ކޮވިޑް-19 އާއި ގުޅިގެން ކުރިން އާއްމު ދިރިއުޅުމުގައި ކޮށްއުޅުނު އެތައް ކަމަކުން މީހުން ވަނީ މަހުރޫމްވެފައެވެ. ބޭރަށް ދިއުމާއި، ރެސްޓޯރެންޓްތަކަށް ގޮސް ކެއުމާއި، ސެލޫންތަކަށް ދިއުމާއި ކުޅިވަރު ކުޅުން ފަދަ އެތައް ކަމެއް މިހާރު ކުރެވޭކަށް ނެތެވެ. މަސައްކަތްކުރުމާއި، ކޮވިޑް-19 ގެ މައުލޫމާތު ހޯދުން ފިޔަވާ އިތުރު ކަމެއް މިހާރު ދިރިއުޅުމުގައި ނެތް ކަހަލައެވެ.

މިހެން ތިބޭ އިރު ރައްޓެހިންނާއި އާއިލާ އާއި ދުރުގައި ތިބި ލޯބިވެރިންނަށް ގުޅުން ކުރިއަށް ވުރެ އިތުރުވެގެންދެއެވެ. އަދި ސްކޫލް ދައުރުގެ ރަހުމަތްތެރިންނާއި ދިމާނުވާތާ ގިނަ ދުވަސް ވެފައިވާ ގާތް މީހުން ކޮބާތޯ ބަލާލުމަކީވެސް ވަރަށް ގިނައިން ކޮށް އުޅޭކަމެކެވެ. އަދި ޓްވިޓަރ އާއި އެ ނޫނަސް މީސްމީޑިއާގެ އެހެނިހެން ވަސީލަތްތަކުން ކޮށްފައިވާ މެސެޖުތަކަށް ޖަވާބުދިނުން މި ދުވަސްކޮޅު އޮންނަނީ އިތުރުވެފައެވެ.

ކުރާނެ މަސައްކަތް މަދުވުމާއި، އެއް މާހައުލެއްގައި ތާށިވެފައި ތިބުމުން ބޭރުގެ ދުނިޔެއާއި ކޮންމެވެސް ވަރަކަށް ގުޅޭ ކަމުގެ އިހުސާސް މިކަންކަމުން ކުރެވެއެވެ. މިހެން ތިބެން ޖެހުމުން ހަޔާތުގައި މުހިންމު ބަދަލެއް ގެނުވާފައިވާ މީހުން މަތިން ވެސް ވަރަށް ބޮޑަށް ހަނދާންވާ ފަހަރު އާދެއެވެ.

މި ސަބަބާއި ހުރެ ކުރީގެ ލޯބިވެރިޔާ އާއި މި ދުވަސްކޮޅު އަލުން ގުޅުމަކީ މި ދުވަސްކޮޅު ވަރަށް ގިނަ މީހުންކޮށް އުޅޭ ކަމެއް ކަމަށް ވެއެވެ. އެއީ ކުރިން ހަޔާތުގައި ވަގުތުތަށް އެއްކޮށް ހޭދަކުރި މީހަކު ކޮބާތޯ ބަލާލުމަކީ ތޮބީއި ގޮތުންވެސް ކޮށްލާން ބޭނުންވާނެ ކަމެކެވެ. ކުރީގެ ލޯބިވެރިޔާ އާއި ރުޅިވީ އެންމެ ރަނގަޅަށް ނޫންކަމުގައި ވިނަމަވެސް ބޮޑު ބަލިމަޑުކަމެއް ދިމާވުމުން އޭނާގެ ހާލަކީ ކޮބާތޯ ބަލާލަން ބޭނުންވާ މީހުން މަދެއް ނޫނެވެ.

މިގޮތަށް ކުރާ މުއާމަލާތްތައް ފެށެނީ ހާލު ބަލާލުމުން ކަމުގައި ވީނަމަވެސް އެ ހިސާބުން ފުރަބަންދުގައި ތިބޭ އިރު އެކަކު އަނެކަކުގެ ހާލު ބަލާލާ އެކަކު އަނެކަކާ ވާހަކަ ދައްކަން މިފަދަ މީހުންނަށް ފަސޭހަވެއެވެ.

މިއީ އާ ކަމެއް ނޫން. އަދި މައްސަލައެއްވެސް ނޫން.

ކުރީގެ ލޯބިވެރިންނާއި ވާހަކަދެއްކުމަކީ އެކުގައި ހޭދަކުރެވުނު ރަނގަޅު ވަގުތުތައް ހަނދާންކޮށްލާ ހިތްހެޔޮ ކުރަން ލިބޭ ރަނގަޅު ފުރުސަތެކެވެ.

ސައިކޮލޮޖިސްޓުން ބުނާގޮތުން ފުރަބަންދު ވުމަކީ ޖަޒުބާތުތައް ކޮންޓްރޯލްކުރަން ވަރަށް ބޮޑަށް އުނދަގޫ ކުރުވާކަމެކެވެ. ކައިރި ކައިރީގައި ޖަޒުބާތުތަކަށް ބޮޑެތި ބަދަލުތަކެއް ފުރަބަންދުވުމުން ކުރުވައެވެ. ބިރުގަތުމާ، ހާސްވުމައި، ކަންބޮޑުވުމާއި އާދަޔާ ޚިލާފަށް ލޮޑުވުން ފަދަ ކަންކަމަކީ އާއްމުކަމެކެވެ.

މިފަދަ ކަންކަންވުމުން މޫޑް ބަދަލުކޮށްލަން ކުރީގެ ކޮންމެވެސް މީހަކާއި ވާހަކަދައްކަން ބޭނުންވާއިރު އެންމެ ފަސޭހައިން ވާހަކަދެއްކޭ އެއްބަޔަކަށް ވަނީ ކުރީގެ ލޯބިވެރިންނެވެ.

ރުޅި އާއި ދެރަވުމާއި، ތަދު އިހުސާސްކުރުމަށް ފަހު ރުޅިވާ މީހުންނާއި އަލުން ގުޅާލުމަކީ ފުރަބަންދުގައި އިހުސާސްކުރެވޭ އެކަނިވެރިކަމަށް ފަހު ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ގިނަ ފަހަރު މި ގުޅުންތައް ފުރަބަންދު އުވާލުމުން އަނެއްކާވެސް ރޫޅިގެންދެއެވެ.

މިފަދަ ހާލަތުގައި ތިމާއަށް މެސެޖް ކުރަނީ ކުރީގެ ލޯބިވެރިޔާކަމަށް ވާނަމަ އެކަން ވެސް ވަރަށް ޕޮޒިޓިވްކޮށް ނަގާށެވެ.

މިއީ ރުޅި އާއި ނަފްރަތު ނައްތާލަން ލިބޭ ފުރުސަތެކެވެ. މީގެ މާނައަކީ ފަހަރެއްގާވެސް އަލުން އޭނާ އާއި ގުޅޭށެކޭ ނޫނެވެ. ކުރިން ދެމީހުން އެކުގައި ނޫޅެން ނިންމީ ކީއްވެގެންކަން އަބަދުވެސް ހަނދާން ބަހައްޓައްޗެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މަހުދީ

  ކުރީގެ ލޯބިވެރިންނާއި ވާހަކަ ދެއްކުމަކީ ދެމެފިރިން ފަސާދަވާކަމެއް. އިސްލާމް ދީނުގައި ހިލޭ އަންހެނުން އެކު އުޅުން ހުއްދަ ކުރާކަމެއް ނޫން. މިއަދު މީހެއްގެ އަންބަކާއި އެކު ވަކި ކޮޓަރީގައި އުޅުން ވެސް އެއީ މާބޮޑުކަމެއް ނޫން. ފެންތައްތަކުން ފެންބޯލުން ކަހަލަ ކަމެއް....

  33
  1
 2. ހައްޤު

  ދެމަފިރިންގެ ދެމެދުގައި އިތުބާރު އޮންނަ ނަމަ، ބޭކާރު އެތައް މައްސަލައެއް ޖެހުމުން ދުރުކޮށްދޭނެ. އެހެންކަމުން، ކައިވެނީގެ ކުރީކޮޅުން ފެށިގެން އެކަކު އަނެކަކުގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަން ވާނެ.

  19
  1
 3. ޢިލްމުގެ ދަރިވަރެއް

  ފުރަބަންދުވުމުގަ އި އެކަހެރިކަން މިންވަރު ކުރެ އްވުމަކީ ވެސް މާތް ﷲ ގެ ރަޚްމަތެ އް. އއެއ އީ މާތް ﷲ ހަނދުމަކުރުމާ އި ޤުރުޢާން ކިޔެވުން އިތުރުކޮށް އެކަލާނގެ ދެ އްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ އަޅުކަންތަ އް ކުރުމާ އި ވަގުތުގެ ބޭނުން ހެޔޮގޮތުގަ އި ހިފުމާ އި ދެ އްކުންތެރިކަމުން އެއ އްކިބާވެ އިހްސާންތެރިކަމުގެ މަޤާމް އިތުރުކުރުމަށް އެކަލާނގެ ދެ އްވި ފުރުސަތެ އް . ދީނުގެ ފަރާތުން
  އެއއ އީ ތިމާމެންގެ މަސްޢޫލި އްޔަތެކޭ ހީކޮށްފި ބަޔަކަށް.

  21
  1