ސޮނީ އިން ގެނެސްދިން މަޝްހޫރުޓީވީ ސީރީޒް ޖެސީ ޖޭސީ ކޮއި ނެހީއިން އާއްމުންގެ މަޤްބޫލްކަން ހޯދި މޯނާ ސިން ކައިވެނިކޮށްފިއެވެ.
އާއްމުކޮށް ޓީވީ ސީރީސްތަކުގައި މަސައްކަތްކުރާ ފަންނާނުންނާއި ޚިލާފަށް އޭނާ ކައިވެނި ކުރި ވަރަށް އާދައިގެ ސާދާ ހަފްލާއެއްގައެވެ. ހުކުރު ދުވަހު ބޭއްވި އެ ކައިވެނީގެ ހަފްލާގެ ފޮޓޯތަކުން މުޅި މީސްމީޑިއާވަނީ މިހާރު ފުރާލާފައެވެ.
އުމުރުން 38 އަހަރުގެ މޯނާ އޭނާގެ ލޯބިވެރިޔާ އާއި ކައިވެނިކުރީ ޕަންޖާބުގެ ސަޤާފަތާއި އެއްގޮތަށް ބޭއްވި ހަފްލާއެއްގައެވެ. އޭނާ ކައިވެނި ކުރީ އިންޑިއާގެ އިންވެސްޓްމެންޓް ބޭންކިންގެ ދާއިރާގައި މަސައްކަތް ކުރާ މީހަކާއެވެ. އޭނާގެ ކައިވެނީގައި ބައިވެރިވީ އާއިލާގެ މީހުންނާއި ގާތް ރަހުމަތްތެރިން އެކަންޏެވެ.
މޯނާ ކައިވެނި ކުރި އިރު އަޅައިގެން ހުރީ އިންޑިއާގައި އާއްމުކޮށް، ކައިވެނިކުރާއިރު އަޅާ ކަހަލަ ރަތް ލެހެނގާއެކެވެ. އަދި އެއާއި އެކު ޖަރީކުރި ރަތް ދުޕައްޓާއެއް ބޮލުގައި އަޅާފައި އޮތެވެ.
މީސްމީޑިއާގައި މޯނާގެ ކައިވެނީގައި ރަހުމަތްތެރިންނާއި އެކު ނަށާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް ފެނިގެންދެއެވެ.
މޯނާ އަކީ އަބަދުވެސް ވަރަށް އާދައިގެ ދިރިއުޅުމަކަށް ލޯބި ކުރި ފަންނާނެކެވެ. އޭނާގެ މޮޅު އެކްޓިން އާއި އެކު އެތައް ބައެއްގެ މަގްބޫލްކަން ހޯދާފައިވީ ނަމަވެސް އަގުބޮޑު ހެދުންތަކާއި އަގުބޮޑު ތަކެއްޗަށް އޭނާ ލޯބި ނުކުރާކަން އަބަދުވެސް މޯނާ ފާހަގަކުރެއެވެ.
އަދި ކައިވެނި ކުރާ އިރު އެހެން ބަޔަކު ހިތްހަމަޖައްސަން އެތައް ބައިވަރު ފައިސާތަކެއް ހޭދަކުރުމަކީ ބޭކާރު ކަމެއްކަމަށާ، ބޭނުންވަނީ ގާތް މީހުންނާއި އެކު ހިތްހަމަޖެހޭ ފަދަ ވަގުތުކޮޅެއް ހޭދަކޮށްލަން ކަމަށް އޭނާ ވަނީ މީގެ ކުރިން ބުނެފައެވެ.
ހާދަ ކުރީގެ ހަބަރެކޭ. މޯނާ ކައިވެނި ކުރީ 27 ޑިސެންބަރު 2019 ގަ. ?
މޯނާ ސިންގ ކައިވެނި ކުރީ މިދިޔަ އަހަރު. ދެން ސާބަސް
ދަރޭ އާއި ހެމާ ކައިވެނި ކޮށްފި