ބައެއް ތަރިންނަނީ އެމީހުންގެ ކުޑައިރުގެ ހަޔާތުގެ ވާހަކަދައްކަން ބޭނުންވާ މީހުންނެއް ނޫނެވެ. ނަމަވެސް ބައެއް ތަރިން މަޝްހޫރުވާންވެގެން ކުޑައިރުގެ ހަނދާންތަކުގެ ވާހަކަދައްކައެވެ.

އެގޮތުން ބޮލީވުޑްގެ ބަތަލް ރަންވީރް ސިންގވަނީ އޭނާގެ ކުޑައިރުގެ ހަޔާތަށް ކުޑަކޮށް އަލިއަޅުވާލާ ބައެއް ވާހަކަތައް މީސް މީޑިޔާގައި ހިއްސާކޮށްފައެވެ.

އެންމެ ފަހުން ޕަޑްމަވަތް އިން އެތައް ބަޔަކު ހައިރާންކޮށްލާ ފަދަ އެކްޓެއް ދެއްކި ރަންވީރް ބުނީ، އޭނާ ބޮޑުވަމުން އައި މުއްސަނދިކަންމަތީގައި ނޫން ކަމަށެވެ. އެއިރު އޭނާގެ އާއިލާއަކަށް އެހާ ފައިސާއެއް ނުލިބޭކަމަށާއި، ނަމަވެސް ބައްޕަ ފައިސާ އެއް ކުރަމުންދިޔައީ ބޭރު ގައުމުތަކަށް އާއިލާއާއެކު ޗުއްޓީ ހޭދަ ކުރުމަށް ދިޔުމަށް ކަމަށެވެ.

ރަންވީރް ބުނިގޮތުގައި، އޭނާގެ ބައެއް އާއިލާ މެންބަރުން ދުނިޔޭގެ އެތަން މިތަނުގައި އެބަތިއްބެވެ. އޭނާ ބުނިގޮތުގައި، ކުޑައިރު، އިންޑޮނޭޝިޔާއަށާއި، ސިންގަޕޫރް އަދި އިޓަލީއަށްވެސް ދިޔަ ކަމަށެވެ. އަދި އެންމެ ގިނައިން ދެވުނީ އެމެރިކާއަށް ކަމަށްވެސް އޭނާ ބުންޏެވެ.

ރަންވީރް މި ވާހަކަތައް މީސް މިޑީޔާގައި ހިއްސާ ކުރަމުން ބައެއް މީހުން ވަނީ އޭނާއަށް މަލާމަތްވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    އެންމެގިނައިން ދެވުނީ އެމެރިކާއަށް ! ދެން މުއްސަދިވާންވީ ކިހާވަރަކަށް ތަ ؟