މިއުޒިކާއި ދުރުވުމަކީ ހަޔާތުގެ އެންމެ އުނދަގޫ އެއް ނިންމުން ކަމަށާއި އެކަމުން ލިބުނީ ހިތްހަމަޖެހުން ކަމަށް ސުއާދު އަބްދުއްރަހީމް (ޒިޕްސް) ބުނެފިއެވެ.

ޒިޕްސް ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވަރަށް ގިނަ ބަޔަކު މިއުޒިކާ ދުރުވީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ކުރާ ކަމަށެވެ. އޭނާގެ ދުއާއަކީ ލޯބިވާ އަހުންނާއި އުހްތުންނަށް ހައްގަށް ވާސިލްވުމުގެ ތައުފީގް ﷲ ސުބުހާނަހޫވަތައާލާ ދެއްވުން ކަމަށް ޕޯސްޓުގައި ވަނީ ބުނެފައެވެ.

ޒިޕްސް ބުނި ގޮތުގައި އޭނާއަށް ވިސްނެން ފެށުނީ ދުނިޔެވީ މަޝްހޫރު ކަމާއި ފައިސާ އިން އުފާ ހާސިލް ނުވާނެހެން ހީވި ހިސާބުން ކަމަށެވެ.

"ﷲ ގަންދީ ބުނަން. އޭރު ދިރިއުޅުމުގައި ލިބި ދިޔައީ ހަމަ ބުއްދި އެއް ހުރި މީހެއް ތަހައްމަލް ކުރަން ބޭނުން ނުވާނެ ކަހަލަ ހަޔާތެއް! ދުނިޔަވީ އުފާތަކުން އުފަލެއް ނެތްކަން އިހުސާސްވުމުން އަމިއްލަ ނަފްސަށް އެތަކެއް ސުވާލު ތަކެއް ވެރިވި. ކުރުކޮށް ބުނާ ނަމަ، އޭރުގެ ދިރިއުޅުން ސިފަކޮށްދެވޭނީ ފައިސާ ހުރެ ހަނަފަސް ސަހަރާއެއްގައި އުޅުނު ފަދައިން. އެފައިސާއިން ކުރާނެ ކަމެއް އޮންނާނެތޯ؟ ލިބޭނެ ރާހަތެއް އޮންނާނެތޯ؟" އޭނާ ބުންޏެވެ.

އޭނާ ބުނީ ނަމާދާއި ގާތްވަމުން ދިޔަވަރަކަށް ލިބުނީ ހިތްހަމަޖެހުން ކަމަށާއި ލިބުނު އުފާ ފާގަތިކަން ހިތަށް ވެސް ނުގެނެވޭކަމަށެވެ.

މަހުޝަރު ދުވަހު ޒުވާން އުމުރު ހޭދަކުރީ ކިހިނެތްތޯ އާއި ކައިބޮއި އުޅުނީ ހަލާލު ތަކެތިތޯ ސުވާލު ކުރެވޭ ދުވަހު އެ ސުވާލުތަކަށް ޖަވާބުދޭން ދުލުގައި ހިތްވަރު ހުންނާނެތޯ އޭނާ ވަނީ ސުވާލު އުފައްދައިފައެވެ.

އަދި ކަނޑައެޅިގެން ހަރާމް ކަމެއްކަން އެނގިހުރެ މުޖުތަމައުގައި ދިރިއުޅޭ އެހެން މީހުން ލަވަ އާއި މިއުޒިކުން އަޅާ އާއި ﷲ ސުބުހާނަހޫވަތައާލާ އާ ދެމެދު އޮންނަ ގުޅުމަށް ހުރަސް އަޅާ މީހެއްކަމުގައި ވާން ބޭނުންވަނީ ކާކުތޯ ވަނީ ސުވާލު އުފައްދާފައެވެ.

އެ ސުވާލުތައް އަމިއްލަ ނަފްސާއި ވެސް ކޮށްލުން މުހިންމުކަމަށް އޭނާ ވަނީ ބުނެފައެެވެ.

ހަގީގީ އުފާވެރިކަމަކީ ފުރިހަމަ މުސްލިމަކަށް ވާން އަޒުމް ކަނޑައެޅުން ކަމަށް އޭނާ ބުންޏެވެ.

އަދި ތައުބާގެ ދޮރު ނުހަނު ގާތުގައި ވާނެ ކަމަށާއި ކުށް ކުރެވި އެކަމަށް ހިތާމަކޮށް ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ރެޕްގެ ދާއިރާއިން ސުއާދު އެންމެ ފުރަތަމަ އާންމުންގެ މަޢުބޫލުކަން ހޯދާފައި ވަނީ "ސިމްބިލިކް ރެކޯޑްސް" އިންނެވެ. އެއަށްފަހު ފަހުން އޭނާ މަސައްކަތް ކޮށްފައި ވަނީ "ބީޓްލޮޖީ" ގައެވެ. ސުއާދަކީ ދިވެހި ހިޕްހޮޕް މިއުޒިކްގައި މީގެކުރިން މަޝްހޫރު ޒުވާނެކެވެ.

ސުއާދުގެ އިތުރުން މޯލްޑިވިއަން އައިޑޯލް އިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ލަކަކިޔުންތެރިޔާ، މުހައްމަދު އިޝާން ވެސް ވަނީ ލަވަކިޔުން ހުއްޓާލިކަން ދާދިފަހުން އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބެއްޔާ

    ދެން 24 ގަޑި އިރު މޮޔައެއްހެން ތުން ތަޅުވަ ތަޅުވާ ހުރޭ!

    4
    284
    • އަސަރުކުރޭ ދޯ!

      ބެއްޔާ އަސަރެއް ކުރާނެ ތިކަހަލަ ލާދީނީ މީހުންނަަށް

      57
      1
    • އައްމާރު

      ތިޔައީ ގިޔާމަތް ދުވަސް ދޮގުކުރާ މީހެއްތަ؟ ތިޔަ ގޮތަށް ފުރައްސާރަ ކުރާ މީހުންނަށް ވުރެ ސުއާދު ފަދަ (ތައުބާވެ ދީނަށް އެނބުރި ރުޖޫޢަވާ ބޭފުޅުން) މުއުމިނުން ވަނީ ގިޔާމަތް ދުވަހުން ވަރަށް މަތިވެރި މަގާމެއްގައެވެ. އެދުވަހުން ތިޔަ ގޮތަށް ފުރައްސާރަ ކުރަން ކެރިދާނެތަ؟ ސުއާދު އަށް ޖަންނަތުލް ފިރުދައުސް ދެއްވާންދޭވެ. آمين.

      67
    • ބެޔާ

      24 ގަނޑިއިރުވާއުރު ސަޖިދައެއް ކޮއްލާނެ ވަގުތު ނުލިބުނު މީހާގެ މޮޔަކަން ބޮޑުކަމާއެ

      45
      2
    • އަހަރެން

      މާތްﷲ ތިބާއަށް ހެޔޮވިސްނުން ދެއްވާށި

      43
      1
    • ށދފ

      ހަލާކު ހުރި މޮޔަ ބެއްޔާ ގަނޑާ

      12
      3
  2. Anonymous

    الحمدلله
    ތެދުމަގުގައި ސާބިތުވެ ހުރުމަށް ހިތްވަރުދެން.
    ﷲ ޙަރާމް ކުރައްވާފައިވާ ކަމަކުން ސަލާމަތް ވީތީ އުފާކޮށް ޝުކުރު ކުރަން. މާދަމާ ވެސް މަރުވެދާނެ. ތައްޔާރު ވާންވީ ދާއިމީ ސުވަރުގެ ލިބޭތޯ. ދީންވެރި އެކުވެރިން ޚިޔާރުކުރޭ.ތިބާ ތެދުމަގުގައި ހުންނަށް ހިތްވަރު ދޭނެ. ދުނިޔޭގެ ނެތް ދުވަހަކުން ވެސް ހެޔޮދުޢާ ކޮށްލަދޭނެ.

    44
  3. ކަލޯ

    ދެން ސިޔާސީ ނުވެހުރެވޭތޯ ބަލާތި ، ގިނަމީހުން އެމީހާބލޯބިކުރާ ތިފަދަ ކަންކަން ދޫކޮއްލުމަށް ފަހު ދެންޖާގަ ހޯދަނީ ހަމައެހާމެ ނުބައި ސިޔާސީ ދާއިރާއިން

    25
    1
    • އަހުމަދު

      ސިޔާސީ ދާއިރާވެސް ބޔަކު ނިކުމެ ގުރުއާނާއި ސުންނަތާ އެއްގޮތައް އެ ބަދަލު ކޮއްގެން ހަމަ އަކައް އެޅޭނީ

      14
      1
      • ކަލޯ

        ޤުރުއާނާ ސުންނަތާ އެއްގޮތަށް އުޅުނީމަ ވީއެއްނޫން.. ޝެއިހުން ތިބެނީކަމަކު ދޯ.. އެމީހުން ސިޔާސީނުވެ އެމީހުންގެ ވާޖިބުއަދާކުރީމަ ހުންނާނީ ރަނގަޅަށް

        1
        1
  4. ީހިޔާލު

    ބެެެއްޔާ.....ހުސް ޑިސްލައިކް...???

    46
    1
  5. ަAmin

    އަލްޙަމްދުލިﷲ މަރުހަބާ

    37
  6. މުއުމިން

    މމަރު އައިސް ނޭވާ ހޮޅިއަށް
    އެޅުމުން މޮޔައަކީ ކާކުކަން ޔަޤީން ވާނެ!

    33
    1
  7. ސޫފި

    ކޮން މާއެނގޭ ބެކަލެއް މިސޮރުގެ ބޮކާލީ

    2
    119
    • އައްޔައަްްޔަ

      މީހަކު ބޯކާން ޖެހޭވަރު ކަމެއްނޫން މީހުންގެ އަޅަކަށް ވެގެން އުޅުމަށް ވުރެ މާރަނގަޅުވާނެ ﷲގެ އަޅަކަށް ވީމަ

      42
  8. އަހުމަދު

    ލާބަ ހުރި މަންފާ ހުރި ވިޔަފާރިއެއް.

    20
    3
  9. ބިރު ކުޑޭ

    ތިބާ ދޮގު ނަހަދާ ތި

    19
    1
  10. ތިހެން

    ތީވެސް ވައްތަރެއް. ދުނިޔެ މިއޮތީ. އެމީހަކު އުޅޭނެ ވައްތަރަކަށް އުޅެންވީ، ނިމި ދިއުން ވަނީ ﷲގެ ޙަޟްރަތަށް. ލާފަ ހުންނަ ތުބުޅިއަކުން ފަޓުލޫނުގެ ފައިކުރި އަކުން ސަލާމަތެއް ނުވެނޭ،