މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ދަތުރު ކުރާ ހިސާބުތަކުގައި ވަނީ ދަތުރު ކުރުން ހުއްޓުމަކަށް އައިސްފައެވެ. އެހެން ނަމަވެސް ބައެއް ހިސާބުތަކުގައި މިހާރު އަންނަނީ ފަތުރުވެރިކަން ފެށުމަށް ތައްޔާރުވަމުންނެވެ.

އެކި ގައުމުތަކުން ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރު ވަމުން އަންނައިރު، އިޓަލީގެ އަވަށެއް ކަމަށްވާ ކްލިންފްރޮންޑީ އިން ވަނީ ފަތުރުވެރިން ނުވަތަ އެހެން މީހުންނަށްވެސް އެންމެ އެމެރިކާ ޑޮލަރަށް ގެ ވިއްކުމަށް ނިންމާފައެވެ.

ކްލިންކްފްރޮންޑީ އަކީ އިޓަލީގެ ސަރަހައްދެއް ކަމަށްވާ ކަލަބްރިއާގައި އޮންނަ ކޮވިޑް-19 އިން ރައްކާތެރި ހިސާބެކެވެ.

ކްލިންކްފްރޮންޑީ

ކްލިންކްފްރޮންޑީގެ މޭޔަރު، މިޗޭލް ކޯނިއާ ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ އެހިސާބުގައި އާބާދީ ދަށަށް ގޮސްފައިވާތީ އާއި ބޭނުން ނުކޮށް ހަލާކުވާން ދޫކޮށްލާފައިވާ ގެތަކަށް އަލުން މީހުން ގެނެސް ވަޒަންވެރި ކުރުވުމަށްޓަކައި ކަމަށެވެ. އޭނާ ވަނީ އެކަމަށް ހާއްސަ ނަމެއްވެސް ދީފައެވެ.

"ފަޅުވާން ދޫކޮށްފައިވާ ގެތަކަށް އަލުން މީހުން ގެނައުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް މަގްސަދު" ކޯނިއާ ބުންޏެވެ.

އޭނާ ބުނެފައިވަނީ އޭނާ ބޮޑުވީ ޖަރަމަނަށް ކަމަށާއި، އޭނާ އަމިއްލަ ފަސްގަނޑަށް އައިސްފައިވަނީ ފަސްގަނޑު ސަލާމަތް ކުރުމަށް ކަމަށެވެ. އެހިސާބުގެ ގެތަކަކީ އެތަށް ގަރުނެއް ވަންދެން ބޭނުން ނުކޮށް ދޫކޮށްލާފައިވާ ގެތަކެވެ.

ކްލިންކްފްރޮންޑީ އަކީ ދިރިއުޅުމެއް އެހިސާބުގައި ފެށުމަށް ބޭނުންވާ މީހުންނަށް އެންމެ ހިތްގައިމު އެއް މަންޒިލަކަށް ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހިސާބުގެ ގެތަށް އެއް ޑޮލަރަށް ވިއްކަން ނިންމާފައިވާއިރު، އިޓަލީގެ އެހެން ހިސާބުތަކުގައި ގެތަށް ގަންނަން ބޭނުންވާ ފަރާތްތަކުން ދައްކަން ޖެހޭ ވަރު އިންތިހާއަށް ބޮޑެވެ. އެގޮތުން ޑައުން ޕޭމަންޓެއްގެ ގޮތުންވެސް 5000 ޑޮލަރަށްވުރެ ގިނައިން ދައްކަން ޖެހެއެވެ. މީގެ އިތުރުން އިންޝޫރެންސް ފީވެސް ނަގައެވެ.

އިޓަލީން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ދެ ލައްކައަށްވުރެ މަތީގައި އުޅޭއިރު، ކްލިންކްފްރޮންޑީ ގައި މިހާތަނަށް އެއްވެސް މީހަކު މި ބައްޔަށް ފައްސިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަބަރޭ

  އިޒްރޭލުގެ ޔަހޫދީންތައް ދެންގެންދަންވީނު އޭރުން ފަލަސްތީނުގެ މުސްލިމުން ނަށް ހަމަޖެހިލާއި ގެންދިރިއުޅެވޭނެނުން

  24
 2. ރިނީ

  ތިޔަ އަވަށުގެ ނަންކިޔަން ރަނގަޅު ގޮތަކީ ޗިންކުއެފްޢޮންޑީ. ހަަމަ ބުނެލީ.

 3. ނޫސްކިޔާމީހާ

  ތި ޑައުން ޕޭމަންޓްވެސް ރާއްޖޭގައި ދައްކަންޖެހޭ ވަރަށްވުރެ ހާސްބައި ކުޑަ

 4. Anonymous

  ޖިންނި އުޅޭ އަވަށަކަށް ވެސް ވެދާނެ

 5. މުހައްމަދު

  ކޮބާ އިންޝުއެރެންސް ކޮބާ އަހަރީ ފީ އާއި އެހެނިހެން ޓެކްސް ތައް. ކަލޭމެން ހީކުރީ އެވެސް ރާއްޖެ ކަމައް ތަ. ކޮބާ އަދި ލޭންޑް އޯނަރު.