މޫދަށް ފައިބާ މީހުންނަށް މިޔަރާއި އެފަދަ އެހެން ތަކެތީގެ ނުރައްކާ ބޮޑުވެފައިވާއިރު، އެކި ބޭނުން ތަކަށް ކޯރަށް ފައިބާ މީހުންނަށް ކިނބުލުގެ ނުރައްކާވެސް ބޮޑެވެ.

އެގޮތުން އިންޑިއާގެ ސިޓީއެއް ކަމަށްވާ ބޮޕަލްގައި ހިނގާދިޔަ ކިނބުލެއް މީހަކަށް ހަމަލާދޭ ހާދިސާއެއްގެ ވާހަކަ މީޑިއާތަކަށް މި ވަނީ ތިލަވެފައެވެ.

އުމުރުން 30 އަހަރުގެ އަމިތް ޖަތަވް އަށް ކިނބުލެއް ހަމަލާ ދީފައިވަނީ އެގައުމުގައި ފޭބުން މަނާ ކޮށްފައިވާ ކޯރަކަށް ފައިބައިގެން އުޅެނިކޮށް ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެހެން ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ އެފަދަ ހާދިސާތަކުގައި އަނިޔާ ލިބޭ މީހުންގެ ކަންކަން ބަލަހައްޓަމުން އަންނަ ހާއްސަ އިދާރާއަކުންނެވެ.

އަމިތް ބުނެފައިވަނީ އޭނާ އާއި އޭނާގެ ރައްޓެއްސެއް ކަމަށްވާ ގަޖެންދްރާ ޔަދަވް ކޯރަށް ގޮސްފައިވަނީ ފުރަބަންދުގައި ގޭގައި ތިބެ ފޫހި ވެގެން ކަމަށެވެ.

އެކަމަކު މިހާރު ނުދެވުނު ނަމަ ހިތަށް އަރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކޯރަށް ފައިބައިގެން ތިއްބާ ކުއްލިއަކަށް ކިނބޫ އައިސް ފަލަމަސްގަނޑުގައި ދަތް އަޅައިގެން އަޑިޔަށް ދަމައިގަތީ، އެވަގުތު އެއްކޮށް ހުރި މީހާ ވިސްނުން ރަނގަޅުކަމުން ގެންގުޅުނު ސެލްފީ ދަނޑިން ކިނބޫގެ ލޮލަށް ޖެހީ" އަމިތް ބުންޏެވެ.

އޭނާ ބުނީ، އެވަގުތު ކިނބޫ ދޫކޮށްލުމުން އަވަސްވެގަތީ އެއްގަމަށް އެރުމަށް ކަމަށާއި ލިބިފައި ހުރި އަނިޔާ ފެނިފައި އޭނާގެ ރަހުމަތްތެރިޔާ ރޮވުނު ކަމަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން ފަލަމަސްގަނޑުން 30 ތަނެއް ފަހާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިއީ އަލަށް އެ ސިޓީގައި ހިނގާދިޔަ ހާދިސާއެއް ނޫނެވެ. 2011 ވަނަ އަހަރު 17 އަހަރުގެ ކުއްޖަކަށްވެސް ކިނބުލެއް ވަނީ ހަމަލާދީފައެވެ. އަދި 2014 ވަނަ އަހަރު 46 އަހަރުގެ މީހަކަށްވެސް ހަމަ މި ކޯރުގައި މަސްބާނަން ހުއްޓާ ކިނބުލެއް ވަނީ ހަމަލާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އަހަރެ މެން މިއުޅެނީ ސަލާ މަތް ނުވެވިގެން...ހުރިހާ ރައްޔިތުންނާ ގައުު މުއެއްކޮށް ކައިހުސްކޮއްފި....ހިޔަޅަކާ ކިނބުލަކާހެދި... ދިވެހި ރައްޔިތިންގެ މިނިކަށިވެސްނެތް..

    35
    4
  2. ހުސޭނުބޭ

    މި ޤައުމު މި އުޅެނީ ކިނބުލެއްގެ ކިބައިން ސަލާމަތްނުވެގެން. މިހާރުވެސް ކޮވިޑް 19 އޭ ކިޔާފައި 900 މިލިއަން ރުފިޔާ ދިރުވާލާފި!

    22
    6
    • ދަންޑަހެލު

      މިނިކާ ވަގު ގައުމު ދަވާލި އިރު ސޭކު ހުސޭނަށް ބައި އަޅާފަ އޮތީތޯ؟

      6
      10
  3. ރައްޔިތު

    އެސޮތުވާ ސަލާމަތް ވެއްޖެތާ..! އަހަރެމެންނަށް ސަލާމަތް ވެވޭނެ ދުވަހެއްވެސް ނޭނގެ..! ޢެކަމަކު މި މަންމަނު ކިނބުލުގެ ކިބައިން އަވަހަށް ސަލާމަތް ކޮށްދެއްވުން ދުޢާ ކޮށްކޮށް މިތިބެނީ..!

    21
    5
  4. ގައުމުގެ ދޫ

    ބައެއްފަހަރު ބައެއް ދިވެހީންގެ ދީންވެރިކަމުންގޮސް އުފަލުން ރޮވޭ، ނަމަވެސް ހަގީގަތް މިފެންނަނީ ކޮމެންޓުތައް ކިޔާލީމާ. މީހުންނަށް ނުގޮވާކަށް އެއްޗެއް ދުލަކަށް ނާދޭ، އެހެންވީމާ ބުނަންޖެހެނީ މުނާފިގުކަން ބޮޑުވީމައޭ ދަތިއުނދަގޫ ގޮތް ދިމާވަނީ! ވިސްނުންހުރި، ތިމާ އެދޭގޮތަށް ކަންކަން ނުވުމަކީ ތިމާފަދަ އަނެކާއަށް ބަދުބަސް ބުނަންޖެހޭ ސަބަބެއް ކަމުގައި ނަހަދާށެވެ.

    13
    1