2011 ވަނަ އަހަރު ސީބީއެސް ނިއުސްގައި މަސައްކަތް ކުރަމުންދިޔަ ރިޕޯޓަރެއް ކަމަށްވާ ލާރޯ ލޯގަން ރޭޕްގެ ޝިކާރައަކަށްވެގެން ދިޔައީ މިސްރުގެ އެއިރުގެ ރައީސް ހުސްނީ މުބާރަކް ރައީސް ކަމުން އިސްދިއުފާ ދެއްވުމާއި ގުޅިގެން ކުރަމުންދިޔަ މުޒާހަރާތައް ކަވަރު ކުރަން ގޮސް ހުއްޓާއެވެ.

ލޯގަން ރޭޕްކޮށްފައި ވަނީ، އޭނާ ނޫސްވެރިކަމުގެ ދާއިރާއަށް ވަންތާ މާގިނަ ދުވަހެއް ނުވަނީސްއެވެ.

ކައިރޯގެ ޓަހްރިރް ސްކޮޔާގައި މީހުން ރައީސް މަގާމުން އިސްތިއުފާދެއްވުމަށް ހިނގާދިޔަ ކަންތައް ކަވަރު ކުރަން ގޮސް ހުއްޓާ އޭނާ ރޭޕް ކުރީ އެތައް ބަޔަކު ވެގެންނެވެ.

"މީހުން ތިބީ އެކަން ސެލެބްރޭޓް ކުރަން. ކުއްލިއަކަށް އަހަރެމެންގެ ޓްރާންސްލޭޓަރު އަހަރެންނާއި ދިމާލަށް ބަލާފައި ބުނި ދުއްވައިގަންނާށޭ.. އަހަރެންނަށް އެއިރު ހީވި މީހުން އަހަރެންގެ ހަށިގަނޑުގައި އަތްލާހެންވެސް. އަހަރެމެންގެ ސެކިއުރިޓީ އާއި ދެން ތިބި މީހުންވެސް ދުއްވައިގަތް އަހަރުމެންނާއެކު، އަހަރެމެން ހީކުރީ އެ މީހުން ދިޔައީ ކަމަށް. އެގޮތަށް ފަހަތުން އައި ބައެއް ވެގެން ދިޔައީ އަހަރެން ރޭޕް ކުރި މީހުންނަށް"

އޭނާ ބުނީ، ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ރޭ އޭނާއަށް އެހީތެރިވުމަށް މަސައްކަތް ކުރި ކަމަށެވެ.

ލޯގަން ބުނީ، މިގޮތަށް އޭނާއަށް ކްރޫން ގެއްލުނު ހިސާޞުން، މީހަކު އައިސް އޭނާގެެ ހެދުން އެއްޗެހި ބޭލުވުމަށް މަސައްކަތް ކުރި ކަމަށެވެ.

"އަހަރެން ހުރީ ބިރުން ހަވާލުވެފައި، މަރުވެދާނެއޭވެސް ހިތައް އެރި، އެ މީހުން އަހަރެން ލައިގެން ހުރި އެއްޗެހި ވީދާލުމަށްަފަހު އަހަރެން ރޭޕް ކުރި، އެކި އެއްޗެހިބޭނުންކޮށްގެން."

އޭނާ ބުނީ، އެ ގޮތަށް އަނިޔާ ލިބެމުންދިޔައިރު، އޭނާއަށް ހިތްވަރު ލިބެމުންދިޔަރީ ދެ ދަރިން މަތިން ހަނދާން ވުމުން ކަަމަށެވެ.

"އަހަރެން އެއިރު ހިތައް އެރި، މި ދުނިޔެއާ އަލްވަދާއު ކިޔުމަށްވެސް، އެކަމަކުވެސް އަހަރެން ދިޔައީ ދަރިން މަތިން ހަނދާން ކުރަމުން". އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނީ އެ ދިން އަނިޔާއަށްފަހު އޭނާއަށް އޮތީ ގުޑާވެސް ނުލެވިފައި ކަމަށެވެ.

ލޯގަން އަށް އެހީތެރިވެފައި ވަނީ، މުޒާހަރާ ކުރަމުންދިޔަ ބަޔަކު ކޭމްޕް ޖަހައިގެން ތިބި ތަނަށް ދެވުމުންނެވެ.

"އަހަރެން ގޮސް ޖެހުނީ އަންހެނެއްގެ އުނގުމަތީގައި، އަހަރެން ހުރީ ބަރަހަނާ ހާލުގައި، އަހަރެންނާއި ދިމާލަށް މީހުން ހެދުމާއި އެއްޗެހިވެސް އުކި"

އޭނާ ބުނީ، އޭނާއަަށް ހުރިހާ ކަމެއް ބޮއްސުންލައިގެން ދާހެން ހީވާން ފެށީ ރޭ ގެއްލުނު ހިސާބުން ކަމަށެވެ. އެހެން ނަމަވެސް ރޭ ދިޔައީ މިސްރުގެ ސިފައިންގެ މީހުން ކައިރިއަށް އޭނާ ހޯދުމުގެ މަސައްކަތަށް އެހީއެއް ހޯދުމަށް ކަން އޭނާއަށް ފަހުން އެނގުނު ކޯގަން ބުންޏެވެ.

ލޯގަން ސަލާމަތްވެފައި ވަނީ، އަންހެނަކު، މިސްރުގެ ސިފައިން ގެނެސް، ޑޮކްޓަރަކު އޭނާއަށް ހޮޓެލްގައި އެެހީތެރިވާން ފެށުމުންނެވެ. އަދި ވަގުތުން އޭނާ ވަނީ އެމެރިކާއަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.