ނައިޖީރިއާގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާއި، އޭނާގެ ލޯބިވެރިޔާ އޮޅުވާލައިގެން، އަންހެން ކުއްޖާގެ މަންމައަތުން ފައިސާތަކެއް އަތުލަން އުޅުނު މައްސަލާގައި ދެ މީހުންވެސް ހައްޔަރުކޮށްފިއެވެ.

މި ދެ ލޯބިވެރިން އެކުއެކީގައި މަޝްވަރާތަކެއް ކޮށްފިއެވެ. އެ މަޝްވަރާތައް ކުރީ މަންމައަށް ގުޅާފައި އޭނާގެ ދަރިފުޅު ކިޑްނެޕް ކޮށްފައިވާ ކަމާއި، ދޫކޮށްލާފައި އެ ފައިސާ ދިނުމަށް ޑިމާންޑް ކުރުމަށެވެ.

ސެއުން ނަމަކަށް ކިޔާ ކިޔާ އެ އަންހެން ކުއްޖާ އާއި އޭނާގެ ލޯބިވެރިޔާ މަޝްވަރާ ކުރީ މަންމަގެ އަތުން 1388 ޑޮލަރު ހޯދުމަށެވެ.

ފުލުހުން ބުނީ، އެ ދެ ލޯބިވެރިން ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެއީ ސެެއުންގެ މަންމަ އޭނާގެ ދަރިފުޅު ޖޫން 1 އިން ފެށިގެން ނުފެންނަ ކަމަށް ބުނެއެވެ.

ފުލުހުން ބުނީ، އޭނާގެ މަންމައަށް އެ މީހުން ހައްޔަރު ކުރިތާ ދެ ދުވަސް ކުރިން ފޯން ކޯލެއް އަންނަނީ، ސެއުން ކިޑްނެޕް ކޮށްފައިވާ ކަމަށާއި، އޭނާ ދޫކޮށްލާނީ 500،000 ނައިރާ ދިނުމުން ކަމަށެވެ. އެއީ ޑޮލަރުގެ ގޮތުން ބަލާނަމަ 1388 ޑޮލަރެެވެ.

"އެ ގުޅި މީހަކު އޭނަަށް އިންަޒާރުވެސް ދިން ދަރިފުޅު ބޭނުންވާނަމަ ފުލުހަށް ރިޕޯޓް ނުކުރުމަށް".ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ، އެ މީހުންނަށް އެ އަންހެން ކުއްޖާ އާއި އޭނާގެ ލޯބިވެރިޔާ ފިލާ އޮއްވާ ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަަލަ ކޯޓަށް ގެންދިއުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.