ޗައިނާ ފިރިހެނަކު މީހަކާއި މެދު ހިނގި ދެބަސް ވުމެއްގައި އޭނާގެ ބޮލަށް މަސް ކަނޑާ ބޮޑު ވަޅި އެއް ޖެހުމުން، އެ ވަޅި ބޮލުން ނުނައްޓައި ހިނގާފައި ގޮސް ހޮސްޕިޓަލަށް ވަދެއްޖެއެވެ.

ޗައިނާގެ ސެންޓްރަލް ޕްރޮވިންސުގައި އޮންނަ ޒިނަނިންގް ސިޓީ ގައި ހިނގި މި ހާދިސާގައި މި ފިރިހެން މީހާ ހިނގާފައި ގޮސް އެ ސިޓީގެ ހޮސްޕިޓަލަކަށް ވަނީ އިތުރު މީހަކާއި ވެސް އެކުގައެވެ.

މީސް މީޑިއާގައި އެ މީހާ އެމަޖެންސީ ކޮޓަރި ތެރޭ އިން އެނދެއްގެ މަތީގައި އޮންނަ މަންޒަރު ވައިރަލް ވެފައިވާއިރު، ހޮސްޕިޓަލުން ބުނެފައި ވަނީ އޭނާ ހޮސްޕިޓަލަށް ވަތް އިރުގައިވެސް މޫނުމަތިން ލޭ ގިނަ އަދަދަކަށް ފޭބި ކަމަށެވެ.

އަވަސް ސާޖަރީ އެއް ހަދައި، އޭނާގެ ބޮލުން އެ ވަޅި ނެގުމަށް ފަހު ޑޮކްޓަރުން ބުނެފައި ވަނީ އެ ވަޅި ޖެހީ އޭނާ މަރާލަން ނަމަވެސް، ނަސީބަކުން އޭނާގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ވަޅި ނުޖެހޭ ކަމަށާއި އަދި އަވަހަށް ހޮސްޕިޓަލަށް އައުމުން ވަރަށް ފަސޭހަވި ކަމަށެވެ.

މިފަދަ ހާދިސާ އެއް ހިނގައިގެން އުޅޭކަން ހޮސްޕިޓަލުން ފުލުހުންނަށް އެންގި ނަމަވެސް، ފުލުހުން ބުނެފައި ވަނީ މި މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި، ނަމަވެސް މި މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣަބޭ

    ހަގީގަތަކީ، ވަނުވާ އެނގޭ މީހުން ވީމަ ޖަހާފައި އިން ވަޅި ނުނައްޓާ ހޮސްޕިޓަލަށް އެދިޔައީ، އެހެން ޖަހާފައި ހުންނަ އެއްޗެއް އުފުރާލުމުން ފުރާނަ ސަލާމަތް ކުރެވެން އޮންނަ ފުރުސަތު ސިއްހީ އެހީ ލިބޭތަނަކަށް ދާއިރު އޮންނަނި ކުޑަވެފަ

    52