ދުނިޔޭގެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އިންސްޓްގްރާމަކީ މޮޑެލް ކުރުމުގެ ދާއިރާއާއި މިނޫންވެސް އެހެނިހެން ދާއިރާތަކުން ކުރިއަރަން ބޭނުންވާ މީހުންނަށް އެހެން މީހުންގެ ސަމާލުކަން ހޯދުމަށް މަޝްހޫރުވެފައިވާ މީސް މީޑިއާގެ ޕްލެޓް ފޯމެވެ.

މިގޮތުން ރާއްޖޭގައި ގިނަ މޮޑެލްތައް ބޭނުންކުރާ އެއް ޕްލެޓްފޯމަކީވެސް އެއީއެވެ. މީގެ ތެރެއިން ކައިޒީންއަކީ ރާއްޖޭގެ އަންހެން މޮޑެލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މޮޑެލްއެވެ. އޭނާގެ ރީތިކަމާއި އެއްވަރަށް އިސްތަށިގަނޑާއި، ހަށިގަނޑުގެ ބައްޓަން ރީތިކަމަށް އަބަދުވެސް ވާހަކަދެކެވެއެވެ.

ކައިޒީންގެ ރީތިކަމާއި ހުނަރުވެރިކަމާއި ހިނިތުންވުން ބަލަން ބޭނުންވާ އެތައް ބަޔަކު އެބަތިއްބެވެ. އިންސްޓަގްރަމް އާއި ފޭސްބުކް ފަދަ ތަންތަނުގައި ކައިޒީންގެ އެތައް ފޭނުންނެއް ތިބޭއިރު، އޭނާގެ ހަރަކާތްތަކާއި، ފޮޓޯތަކަށް އަބަދުވެސް ލޯތައް އަމާޒުވެއެވެ.

ދާދި ފަހުން ކައިޒީންގެ އިންސްޓަގްރާމް ފޮލޯވާސްގެ އަދަދު މި ވަނީ އެއްލައްކައަށް އަރާފައެވެ. އެކަން އޭނާ އެ އުޅެނީ ފާހަގަ ކުރާށެވެ.

އެގޮތުން އޭނާގެ އިންސްޓަގްރާމްގައި އޭނާއަށް ފޮލޯ ކުރާ މީހުންގެ އަދަދު އެއްލައްކައަށް އެރުމުންނާއި ކޮވިޑް-19 ގެ ސަބަބުން ދަތިތަކެއް ދިމާވެފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި 3000 އެމެރިކާ ޑޮލަރު ދިނުމަށް ކައިޒީން މި ވަނީ ނިންމާފައެވެ.

https://www.instagram.com/p/CBX0xg4AC5J/

"ހުރިހާ ސަޕޯޓަރުން ވަނީ އަހަރެންނަށް ލިބުނު ކުރިއެރުމަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފައި. އެހެން ކަމުން ކުރިއަށް ގެންދިޔަ ބައެއް ޝޫޓް ތަކުންނާއި މީސްމީޑިއާގެ ބައެއް ހަރަކާތްތަކުން ލިބުނު އެހީ 3 ނަސީބު ވެރިންނަށް ދޭން ނިންމައިފިން" ކައިޒީން ބުނެފައިވެއެވެ.

މި ނަސީބު 3 ބައިވެރިންނަށް ލިބޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ގިވް އަވޭ" ގައި ބައިވެރިވެވޭނީ ކިހިނެއް؟

ކައި ދޭން ނިންމާފައިވާ ހަދިޔާ ބޭނުން ނަމަ، އެންމެ ފުރަތަމަ ކަމަކަށް އޭނާގެ އިންސްޓަގްރަމް ފޮލޯ ކުރަން ޖެހޭނެއެވެ. އަދި ގިވްއަވޭގެ ޕޯސްޓަށް ލައިކް ދިނުމަށް ފަހު، ތިން ރަހްމަތްތެރިއަކު ކޮމެންޓް ސެކްޝަންގައި ޓެގް ކުރަން ޖެހޭނެއެވެ. އެއަށް ފަހު، އަމިއްލަ ސްޓޯރީގައި އެ ޕޯސްޓު ޝެއާ ކުރަން ޖެހޭނެއެވެ.

ކައި ބުނި ގޮތުގައި މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް މިކަން ކުރިއަށް ދާނެއެވެ. އަދި 30 ވަނަ ދުވަހު ނަސީބުވެރިން ހޮވޭނެ ކަމަށް ވަނީ ބުނެފައެވެ. ކައިގެ މި ޕޯސްޓަށް މިހާތަނަށް 3،700 އަށް ވުރެ ގިނަ މީހުން ވަނީ ލައިކް ދީފައެވެ.

ރާއްޖޭގެ މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސެެޑަރުކަން ކޮށްފައިވާ ކައިޒީންއަކީ ރާއްޖޭގެ އެންމެ ނަން ހިނގާ އަންހެން މޮޑެލްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ގަމަރު

    ލައިކު ގިނަކުރުމަށާއި ފޮލޯވާ ގިނަކުރުމައް ކުރާކަމެއް ތީ މި ހާރަކައް އައިސް ރާއްޖެ މީހުން

    112
    2
  2. ?

    މަ 3000 ޑޮލަރު ހޯދަފާނަން އަމިއްލަ އަށް ބުރަމަސައްކަތް ކޮށްގެންވެސް. އޮރިޔާން ނިވާނުވާ މީހަކު ދޭ 3000 ޑޮލަރު ބޭނުން ކޮށްގެން ކަވަޅަށް ގޮސް ހަރާން ލާރި ކެމުން ލިބޭ އަޒާބު ހޯދާކަށް ބޭނުމޭއްވެސް ނޫން. ތި ރީތީކަން ދެއްކިދާނެ. އެކަމް ދޭނެޖަވާބެއް ދުލަކު ނޯންނާނެ. ގިޔާމަތްދުވަހުން. ދެން މީހުންގެ ފިރިނާ އެހެނިހެން ފިރިހެނުންގެ ލޮލަށް ފާފަ ކުރެވޭ ގޮތްމަދީދޯ.

    197
    5
  3. މަރިޔަމް

    ނަމާދުކުރަމޭ ކިޔާއަޑުއެހިން.އެކަމު އެހެރީ ލައިގެން ހުރި ހެދުން.ކޮންދީނަކުތަ މިގޮތަށް ހެދުން ލައިގެން އައުރަ ނިވާނުކޮށް އުޅެން އަންގަވާފައި އޮތީ.ހަމަ ގައިމުވެސް އިސްލާމްދީނަކުނޯވޭ.މާތްﷲ މިމަންޖެއަށް ހެޔޮމަގު ދައްކަވާންދޭވެ.

    182
    2
  4. ހެޔޮބަސް

    ގިނަބަޔަކު މީހަކު ފޮލޯ ކުރުމަކީ އެމީހަކު ހައްޤުގެ މަގުގައިހުރި ކަމުގެ ދަލީލެއް ނޫނެވެ. އެހެނީ އިބްލީސް ފޮލޯކުރާ މީހުންގެ އަދަދު މާގިނައެވެ.

    132
    1
  5. މާމިގިލީ މީހާ

    މީ މަކަރު ހަދައިގެން ލާރި ހޯދާ ނައިފަރު ގޮއްޔެ.

    101
    4
  6. އަދުގެ ހާލަތު

    ހިތަށް އަރާ މަރުވީމަ އެންމެ ފުރަތަމަވެސް ސުވާލު ކުރެވޭނީ އައުރަ ނިވާނުކޮށް ނަގާފަ ހުރި ފޮޓޯ ތަކަށް ލައިކް ލިބުނީ ކިހަާ ވަރަކަށްތޯ އަދި އެ ކިތަށް ފޮލޯވަރުންތޯ ލިބުނީ

    115
    3
  7. ޛޖ

    ކައިއައް އެއްލަކަ ފޮލަވަސް ލިބުންތަ މިހަރު މަހެއްވަރު ވެއްޖެ އަދި ވެސް އިބަ އުޅެ ފޮލަވަސް ގިނަ ކުރަން ތަފަތުުު ގިވްއަވެ އިންސުޓަގުރަމުން ދެން އުޅެދިވެހިން އެމިހުން އުޅެނި ފޮލަވަސް އިތުރުު ކިރަން

    41
    3
  8. hus.......

    Thy saithonaage makaruveri reevunthah...hurihaa akhun naai ukhuthun thikamuh salaamai veeeeeee.......nivaanuvehuri anhenehge vasvaahuga nujeheeee......

    61
    1
  9. ނަޒް

    މީނާ ފުލުހުންނާ ޙަވާލު ކުރަންފެނޭ ކޮންވައްތަރަކަށް ހެދުން އަޅާގެން އެހެރީ

    94
    1
  10. އަރީ

    އާޙިރަތް ވިއްކާފަ ދުނިޔެ ގަންނަ މީހުންގެ ތެރެއިން ނުވަމާތޯ!

    93
    1
    • ގަމަރު

      Thiyah vure rangalhu vaane oriyaamun photo ah huttas..keehkuran laa hedhumeh...Miadhu kithamme oriyaanun ulhunas kithamme meehehge kurimathy thimaage oriyaan kan faalhu kuriyas maadhamaa dhaan oii thanuge azaab boduvaane.visnaalaa bayakah mee iburatheh vaguthu faaithuvumuge kurin thimaa emme faharaku ves visnaalabala..dhuniye mee vaguthee ufaleh ...miadhu heyo amalukohgen maadhan dhaan oii thanuge ufaa maa boduvaane..eyee dhaaimah vaathaneh...laari aky aharunnah ehves ehcheh nun.....miadhu maruviyas thiyakun kureveyne faidhaa eh noanaane..

      46
      1
  11. ނަދާ

    ތިމާގެ އޮރިޔާން ދައްކައިގެން ފޮލޯވާސް ގިނަ ކުރުމަކީ ދެން ހާދަ މޮޅުކަމެކޭދޯ. ވާވާ

    84
    1
  12. ގަމަރު

    Thiyah vure rangalhu vaane oriyaamun photo ah huttas..keehkuran laa hedhumeh...Miadhu kithamme oriyaanun ulhunas kithamme meehehge kurimathy thimaage oriyaan kan faalhu kuriyas maadhamaa dhaan oii thanuge azaab boduvaane.visnaalaa bayakah mee iburatheh vaguthu faaithuvumuge kurin thimaa emme faharaku ves visnaalabala..dhuniye mee vaguthee ufaleh ...miadhu heyo amalukohgen maadhan dhaan oii thanuge ufaa maa boduvaane..eyee dhaaimah vaathaneh...laari aky aharunnah ehves ehcheh nun.....miadhu maruviyas thiyakun kureveyne faidhaa eh noanaane..

    32
    1
  13. މުހަންމަދު

    ހާދަ ހަޔާތްވެސް ކުޑައޭ..

    78
    3
    • ދުރޫސުލްއަހްލާގު

      ލަދުން ބޯހަލާކު؟ ކިތައްމެއް ރީއްޗަސް، ހެޔޮލަފާ ސޯލިހު ފިރިހެނަކު ހަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި ތިކަހަލަ އަންހެނަކު ހިލޭ ލިބުނަސް ބޭނުންނުވާނެކަން ޔަޤީން.

      83
      1
  14. އަމީދު

    ކައި ބޭނުމީ ނަރަކަޔައް ދާން.. އެހެންނުން.

    67
    1
  15. ަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެ އަހާ

    kiyaa ehcheh mikiyany aharen islaahuvefa .adhi aharen dheyn beynunvaa naseyhatheh dheynan.aharen heekuran zayaan ves islaahu vaanekamah..meeheunge kurimathy thimaage aura kashf kuraane kamah. Adhi salih anhenehge gothugaa dhuniyemathy ulhumah..dhekkun therikan nudhekkumah..muskulhi vumuge kurin zuvaan kamuge faidhaa heyo gothugaa libiganaasheve..

    28
    1
  16. ޝަމީން

    މީނާ ޕުރޮމޯޓު ކުރާ ބަޔަކައްވެސް ލައުނަތް ހުރި..

    78
    1
  17. އަހްމަދު

    ތިޔައްވުރެބަރަހަނާކަންބޮޑެތިހެދުންއަޅާނަމަ އަދިވެސްފޭނުންއިތުރުވާނެ ވިޔަފާރިވެރިންގެ ލޯތައްވެސް އެދިމާއަކަށްހުއްޓޭނެ

    67
    1
  18. އަހްމަދު

    ތިޔައްވުރެބަރަހަނާކަންބޮޑެތިހެދުންއަޅާނަމަ އަދިވެސްފޭނުންއިތުރުވާނެ ވިޔަފާރިވެރިންގެ ލޯތައްވެސް އެދިމާއަކަށްހުއްޓޭނެ
    މަތިންހާސްޑޮލަރުދީފާނަން މާދަމާވެސް ބުރުގާއަޅާފަ ތިޔަހަށިގަނޑުގެބައްޓަން ނުފެންނަކަހަލަ ހެދުންއަޅަންފަށާ

    54
    1
    • ޝާ

      ނިވާވާން ބޭނުން މީހަކަށް ދިނިއްޔާ މާ ރަނގަޅުވާނެ....އަހަރެން ހިޖާބު ލާން އުޅޭތާ ކިތަންމެ އަހަރެއް...ބޯނިވާކޮށްލަން ކުޑަކުޑަ ޝޯލްއެއް ގަނެވެނީވެސް ކިރިޔަކިރިޔާ ...

      7
      1
  19. މަހުދީ

    ހިތައް އަރާ ކައިޒީންގެ ވަޒީފާއަކީ ކޮބާތޯ؟ މުސާރަށް ލިބެނީ ކިހާވަރެއްތޯ؟ އަހަރެން މިއުޅެނީ މީހަކަށް ދޭނެ 500 ރުފިޔާ ވެސް ނުލިބިގެން އުޅޭއިރު މިފަދަ ދަތިދުވަސްވަރެއްގައި ކައިޒީންގެ އިސްޓޯގްރާމް ފޮލޯކޮށްލައިގެން 3000 ޑޮލަރު ދޭން ބުނިއިރު، މިއީ ކޮންތަނަކުން ހޯދާ ފައިސާއެއްބާ؟ މީހެއްގެ ރީތިކަމަކީ ބައެއް ފަހަރު އެމީހެއްގެ ހަލާކު؟ މާދަމާ ވެސް މަރުވެދާނެ....ރީތިކަމަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫން. ތިމާގެ ރީތި ކަމާމެދު ފަހުވެރިވެ ބޮޑާވުން އެއީ އެންމެއް ރަގަޅުކަމެއް ނޫން؟ ތިހިރަށް ރީތިކަން މަރުވުމަށް ފަހު ބިމުގެ ވެއްޔަށް ވެދާނެ....ދެދުނިޔޭގެ ނަސީބުވެރިޔަކަށް ވުމަށް ޤަދައަޅާ މަސައްކަތް ކުރުން މުހިއްމު. މުސްލިމެކޭ ހަމަ ދުލުން ބުނެލިޔަސް ނިމުނީއެއް ނޫން. އަމަލުން ފެނުން ވެސް ވަރަށް މުހިއްމު.

    94
    1
  20. އަހްމާ

    މީސަތައިން ސަތަށް މުސްލިމް ގައުމެއްކޯ ކޮބައިތަށް މީނާގެ މައިންބފައި މީނާގެ ރީތިކަން ދައްކައިގެން މީނާގެ މައިންބަފައަން ގޮވައިގެން މީނަ މިއުޅެނާ ނަރަކައަށްދާންތަ މަންޖެ އަވަހަށް އެއްއަނދަވަޅުން ސަލާމަތްވޭ އިސްލާމުންގެ ރީތި ހެދުންއަޅާ ތިމާއާތިމާގެމައިންބަފައިން ނަރަކައިގެ އަދަވަޅުން ސަލާމަތްކުރޭ އެމެހެޔޮ ދަރިއަކީއެއީ ﷲއަށް ބިރުވެތިވޭ

    69
    1
  21. ތުކައްޒިބާން

    އަންހެންމީހާގެ އައުރަ އަކީ އެއީ ނިވާ ކުރަން ޖެހޭނެ އެއްޗެކޭ އަންހެން މީހާ އުފައްދަވާފައިވަނީ ފިރިހެންމީހާގެ އަރިކަށީގެކަށި ކޮޅަކުންނޭ އެއީ އެއްގޮތަކަށް ވެސް އެެމެންގެ ހަށިގަނޑު ގެ ބަރަހަނާ މިންގަނޑު އާންމުކޮށް ފެންނާނެ އުސޫލުން އިޝްތިހާރު ކުރަން ހުއްދަ ކުރާ ކަންކަމެއް ނޫނޭ މިކަމަށް ތަމެން ކައި އިންކާރުނުކުރާށޭ ތިޔާ ސްޕޮންސަރުން ވެސް އަދި ފައިސާ ވެސް އެއީ ތަމެން މިކަމަށް އިންކާރުކުރާނަމަ ހުއްޓިގެން ހިނގައިދާނެ އެއްޗިއްސޭ ތަމެން މިކަމަށް އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ...

    25
    1
  22. ޢިލްމުގެ ދަރިވަރެއް

    ޝަޔާޠީނުލް އިންސީންގެ ކިބައިން ސަލާމަތްވެ ތިބުމަ ކީ އަހަރުމެން މުސްލިމުންގެ ފަރުދީ ދީނީ ވާޖިބެ ކެވެ. ޝައިޠާނާ އަހަރުމެން އިންސާނުން ޢަދުުއްވެއްގެ ގޮތުގައި ބެލިފަދައިން އަހަރުމެން ވެސް އެސޮރު ޢަދުއްވެއްގެ ގޮތު ގައި ބަލައިގެން ނެވެ.
    މުސްލިމުން ފޮލޯ ކޮއް ތަބަޢަވާންވީ ﷲ އާއި އެ ކަލާނގެ ރަސޫލާ ގެ މަގަށެވެ. ޝައިޠާނާގެ ފިޔަވަޅު ތަ ކަކަ ކަށް ނޫނެވެ.
    ފޮލޯވަރުން ގިނަ ކުރެވޭތޯ ބަލަންވީ އުޑުތަ ކުގައި ވާ އެތައް ބިލިޔަން މަލާއި ކަތް ބޭ ކަލުންނާއި ދީނުގެ މަގުގައި ޘާބިތުވެ ތިބި ހެޔޮލަފާ ސާލިހު އަޅުންގެ ފަރާތުންނެވެ.
    ތިމާގެ ގޮތް ނުވެސް ދަންނަ ހައްޤުގެ މަގު ނުފެންނަ ހައްޤު ގެ އަޑު ނުއިވޭ އޮރިޔާން ނިވައު ނު ކުރާ ލަދު ހަޔާތް ކުޑަ ދުނިޔެ ގަނެގެން އުޅޭ ޝަޔާޠީނުލް އިންސީގެ ފަރާތަ ކުން ނޫނެވެ.
    ވައްސަލާމް.

    26
    1
  23. ޝައިމް

    އޭ މިހުރަ ނާއެވެ.. ނަރަކައިގެ އަލިފާނައް އެދެނީތޯއެވެ.

    33
    1
  24. އައިޝާ

    ހެދުން ލައިގެން އޮރިޔާމާ، ސުވަރު ގޭގެ ވަސް ވެސް ނުލިބޭނެ ކަމަށް ވަނީ ... މީނަގެ މައިން ބަފައިން ނަށް ހެޔޮތަ ހަމަ؟ނޫނީ މީނަ އަށް ހެވެއް އެދޭނެ މީހެއް ވެސް ނެތީތަ ހަމަ؟؟؟

    40
    2
  25. ތުކައްޒިބާން

    ވިދާހާ އެއްޗަކީ ރަނެެއް ނޫނޭ އިންކާރުކުރަނީތޭ..

    35
    1
    • ޔުމް

      ކިތަންމެ ވަރަކަށް ކޮމެންޓު ތަކަށް ? ދިނަސް ހަރާމް ހަލާލެއް ނުވާނެ.އަދި އެހުރީ އޮރިޔާމާ ނޫން ކަމަކަށް ވެސް ނުވާނެ.ހަޖަމްްްްްްްް...?

      15
      2
  26. ނަޖީ

    ކައި ފުރެންޑުންނަށް މިގޮތަށް އޮރިޔާމާ ނުހުރުމަށް ނަސޭހަތް ދިންނަމަ މާ ތާހިރުވީސް. މީނަ އަޅެ ބިރެއްވެސް ނުގަނޭ ދޯ މަރަކަށް

    24
    1
  27. ނަސީމް އެމް އާރު

    ކަލޭ ތީ 3 އިރު ކާނެ ފަދަ ނެށް މީހެށް. ކަލޭ ކިހިނެށް މީހަކަށް 50ރުފިޔާ ވެސް ދެނީ. ކަލޭ ތީ ކާކު. ކަލޭގެ މައިން ބަފައިން ކަލެ އާ މެދު ހިތާމަ ކުރާނެ.

    15
    1
  28. ފާތުން

    ތި ލާރިތައްް ގިނަ ކޮއްގެން ކަލޭ ހައްޖަ ދޭބަލަ.ނަރަކަ އިން ސަލާމައް ވާން.ތި ލާރި ހޯ ދަން ޝައުގު ވެރިކަމެއް ނެތް.

    12
    1
  29. ހިހުސް

    މީނަމީ ބަލާލަންވެސް ރީތިކަމެން ހުރިމީޙެޢް ނޫން

    12
    1
  30. ޙަހަހަ

    އަސްލު ރީތި މީހެއް ނޫން ތީކީ ލޮލް..... ހުސް މޭކަޕް.... ދެއްކުން ތެރިކަން ހުސް