ގިނަ ދިވެހި ޒުވާނުންތަކެއް އެމީހުންގެ ހުސް ވަގުތުތަކުގައި ކުޅެމުން އައި ޕަބްޖީގައި ދާދި ފަހުން އިސްލާމް ދީނާއި ހިލާދު މަންޒަރު ހިމެނުނު ކަމަށްޓަކައި ޕަބްޖީ ޑިވެލޮޕަރުން މާފަށް އެދިއްޖެއެވެ.

ޕްލޭޔާ އަންނޯންސް ބެޓްލް ގްރައުންޑްސް (ޕަބްޖީ) އިން ދާދި ފަހުން ގެނައި އަޕްޑޭޓްގައި ބުދަށް އަޅުކަން ކުރުން ހިމަނާފައި ވާއިރު، ބުދަށް އަޅުކަން ކުރުމާއި އެކު ގޭމުގެ ތެރެއިން ތަކެތި ލިބޭ ގޮތަށް ވަނީ ހަދާފައެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ޒުވާބު ކުރުމަކަށްވެސް ގޮސްފައެވެ.

ގިނަ އަރަބި ގައުމުތަކެއްގެ މީހުންވެސް ކުޅޭ ޕަބްޖީގައި މީގެ ކުރިން މިފަދަ ކަމެއް ނެތަސް، މި އަޕްޑޭޓާއި އެކު ގިނަ މުސްލިމުންތަކެއް ވަނީ އެކަމާއި މެދު ނުރުހުން ފާޅުކޮށް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

"ގޭމްއަށް ގެނައި އާ އަޕްޑޭޓާއި އެކީ ބައެއް ކުޅުންތެރިންގެ ހިތްހަމަ ނުޖެހުން ވަނީ ލިބިފައި. އެންމެންގެ ސަގަފަތަށް ގަދަރު ކުރަން. ހަމަ އެކަނި މަސައްކަތް ކުރަމުން އަންނަނީ ގޭމް ކުޅޭ މީހުން މުނިފޫހި ފިލުވުމަށް. ފަހުގެ އަޕްޑޭޓާއި އެކީ ގިނަ ބަޔަކު ހިތް ހަމަ ނުޖެހޭތީ ވަނީ އެ އަޕްޑޭޓް ނަގާފައި" ޕަބްޖީން ބުނެފައިވެއެވެ.

ޕަބްޖީގައި މިފަދަ އަޕްޑޭޓެއް ގެނެސްފައިވާތީ ބައެއް އިލްމުވެރިން ބުނެފައިވަނީ ބުދަށް އަޅުކަން ކުރުމަކީ ޝިރުކެއް ކަމަށާއި ގޭމްތައް މެދުވެރިކޮށް ކުރާ މިފަދަ ކަންކަމުން މުސްލިމުންގެ ވިސްނުން ބުދު ދީނާއި މެދު ބަދަލުވާނެކަމަށް ބަޔަކު މީހުން އުއްމީދު ކުރާނެ ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ތިޔަކުޅެން ހިތަށްވެސް ނާރާ ނުވެސްކުޅޭނަން

  27
  3
  • ހެޕީ ބާތުޑޭ

   ދެން ނުކުޅުނީމަ ވީއެއްނު. މަށަށް ކޮން ކަމެއް.

   7
   8
 2. މޫނު

  ތި އަޕްޑޭޓެއް ނެގިޔަސް ނުނެގިޔަސް އަހަނެއް ތިޔެއް ނުކުޅޭނަން ހަމަހޭގަ ހުރެގެން...އެހެންނޫނަސް ތި އެއްޗެއް އަދި އެންމެ ފަހަރަކުވެސް ނުކުޅެން...އެކަމާ ފަހުރުވެރިވަން...