ޕޮލިޝް ފިލްމް 365 ޑޭސްގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯތަކުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ މައިކެލް މޮރޯން އަކީ ފަހަކަށް އައިސް މުޅި މީސްމީޑިއާއިން އެންމެ ގިނައިން ފެންނަ މޫނެވެ.

އެތައް ބަޔަކު އޭނާގެ ރީތި ކަމުގެ ވާހަކަ ދައްކަމުން ދާއިރު، އެކަންކަމުން މައިކެލް އަށް ލިބެންވާ ހަގީގީ އުފާ ނުލިބެއެވެ. މިއަހަރު ކުރީ ކޮޅު ކައިވެނި ރޫޅުމުން އަދިވެސް އޭނާ ހުރީ ހިތް ނުތަނަވަސްވުމެއްގެ ތެރޭގައެވެ.

މައިކެލްގެ ކައިވެނި ރޫޅުމުން އޭނާ އަށް ވަނީ ޑިޕްރެޝަން އާއި ވެސް ކުރިމަތިލާން ޖެހިފައެވެ.

އޭނާގެ ކައިވެނި ރޫޅުނީ 365 ޑޭސްގެ ޝޫޓިންގެ ކުރިން ކަމަށްވާ އިރު އޭގެ ކުރިން އޭނާ ކުރިއަށް ދާންވީ ގޮތެއް ނޭނގި މާޔޫސްވެގެން ކުޑަ އަވަށެއްގައި އެކަހެރިވެގެން ވެސް ވަގުތުތަކެއް ހޭދަކޮށްފައިވާ ކަން އޭނާ ވަނީ ބުނެފައެވެ.

" އަހަރެން ހުރީ ހިތް ނުތަނަވަސްވެފައި. އަހަރެން ބޭނުންވީ ހުރިހާ ކަމެއް ދޫކޮށްލަން. އެކްޓް ކުރާކަށް ވެސް ބޭނުމެއް ނެތް. އަމިއްލަ ނަފްސަށް އިތުބާރެއް ނެތް. އެއްވެސް މީހަކަށް އަހަރެން ދެން ކަމުގޮސް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަހަރެން އުޅުނީ އެ ދުވަސްކޮޅު ކުޑަ އަވަށެއްގައި ބަގީޗާ ހައްދާ މީހަކަށް. އެ ވެސް ބޯ ހަމަޖައްސާ ލެވޭތޯ ކުރި ކަމެއް،" އޭނާ ބުންޏެެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން މައިކެލް ބުނީ އޭނާ އަދިވެސް ހުރީ ހިތް ކުދި ކުދި ވެފައި ކަމަށެވެ.

36717193_211476032900128_6635662233948913664_n-1591385763351.jpg

މައިކެލްގެ ކުރީގެ އަނބި މީހާ ރޫބާ ސާއިދް އަކީ ޑިޒައިނައެކެެވެ. އޭނާ އަކީ ލެ ޕަރަޑިސް ޑެސް ފޯސްގެ ފައުންޑަވެސްމެއެވެ.

އެއީ ދުނިޔޭގެ އެކި ހިސާބުތަކުން ހުނަރުވެރިން އެއްކޮށް ދައްކާލާ ކުންފުންޏެކެވެ.

އޭނާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޑިޒައިނަ ކަމަށްވާ އެލީ ސާބް އާއި އެކު މަސައްކަތް ކުރާ ފަންނާނެއްވެސް މެއެވެ.

މައިކެލްއަށް ވަނީ 2014، 2017 ވަނަ އަހަރު ދެ ކުދިން ލިބިފައެވެ. މައިކެލް ބުނާ ގޮތުން އެއީ އޭނާ އަށް އެންމެ މުހިންމު މީހުންނެވެ.