމަ ކުރަން ވޮލްޓާ އަށް ދިމާވި ކަންތައްތަކުގެ ސަބަބުން." ބާބަރާގެ މަންމަ ބުންޏެވެ.

ވޮލްޓާ ބާބަރާ މަރާލި ކަމަށް ބުނެ ފުރަތަމަ ކުރިއަށް ގެންދިޔަ ޝަރީޢަތުގައި ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ. ނަމަވެސް އަލުން އަނެއްކާ މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް 30 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަބަރޭ

    ހައް ހައް ހާ “ އޮޅިގެން “
    ދެރަވަރު