ކޮރެއާގެ މަޝްހޫރު ޕޮޕް ބޭންޑެއް ކަމުގައިވާ ބީޓިއެސް އިން ކަޅު މީހުންގެ ދިފާއުގަ އާއި ނަސްލީ ތަފާތު ކުރުން ނައްތާލުމާއި އެއްކޮޅަށް މަސައްކަތް ކުރާ ”ބްލެކް ލައިވްސް މެޓާ“އަށް ހަދިޔާ ކޮށްފިއެވެ.

މިކަން ކޮށްފައިވާކަން ބީޓީއެސް އިން ”ވެރައިޓީ“ އަށް ކަށަވަރު ކޮށްދީފައި ވާއިރު، މީިޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބޭންޑުން ބްލެކް ލައިވްސް މޫވްމެންޓަށް 1 މިލިއަން ޑޮލަރު ފޮނުވާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި މި ފައިސާ ލިބުނުކަން އެ ޖަމިއްޔާ އިން ބީޓީއެސް އަށް އަންގާފައި ވަނީ ހުކުރު ދުވަހުއެވެ.

މިކަމާއި ގުޅިގެން ބްލެކް ލައިވްސް މޫވްވެންޓުގެ މެނޭޖިން ޑައިރެކްޓާ ކަމުގައިވާ ކައިލީ ސްކޭލްސް ބުނެފައި ވަނީ މިއީ ކަޅު ނަސްލުގެ މީހުންނަށް ވަރަށް އުނދަގޫ ދަނޑިވަޅެއް ކަމަށާއި ބީޓީއެސް އިން މިފަދަ އެހީ އެއް ވުމުން އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

”މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަޅު ނަސްލުގެ މީހުންނަށް ވަރަށް އުނދަގޫ ދަނޑިވަޅެއް. އަހަރެމެން މިހެން އުޅެން ޖެހިފައިވާތާ އެތައް ޒަމާނެއް ވެއްޖެ. މިއީ އަހަރެމެންގެ ކާބަފައިންވެސް ކުރިމަތިލާން ޖެހުނު ކަންކަން. ބީޓިއެސް އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެމެންނަށް އެހީވަމުންދާ ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާ ކުރަން ބޭނުން.“ ކައިލީ ވިދާޅުވިއެވެ.

މިހާރު ދުނިޔޭގެ މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން ދަނީ ބްލެކް ލައިވްސް މެޓާ މޫވްމެންޓަށް އެކި ގޮތްގޮތުން އެހީވަމުންކަން ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލީން

    ކޮބާ؟ފެނޭތަ ބީޓީއެސްގެ ރަނގަޅުކަން...ދެން ކިޔާބަލަ އެއްޗެކޭ

    40
    4
  2. އީމާން

    ބީޓީއެސް އަކީ ބޭންޑްގެ ނަން. ބިގް ހިޓް އަކީ އެމީހުންގެ ލޭބަލް!!!!!!

    10
    1
  3. މަ

    ލަވްޔޫ ???❤️❤️❤️????

    18
    1
  4. Anonymous

    ޥަރަހ ސަލހި

    10
    1