ކޮވިޑް-19އާ ގުޅިގެން އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތަކުގައި ތެރޭގައި، އެއް ސިޓީން އަނެއް ސިޓީއަށް ދަތުރު ކުރާ މީހުން ކަރަންޓީން ކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް ޗެންނާއި އެނބުރި އޮޑިޝާގެ ގަންޖަމް ޑިސްޓްރިކްޓުގެ ވިލޭޖަކަށް ދިޔަ މީހާ ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތައްވެސް އެއްވެސް މީހަކު އެހީވެފައެއް ނުވެއެވެ.

ފުރަތަމަ އޭނާ ވަނުމަށް ހުއްދަ ދީފައި އޭނާ އަމިއްލަ ވިލޭޖަށެވެ.

އޭނާ ފަހުން އޭނާ ދެ ދުވަސް ހޭދަކޮށްފައި ވަނީ ޖަންގަލީގައެވެ.

ބަރިކް ނަޔަކް ނަމަކަށް ކިޔާ އެ މީހާ ޗެންނާއިން ބަލަސޯރްއަށް ގޮސްފައި ވަނީ ރޭލުގައެވެ. އެތަނުން ބަހެއްގައި އޭނާ ވަނީ ބަންޖާނަގަރްއަށް ގޮސްފައެވެ.

އެ މައުލޫމާތު އިނގޭ މީހަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ފުރަތަމަ ވިލޭޖަަށް ދިއުމުން އެ ވިލޭޖުގައި އުޅޭ މީހުން، އޭނާ ވިލޭޖަށް ވަނުމުގެ ހުއްދައެއް ނުދިނެވެ.

އެހެންވެ އޭނާ ދެ ދުވަސް ވަންދެން ހޭދަ ކުރީ އޭނާގެ ވިލޭޖް ކައިރީ އޮންނަ ޖަންގަލީގައެވެ. އެ ދެ ދުވަސް އޭނާ ހޭދަ ކުރިގޮތުގެ ތަފްސީލެއްް އަދި މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް ފަހުން ފުލުހުން ވަނީ އޭނާ ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސްފައެވެ. އަދި މިހާރު އޭނާ ހުރީ ކަރަންޓީން ފެސިލިޓީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 ގައި އެންމެ ގިނައިން މަރުވެ އެންމެ ގިނަބަޔަކު ފައްސިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ.

އެގޮތުން މިހާރުވެސް އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު6952 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު