ޓީވީ އެކްޓަރެއް ކަމަށްވާ ރަޖޭޝް ކަރީރް މި ވަނީ މީސް މިޑިއާ މެދުވެރިކޮށް އޭނާ ވަރަށް ހާލުގައި ޖެހިފައިވާ ކަމަށް ބުނެފައެވެ. ސައިޑީ ފަދަ ސީރީސްތަކުން ފެނުނު ރަޖޭޝް ފައިސާގެ އެހީތެރިމަމަށް އެދުނީ ފުރަބަންދުގެ ސަބަބުން އޭނާގެ ސްޓޭޓް ޕަންޖާބްއަށް ދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ.

ރަޖޭޝް މީސް މިޑިއާއަށް އާއްމު ކުރި ވީޑިއޯއަކުން ފެންނަނީ، ކޮވިޑް-19 އާ ހެދި އިންޑިއާ ފުރަބަންދުކޮށްފައި އޮތުމުން، އޭނާއަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އޭނާއަށް ފައިސާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.

އޭނާ އެ ވީޑިއޯ އާއްމު ކުރުމާއެކު ގިނަބަޔަކު އޭނާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެެވެ.

އެކަމާއި އަނެއްކާ އޭނާ ކުރި ވީޑިއޯއެއްގައި އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ރަޖޭޝް ބުނީ، އޭނާއަށް ބޭނުންވި ވަރަށް ވުރެ އިތުރަށްވެސް ފައިސާ ލިބިފައިވާ ކަމަށާއި، އެކަމާއި ވަރަށް އުފާވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި ބައެއް ތަރިންވެސް ހިމެނެއެވެ.

"ހީވީ އިންޑިއާ އެންމެން އަހަރެންނަށް ސަޕޯޓް ކުރުމަށް އައީމަ، އެކަމާއި އަހަރެންނާއި އަހަރެންގެ އާއިލާ ވަރަށް އުފާވެފައި މި ހުރީ"

ރަޖޭޝް ފެނިގެން ދިޔަ ބައެއް ފިލްމްތަަކަށް ބަލާއިރު، މަންގަލް ޕާންޑޭ، އަގްނީޕަތް 2 ފަދަ ފިލްމްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު