ކޮވިޑް-19 ވައިރަހުގެ ސަބަބުން އިންޑިއާ ފުރަބަންދުކޮށްފައިވާ ހާލަތުގައި މުމްބާއީ ފަދަ ބާރު ބޮޑު ސިޓީއެއްގައި ދިރިއުޅޭ އާންމުންނަށްވެސް ވަނީ ބޯކޮށުމަށް ދަތި އުނދަގޫތަކެއް ކުރިމަތި ވެފައެވެ. އަދި އެގައުމުގެ ސަރުކާރުގެ އެންގުމާއެކު، އަލުން ހުއްދަ ލިބެންދެއް ހުރިހާ ސެލޫންތަކެއް ވަނީ ބަންދުކޮށްފައެވެ.
ރަވިންދްރާ ބިއާރީއަކީ އަވަށްޓެރި އިންޑިއާގެ ޓައިވާލާއަށް އުފަން މީހެކެވެ. އިންޑިއާގެ މުމްބާއީގައި އަމިއްލަ ސެލޫން އެއް ހުޅުވައިގެން ބޯކޮށައިދެމުން އަންނަތާވެސް މިހާރު ވަނީ އަހަރުތަކެއް ވެފައެވެ.
މި ދަނޑިވަޅުގައި ދިމާވެފައިވާ ހާލަތުގެ ސަަބަބުން، ހާލުގައި ޖެހިފައިވާ ފަގީރުންގެ ހާލު އަދި އިތުރަށް ބޮޑެވެ. މީގެ ކުރިން ސަލާން ޖަހައިގެން މުމްބާއީ ފަދަ ތަންތަނުގައި ދިރިއުޅެމުން ދިޔަ ފަގީރު ކުޑަކުދިންނަށް މިހާރު އެ ފުރުސަތު ވެސް ނެތެވެ.
އިންޑިއާ ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަވިންދްރާގެ ސެލޫން ވެސް ހުންނަނީ ކޮވިޑް-19 ގަދަޔަށް ފެތުރެމުން އަންނަ ހިސާބެއްގައެވެ. އެހެން ކަމުން އޭނާ އަށް އެތަން އަވަހަށް ހުޅުވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.