ސޮނީ އިން މި އަހަރުގެ ހޫނު މޫސުމުގައި ބާޒާރާށް ނެރުމަށް ހަމަޖެހިފައިވާ ޕްލޭސްޓޭޝަން 5 ދައްކާލައިފިއެވެ.

ޕީއެސް 5 ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ސޮނީގެ ސީއީއޯ ޖިމް ރިޔާން ވިދާޅުވީ ޕީއެސް 5 ގެ މައުލޫމާތުތައް ހާމަކުރަމުންދާތާ މިހާރު އެއް އަހަރުވެފައިވާ ކަމަށެވެ. މިއީ ވަރަށް ގިނަ ބައެއްގެ ދިގު އިންތިޒާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސޮނީ އިން މީގެކުރިން ނެރުނު ޕީއެސް 4 އާ ހިލާފަށް ޕީއެސް 5 ގައި ކަޅާއި ހުދު ކުލަ ހުންނަ އިރު، މައިގަނޑު ގޮތެއްގައި ހުންނަނީ ހުދު ކުލައެވެ. މީގެކުރިން ނެރުނު ޕީއެސް 4 ގައި މުޅިން ހެން ހުރީ ކަޅު ކުލައެވެ. އެއީ މިފަހަރު އައި އެންމެ ބޮޑު އެއް ބަދަލެވެ.

މީގެއިތުރުން އެހެން ގޭމިން ކޮންސޯލްތަކަށް ވުރެން ފަހުން ދައްކާލި ޕީއެސް 5 ވަނީ ކުރިއަރައިފައެވެ. އެގޮތުން ގޭމްގެ ވިޝުއަލް އާއި ގޭމް ލޯޑުވުމަށް ނަގާ ވަގުތު މަދުކުރުމަށް ކަސްޓަމައިޒްކޮށްފައިވާ ހާއްސަ ޑްރައިވެއް ހުރެއެވެ. އަދި އެންމެ ބާރުގަދަ ޕީސީ ގޭމިން މެޝިންތަކުގައި ބޭނުންކުރާފަދަ އެޑްވާންސް ލައިޓިންގ ޓެކްނީކް، "ރޭ ޓްރޭސިން" ވަނީ ބޭނުންކޮށްފައެވެ.

މިއީ ޕްލޭސްޓޭޝަންގެ ޙަޔާތުގައި މިހާތަނަށް ނެރޭ އެންމެ ތަފާތު މޮޑެލެވެ.

ޕީއެސް 5 އާ އެކު ޑުއަލް ސެންސް ވަޔަލެސް ކޮންޓްރޯލަ، ޑުއަލް ސެންސް ޗާޖިން ސްޓޭޝަން، ހައި ޑެފިނީޝަން ކެމެރާ، ޕަލްސް ތްރީޑީ ވަޔަލެސް ހެޑްސެޓްގެ އިތުރުން މީޑިއާ ރިމޯޓް ވެސް ވަނީ ދައްކާލައިފައެވެ.

ސޮނީ އިން ބުނި ގޮތުގައި ޕީއެސް 5 ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅެވެ.

ޕީއެސް 5 އާ އެކު ނުކުންނަ ގޭމްތަކުގެ ތެރޭގައި "ގްރޭންޓް ތެފްޓް އޮޓޯ ވީ" އާއި "ގްރޭން ޓްރިސްމޯ 7" އާއި "އޮޑްވޯލްޑް ސައުލް ސްޓޯމް" އާއި "ގޯޑް ފޯލް" އާއި "ސޯލާ އޭޝް" އާއި "ރިޓާނަލް" އާއި "ސްޓްރޭ" ފަދަ ގޭމްތައް ހިމެނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޕީއެސް 5 ގެ އަގު އިނގިރޭސި ވިލާތުގައި އުޅޭނީ 753 ޑޮލަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕްލޭސްޓޭޝަން ފެން ބޯއި

    ހާދަ އަގު ހެވޭ ރާ އްޖެ ރުފިޔާ އިން?

  2. އަހުމަދުކަލޯ

    ޑިޒައިން އާއި ކުލަ ބަދަލް ކުރީމަ އަހަރުން ހަމަ މޮޔަވެގެން ގަންނަން ވީ ދޯ

    5
    1