ބޮލީވުޑްގެ އެންމެ ލޯބި ދެމަފިރިންގެ ތެރޭގައި ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ ހިމެނެއެވެ. މި ދެތަރިން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14،15 ގައު ކައިވެނިކޮށްފައި ވަނީ އިޓަލީގައެވެ. މި ދެމަފިރިންގެ ކައިވެންޏަށްފަހު ދެ މީހުންނާއި ގުޅޭ ލޯބީގެ ވާހަކަތައް މީސް މީޑިއާ މާބޮަޑަށް ކައްކާލިއެވެ.

އެ ކައިވެންޏަށްފަހު، ގިނަބަޔަކަށް ލޯބީގެ ރީތި މިސާލުތައް ދައްކަމުންދާ ތަރިންގެ ތެރޭގައިވެސް މި ދެތަރިން ހިމެނެއެވެ. ކޮވިޑް-19 އާގުޅިގެން އިންޑިއާ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި މިހާރު މި ދެމަފިރިންވެސް އެކުގައި ވަރަށް ވަގުތު ހޭދަ ކުރަމުން ދެއެވެ. އަދި ދެ މީހުންވެސް ދަނީ އެކުގައި ހޭދަ ކުރާ ވަގުތު ތަކާއި، ކާ އެއްޗެއްސާއި، އަދި ކުރީގެ ހަނދާންތައް މީސް މީޑިއާގެ ސަމާލުކަމަށް ގެންނަނަމުންނެވެ.

މިގޮތަށް އެ މީހުންގެ ދުވަސްތައް ގުނަމުންދާއިރު، ބޮލީވުޑްގެ އެކްޓަރ އަޔުޝްމަން ޚުރަންނާގެ އިންސްޓަގްރާމް ލައިވް އަކަށް ރަންވީރު ސިންގ އެރުމުން ދިޕިކާ ހަޅޭލަވާގަތް ކަމަށް ބުނާ ވާހަކަތަކެއް މީޑިއާތަކުން ދަނީ ދައްކަމުންނެވެ.

https://twitter.com/RanveerSinghtbt/status/1268889069892833280?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1268889069892833280&ref_url=https%3A%2F%2Fwww.bollywoodshaadis.com%2Farticles%2Fdeepika-padukone-scolds-hubby-ranveer-singh-live-chat-with-ayushmann-khurrana-18472

އެ ސެޝަންއަށް ރަންވީރު ގެނައިއިރު، އެ ގަޑިއަކީ ރަންވީރު ނިދާ ހޭލި ގަޑިކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާ ހުރީ އެ ވީޑިއޯގައިވެސް ވަރަށް ނިދި އައިސްފައެވެ. ރަންވީރު އާއި އަޔުޝްމަން މިގޮތަށް ވާހަކަދައްކަމުން ދަނިކޮށް ދިޕިކާ ހަޅޭ ލަވާ ގަތް އަޑި އިވުނު ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައި ވެއެވެ. އަދި ވަގުތުން ރަންވީރު އޭނާ ދާންވެއްޖެ ކަމަށް ބުނި ކަމަށްވެސް ވެއެވެ.

އަދި އޭގެ ފަހުން އަޔުޝްމަންވެސް ވަނީ އެ ސެޝަން ނިންމާލާފައެވެ.

ގިނަބަޔަކު ސުވާލު އުފައްދަމުން ދަނީ ދިޕިކާ ރަންވީރު އާ ދިމާލަށް ހަޅޭ ލަވާގަތީ އަޔުޝްމާން އާއީ މާ ބާރަށް ވާހަކަދެއްކުމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

"ދިޕިކާ އަހަރެންނާއި ދިމާލަށް އެއޮަށް ހަޅޭ ލަވަނީ، އޭނާ އެ ބުނަނީ އޭނާ އެ ހުރީ ޒޫމް ކޯލްއެއްގައި ކަމަށް ބާރަށް ވާހަކަ ނުދެއްކުމަށް". ރަންވީރު މިހެން ބުނެއެވެ.

ރަންވީރު މިހެން ބުނުމުން ދެ މީހުންވެސް ވަނީ ލޯބިވާ ކަމަށް ބުނެ ކޯލް ނިންމާލާފައެވެ.

އެއް ބަޔަކު ބުނާގޮތުގައި، ދިޕިކާ ރުޅިއައީ، ހޭލިގޮތަށް ރަންވީރު އަޔުޝްމަން އާ ވާހަކަދައްކަން ފެށުމުން ކަމަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިޔާލު

    މި މީސްމީހުން ތަން ކޮޅެއް ބާރަށް ފޮޑިއެއް ޖަހަލިޔަސް މީޑިއާއިން އެވާހަކަ ގެނެސްދޭނެ????

    21
    2