ބޮލީވުޑްގެ ބަތަލާ ޕްރިޔަންޖާ ޗޯޕްރާގެ ބައްޕަ އާޝޯކް ޗޯޕްރާ މަރުވީ 2013ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަނދާންތައް ޕްރިޔަންކާ މި ވަނީ މީސް މީޑިއާ މެދުވެރިކޮށް އާ ކޮށްފައެވެ.

އިންސްޓަގްރާމްގައި ބައްޕަގެ ކުރީގެ ފޮޓޯއެއް ހިއްސާ ކުރަމުން ޕްރިޔަންކާ ލިޔެފައި ވަނީ، ބައްޕައާއި އަބަދުވެސް ގުޅިފައިވާ ކަމަށާއި، ކޮންމެ ދުވަހަކުވެސް ބައްޕަ މަތިން ވަރަށް ހަނދާންވާ ކަމަށެވެ.

https://www.instagram.com/p/CBPwuANjjVd/?utm_source=ig_embed

އެ މެސެޖުން އެތައް ބަޔަކު ރޮއްވާލާނެއެވެ. އެއީ ހަމަ ޔަގީން ކަމެކެެވެ.

ޕްރިޔަންކާ އާއި އޭނާގެ ބައްޕަގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ވެއެވެ. އަދި ބައްޕަ އާއި އޭނާ ވަރަށް ގާތް ކަމަށްވެސް ވެއެވެ. ޕްރިޔަންކާގެ ބައްޕަގެ އަތު ލިޔުމުން "ޑެޑީސް ލިލް ގާލް" މިހެން ލިޔެފައިވާ ޓެޓޫއްް ޕްރިޔަންކާގެ އަތުކުރީގައި ވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައި ވެއެވެ.

ޕްރިޔަންކާގެ މަންމަ އާއި ބައްޕަވެސް މަސައްކަތްކޮށްފައި ވަނީ ސިފައިންގެ ގޭގައެވެ. އެކަން އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން މީސް މީޑިއާ މެދުވެރިކޮށް ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު