އިންސްޓްގްރަމްގައި އުޅޭ މީހަކަށްވެއްޖެ ނަމަ، މަޝްހޫރު މޮޑެލް އަދި ފިޓްނެޓް ޓްރެއިނާ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) ނޭނގޭ މީހަކު މަދުވާނެއެވެ. ދިވެހި އެތައް އަންހެނުންގެ މެދުގައި މަގުބޫލް ފާޒިލްގެ މަގުބޫލުކަން އިތުރަށް ހޯދުމަށް އޭނާގެ ފޭނުން ނުވަތަ ސަޕޯޓަރުންނަށް މިފަހަރު ދޫކޮށްލަނީ އަގުބޮޑު ހަދިޔާތަކެކެވެ. އިންސްޓަގްރަމްގައި ފާޒިލް ހިލޭ ދިނުމަށް ނިންމި ހަދިޔާތަކުގެ އަގު ބައިލައްކަ ރުފިޔާ އަށް ވުރެ ބޮޑެވެ.

އެކަމަކު، އެ ނަސީބު ލިބެން އޮތީ އެންމެ މީހަކަށެވެ. އަދި ހަދިޔާ ބޭނުން ނަމަ، ފާޒިލް ބުނާ ވަކި ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެއެވެ.

https://www.instagram.com/p/CBEECIpFp48/

ފާޒިލް ދިނުމަށް ނިންމި ހަދިޔާތަކުގެ ތެރޭގައި މެކް ބުކަކާއި މެޖިކް ކީބޯޑަކާއި މެޖިކް ޓްރެކްޕެޑަކާއި 512 ޖީބީގެ އެއާޕޮޑާއި އައިފޯން އެސް މެކްސް އަކާއި އައިފޯން ކަވަރަކާއި ވިކްޓްރިއާ ސީކްރެޓާއި ގުސީ ފަދަ ތަންތަނުގެ ގިފްޓް ޕެކް ހިމެނެއެވެ.

"ގިވް އަވޭ" ގައި ބައިވެރިވެވޭނީ ކިހިނެއް؟

ފިޓް ފާޒިލް ދޫކޮށްލި ހަދިޔާ ބޭނުން ނަމަ، އެންމެ ފުރަތަމަ ކަމަކަށް އޭނާގެ އިންސްޓަގްރަމް ފޮލޯ ކުރަން ޖެހޭނެއެވެ. އަދި ގިވްއަވޭގެ ޕޯސްޓަށް ލައިކް ދިނުމަށް ފަހު، ދެ ރަހްމަތްތެރިއަކު ކޮމެންޓް ސެކްޝަންގައި ޓެގް ކުރަން ޖެހޭނެއެވެ. އެއަށް ފަހު، އަމިއްލަ ސްޓޯރީގައި ޝެއާ ކުރަން ޖެހޭނެއެވެ.

ނަސީބު ވެރިއަކަށް ވާނީ އެންމެ މީހެކެވެ.

ފާޒިލް ބުނި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް މިކަން ކުރިއަށް ދާނެއެވެ. އަދި ހަމަ އެ ދުވަހު ނަސީބުވެރިޔަކު ހޮވާނެ ކަމަށް ބުންޏެވެ. ފާޒިލްގެ މި ޕޯސްޓަށް މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ލައިކް ދީފައިވެއެވެ.

ފާޒިލް ބުނީ އެހާ ގިނަ ހަދިޔާތަކެއް ދޭން ނިންމީ ފުރަތަމަ ގިވްއަވޭ އަށް ވީމަ ކަމަށެވެ.

ފާޒިލްގެ އިންސްޓަގްރަމްގައި 87،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހާލަން ބޭނުން:

    މީ ކޮންމަސައްކަތެއްކުރާ، ކިހާ ފުޅާދާއިރާއެއްގެ ވިޔަފާރިއެއް ކުރާ ބޭފުޅެއްތޯ؟

    10
    2
  2. ޛޖ

    ފޮލޮވަސް އިތުރުކުރަނި ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ދެއްތޯ

    7
    1
  3. ބުރުގާ

    އަޅުގަނޑު މިހުރީ ފިޓޒާލް ވައްހާބީއަކައް ވާނެ ދުވަހެއްގެ އިންތިޒާރުގަ.

    7
    4
  4. ތުނިޔަ

    އެހެންވީމަ ފޮލޯވަރސް ގިނަ ކޮށްލަންދޯ!

    11
  5. ފެޓް ފާޒިލް

    ކޮންމެ 10 މީހަކުން އެކަކު މިތާ ފަގީރެއް، އަދި ކޮވިޑް އާ ހުރެ ހާލުގަ ޖެހުނު އެތަށް ބަޔަކު، އެކަމް މިސޮރު ސެލެބްރިޓީ ހެދެން ފޭމަސް ވާން ލައިކު ހޯދަން ފޮލޯވާސް ހޯދަން،

  6. ޅަތީފާ

    ދެން އަމައްޔާތް