ކޮވިޑް-19 އާހެދި އެތައް ބަޔަކަށް އެ ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ. މި ދަތިތަކާއި ބޮޑަށް ކުރިމަތިލާން ޖެހިފައި ވަނީ ފުރަބަންދުކޮށްފައިވާ ގައުމުތަކާއެެވެ. ފައިސާ ނުލިބި، ކުރާނެ މަސައްކަތެއް ނެތި ދިރިއުޅުން ހުއްޓިފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ.

މިއީވެސް އޭގެ ތެރެއިން މީހެކެވެ. އޭނާއަކީ ނޭޝަނަލް ލެވެލްގެ ގޯލްޑް މެޑަލިސްޓެކެވެ. އަނިލް ލޯހާރް ނަމަކަށް ކިޔާ މި ޒުވާނާ އެ އުޅެނީ އޭނާގެ އާއިލާއަށް ފެންދޭނެ މިންވަރުވެސް ނުލިބިގެންނެވެ. އަދި ފައިސާ ނެތި އޭނާ އުޅެމުން ދަނީ ވަރަށް ދަތި ހާލުގައެވެ.

ނިއުސް 18އިން ރިޕޯޓްކޮށްފައިވާގޮތުން، މީގެ ކުރިން އެ އާއިލާއަށް ފެން ލިބެމުން ދިޔައީ ވިލޭޖުގައި ހުންނަ ޕްރީ ސްކޫލުންނެވެ. އެހެން ނަމަވެސް ކޮވިޑް-19އާ ހެދި ސްކޫލްތައް ބަންދު ކޮށްފައި ހުރުމުން، އެ އާއިލާއަށް ފެން ލިބޭނެ ގޮތް ވަނީ ނުވެފައެވެ.

މިގޮތަށް ފެން ނުލިބި ގިނަ ދުވަސްވުމުން މިހާރު އޭނާ އާއި އަނބިމީހާ ވެގެން ވަޅެއް ކޮނުމުގެ މަަސައްކަތް ދަނީ ކުރަމުންނެވެ. އެމީހުން އެކަން ކޮންމެ ދުވަހަކު ހަތަރު ގަޑިއިރަށް ކުރާއިރު، މިހާރު އެ ވަޅު ކޮންނަތާ 25 ދުވަސް ވެއްޖެއެވެ. މިހާރު ވަރަށް ފުނަށް އެ މީހުންނަށް އެ ވަޅު ކޮނެވިއްޖެއެވެ.

އެހެން ނަމަވެސް އަދި ފެން ލިބޭނެ ވަރު ވަނީ ނުވެފައެވެ.

އޭނާ ބުނީ، ގައުމީ ލެވެލްގައި އޭނާ ހޯދި ކާމިޔާބަށް ބަލައި، ރަނގަޅު ވަޒީފާއެއް ސަރުކާރުން އޭނާއަށް ލިބޭނެ ކަމަށް އެއިރު އުއްމީދު ކުރި ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން އޭނާ އަށް ވަޒީފާއެއް ދީފައެއް ނުވެއެވެ. އޭނާއަށް ވަޒީފާއެއް ލިބުނީ އަމިއްލަ ތާކުންނެވެ. ފަހުން އޭނާ ވަނީ ވަޒީފާ ދޫކޮށްފައެވެ.

މިހާރު ވަޒީފާއެއް ނެތި، އޭނާ ދިރިއުޅުން އެފުށް މިފުށަށް ޖެހިފައިވާއިރު، އާއިލާ އުޅެމުން ދަނީ ހާލުގައެވެ. އާއިލާއަށް ދޭނެ ސާފް ފެންފޮދެއްހާ މިންވަރުވެސް އޭނާއަށް ވަނީ ނުލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޒް

    ދަތި ހާލުގައިވާ އެންމެންނަށް ﷲ ސުބަހާނަހޫވަތައާލާ ލުއިގޮތްތަށް މެދުވެރިކުރައްވާށިއެވެ.. އާމީން

    43
    1
  2. މުޙައްމަދު ޢަރީފް

    ދުނިޔޭގެ އެކިއެކި ޤަޥްމު ތަކުގައި ދަތިޙާލް ޖެހިފައިވާ މީހުންނަށް ދިމާވެފައިވާ ހިތްދަތި ވާހަހަތައް ކިޔާލުމުން ލަނގޮޑި ފަޅައިގެންދާވަރުވޭ މާތްﷲ ދަތިހާލް ޖެހިފައިވާ މީހުނަށް އެބައިމީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ގޮތް މިންވަރުކުރައްވާ އެބައިމީހުންނަށް ލުއިފސޭހަގޮތްތަކެއް މިންވަރުކުރައްވާށި އާމީން

    13