ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް އެމެރިކާގައި މިހާރު ކުރިޔަށްދާ ހަރަކާތްތަކާއި ގުޅިގެން، ކަޅު ނަސްލުގެ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކޮރެއާގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް، "ބީޓީއެސް" ގެ ފަރާތުން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.

ބީޓީއެސްގެ ފަރާތުން މި ފައިސާ ހަދިޔާ ކުރުމަށް ނިންމާފައި މިވަނީ، އެމެރިކާގައި ދާދިފަހުން ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ނަމަކަށްކިޔާ މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަނިޔާވެރި ގޮތަކަށް މަރާލި ހާދިސާ އާއި ގުޅިގެން ގިނަ ބަޔަކު ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ތެދުވެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައި އެފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުންނެވެ.

މި ފައިސާ ހަދިޔާކުރިކަން ހާމަކޮށް ބީޓީއެސް އިން ބުނެފައި ވަނީ، އެ ބޭންޑުން ތެދުވެ ތިބީ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ކަމަށާއި، ކަޅު ނަސްލުގެ މީހުންނަށް އަނިޔާވެރިވެ ހިންގަމުންދާ އަމަލުތައް ކުއްވެރި ކުރާ ކަމަށެވެ.

އަދި ކޮންމެ ނަސްލެއްގެ މީހަކަށްވެސް އިހްތިރާމްކުރަން ޖެހޭނެ ކަމަށާއި، ބޭންޑުގެ ހުރިހާ މެމްބަރުން ވެސް ތިބީ އެމެރިކާގައި މިހާރު ކުރިޔަށްދާ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކާއެކު ކަމަށް ބުނެ، އެފަރާތްތަކަށް ބީޓީއެސް އިން ވަނީ ހިއްވަރު ދީފައެވެ.

އެމެރިކާ ފުލުހުންގެ އަނިޔާތަކުގެ ސަބަބުން ޖޯޖް ފްލޮއިޑް މަރުވި ހާދިސާއަށް ފަހު އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި މުޒާހަރާތައް ކުރިއަށް އެބަދެއެވެ. ގިނަ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވެސް ދަނީ ހިނގަމުންނެވެ. ފްލޮއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުން ވަޒީފާ އިން ވަކިކޮށް އެމީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ.

ފްލޮއިޑްގެ މަރަށްފަހު މީގެ ކުރިން އެމެރިކާ ފުލުހުން ހިންގާފައިވާ އެފަދަ ޖަރީމާތައްވެސް ވަނީ ފެންމަތިވެފައެވެ. އެހެންކަމުން ކުރިން ފުލުހުން ހިންގި އެފަދަ އަނިޔާވެރި އަމަލުތަކާއި މެދު ވެސް ފިޔަވަޅު އެޅުމަށް މުޒާހަރާކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އެމެރިކާގައި ހާއްސަކޮށް ކަޅު ނަސްލުގެ މީހުން ފުލުހުންގެ ހަމަލާތަކުގައި މަރުވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލައެވެ. ފްލޮއިޑް މަރާލި ހާދިސާއަށްފަހުވެސް އެކަމުގައި ބައިވެރިވި ފުލުހުންނާމެދު ފިޔަވަޅު އަޅާފައިވަނީ މުޒާހަރާތައް ފެށި، މަޝްރަހު ހޫނުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބީޓީއެސް ފޭން

    މިއީ އަހަރެމެން މިބޭންޑަށް ސަޕޯޓް ކުރާ ސަބަބަކީ! ބީޓީއެސް ، އާރްމީސް ވިލް އޯލްވެއިޒް ސަޕޯރްޓް ޔޫ!! ❤❤❤

    34
    12
  2. މަ

    މަގޭ ދޫނި ކޮޅުންތައް

    29
    10
  3. އާރމީ

    ?????އައި ޕާޕާލް ޔޫ އޯލް.

    9
    1
  4. ޙަ

    ބީޓީއެސް ގޭއި

    1
    13
  5. އަރމީ

    އަތް ލަވް ޔޫ ބީޓީއެސް

    4
    1