ޓްވިޓާގައި މީހަކު މި ވަނީ އޭނާ 300 ރުޕީސް ދީފައި އޯޑަރު ކުރި ލޯޝަން ފުޅި އޭނާއަށް މުލިބި ބަދަލުގައި އޭނައަށް އަށް އަޑުބޮޑު ހެޑް ފޯނެއް ލިބުނު ވާހަކަ ހިއްސާކޮށްފައެވެ. ޖޯޝް ސޮފްްތްވެއާގެ ކޯ ފައުންޑާ އަދި ޑައިރެކްޓްރ ގައުޓަމް ކުރި އެ ޓްވީޓުގައި އޭނާ ބުނެފައި ވަނީ، ލޯޝަނަށް އޯޑަރު ކުރުމުން އޭނާއަށް ލިބުނީ ބޯސް ބްރޭންޑްގެ އިއާބަޑްއެއް ކަމަށެވެ. އަދި އޭގެ އަގު 19000 ރުޕީސްއަށް އަރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެމޭޒަން މެދުވެރިކޮށް އޭނާ އެ ލޯޝަނަށް އޯޑަރު ކުރިއިރު ބަދަލުގައި އަގު ބޮޑު އެ ހެޑްފޯން ލިބުމުން، އެ ޕެކޭޖް އަނބުރާ ފޮނުވާލުމަށް އޭނާ ވަނީ އެމޭޒަންގެ ކަސްޓަމަރ ކެއާއަށް ގުޅާފައެވެ.

އެހެން ނަމަވެސް އެ މީހުން ބުނީ، އެ ހެޑްފޯން އޭނާގެ އަތުގައި ބޭއްވުމަށެވެ. އެއީ ރީފަންޑް ކުރެވޭ ފަދަ އެއްޗެއް ނޫންކަމަށްވެސް ބުނެފައި ވާ ކަމަށް ބުނި ކަމަށް ގައުޓަމް ޓްވިޓާގައި ބުންޏެވެ.

ގައުޓަމް ޓްވިޓާގައި އޭގެ ފޮޓޯ ހިއްސާކޮށް މިގޮތަށް ބުނުމުން، އެތައް ބަޔަކު ދަނީ މަޖާވެފައި އެ ޕޯސްޓަށް ރިޕްލައި ކުރަމުންނެވެ.

"އެ ލޯޝަން އަދިވެސް ސްޓޮކްގައި އެބަހުރިތަ؟ އަހަރެންނަށް ލިންކް ފޮނުވަދީބަ". އެކަކު ލިޔެފައި ވެއެވެ.

"އަހަރެންނަށް ބޯސް ބްރޭންޑްގެ އެއާބަޑްގެ ބަދަލުގައި ލިބުނީ ލޯޝަން، ހިނގާ ބަދަލު ކޮށަލަން". އިތުރު މީހަކު ލިޔެފައި ވެއެވެ.

މިއީ އާއްމުކޮށް ދިމާވާ ކަމެކެވެ. އޮންލައިންކޮށް އޯޑަރު ކުރާ އެތީގެ ބަދަލުގައި އެހެން އެއްޗެހި އަންނަ ފަހަރު އާދެއެވެ.