ފިލާވަޅު ދަސް ކުރުމަކީ އެއްބައި ކުދިންނަށް ފަސޭހަކަމެއް ނަމަވެސް އެކަން ވަރަށް ހާލުގައި ކުރާ ކުދިން ތިބެއެވެ. ކިތަންމެ ވަރަކަށް ދަސް ކުރިޔަސް ސިކުނޑިއަށް ނަގައިގަންނަން އުނދަގޫ ކުދިން ތިބެއެވެ. ކިޔެވުމަށް މޮޅެތި ކުދިންނަށް މިއީ މާ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް މިނިޓެއްގެ ތެރޭގައި ހުރިހާ އެއްޗެއް ހިތުން ދަސްކޮށްލަން މިއީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

މި ކުއްޖާ ހީކުރީ އެއީ މިގޮތަށް ހަދައިފިނަމަ އަވަހަށް ދަސް ކުރެވޭނެއެވެ. މި ކުއްޖާގެ ފޮތުގެ ފިލާވަޅުތައް އެއޮަށް ސިކުނޑިއަށް އަޅަނީއެވެ. އެ މަންޒަރު ފެންނަ ވީޑިއޯ މިހާރު މީސް މީޑިއާގައި އެ ދަނީ ދައުރުވަމުންނެވެ.

އައިއޭއެސްގެ އޮފިސަރެއް ކަމަށްވާ އަވަނިޝް ޝަރަން ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރި އެ ވީޑިއޯ ފެނިފައި އެތައް ބަޔަކަށް އަނގަ ހުޅުވޭ ވަރު އެބަ ވެއެވެ. އެ ވީޑިއޯއިން ފެންނަނީ ކްލާސް ތެރޭގައި އިނދެގެން ޓެކްސްޓް ފޮތުގައި ހުރީ ފިލާވަޅުތައް ދަސް ކުރުމުގެ ބަދަލުގައި އެއްގަނޑު އަނެއް ގަނޑަށް އުކާލާ މަންޒަރެވެ. މާބޮޑަކަށް ފިލާވަޅަށް ސަމާލުކަން ނުދީ، ދެ އަތް ގާތްކޮށް ސިކުނޑިއަށް ފިލާވަޅު "އަޅާ"މަންޒަރެވެ.

މިއީ އެއްވެސް ވަރަކަށް ފިލާވަޅު ދަސް ކުރެވޭނެ ގޮތެެއް ނޫނެވެ. އެއްވެސް ވަރަކަށް މިގޮތަށް ފިލާވަޅު ދަސް ކުރަން ނޫޅޭށެވެ.

އެ ވީޑިއޯއަކީ ޗައިނާގެ ސްކޫލެއްގައި ނަގާފައިވާ ވީޑިއޯއެކެވެ. އެކުލާހުގެ ޓީޗަރު ރިޕޯޓަރުންނަށް މައުލޫމާތުދެމުން ބުނީ، އެ ކުއްޖާގެ އެ ވީޑިއޯއަކީ އެ ދުވަހު ކުއީޒެއް އޮތުމުން ފިލާވަޅުތައް މުތާލިއާ ކުރަން ބުނުމުން އެ ކުއްޖާ ހެދި ގޮތް ފެންނަ ވީޑިއޯއެއް ކަމަށެވެ.

އެ ވީޑިއޯ އެންމެ ބޮޑަށް ދައުރުވެފައި ވަނީ ޗައިނާގެ މީސް މީީޑިއާ ޕްލެޓްފޯމްތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު