ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ނިކް ޖޮނަސްގެ ވާހަކަތަަކަކީ މީޑިއާތަކުގައި މަޝްހޫރު ވާހަކަތަކެކެވެ. އެ މީހުންނާއި ގުޅޭގޮތުން މީސް މީޑިއާގެ ސަމާލުކަމަށް އަންނަ ކޮންމެ ވާހަކައަކީ، އަބަދުވެސް މީޑިއާތަކަށް އަރާ ވާހަކަތަކެވެ.

އެގޮތުން މިހާރު އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން އުޅެނީ މި ދެމަފިރިން މިދިޔަ އަހަރު ތެރޭގައި ނަގާފައިވާ ފޮޓޯއެއްގައި ނިކްގެ ފޯނުގެ ވޯލްޕޭޕާ ފެންނަން އިނުމުންނެވެ. އެެއީ ހަމަ މި ދެމަފިރިންގެ ލޯބި ފޮޓޯއެކެވެ.

ފޯނުގެ ވޯލް ޕޭޕާއަށް ލާން އެވަރުގެ ފޮޓޯއެއް ނުލިބޭނެއެވެ.

https://www.instagram.com/p/Bvh8zQzniPE/?utm_source=ig_embed

ފޯނުގެ ވޯލް ޕޭޕާ ފެންނަން އިން އެ ފޮޓޯއަކީ ޕްރިޔަންކާ އާއި ނިކް އާ ދެ މީހުން މިއާމީ އަށް ކުރި ދަތުރުގައި ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ އިންސްޓަގްރާމް ކޮށްފައި ވަނީ ޕްރިޔަންކާއެވެ.

ނިކް އާއި ޕްރިޔަންކާގެ ދުވަސްތައް ދާ ގޮތް މީސް މީޑިއާގެ ސަމާލު ކަމަށް އާދެެެއެވެ. މީޓީންގތަކަށް ތައްޔާރުވެގެން ހުންނަ ފޮޓޯތަކާއި، ކުރީގެ ފޮޓޯތަކާއި، އަދި ދެމަފިރިން ލޯބިން އުޅޭނެ ގޮތުގެ ރީތި މިސާލުތައް ދައްކަމުން ދެއެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ބޮލީވުޑް ފިލްމް ދަ ސްކައި ޕިންކް އިންނެވެ. އަދި އޭނާ ފިލްމް މެޓްރިކްސް 4 އިން ފެނިގެންދާނެ ކަމުގެ އަޑުތަކެއް މިހާރު ދަނީ ފެތުރެމުންނެވެ. މިކަން އަދި ޕްރިޔަންކާ ކަށަވަރުކޮށް ނުދެއެވެ.