އިންޑިއާގައި އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުންދިޔަ އެކްޓަރ ސުޝަންތް ސިންގ ރާޖްޕުޓް އަމިއްލައަށް މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ މުމްބާއީ މުންޑްރާގައި އޭނާ ދިރިއުޅެމުންދާ ގޭގައި ކަަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެފައި ވެއެވެ. އޭނާ އަމިއްލައަށް މަރުވެއްޖެކަން އޭނާގެ ރެޕްރެޒެންޓޭޓިވް ވަނީ އިންޑިއާގެ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ދަ ކައި ޕޯ ޗީގެ އެކްޓަރ ސުޝަންތް މަރުވިއިރު، އޭނާގެ އުމުރަކީ 34 އަހަރެވެ. އޭނާ މަރުވީ ދަން ޖެހިގެންނެވެ.

އޭނާ އަމިއްލައަށް މަރުވެއްޖެކަމަށް ބޮލީވުޑްގެ ތަރިންނަށް ވަނީ ގަބޫލު ނުކުރެވިފައެވެ. އެ ހަބަރުންގިނަބަޔަކަށް ބޮޑު ހައިރާންކަމެއް ވަނީ ލިބިފައެވެ.

މަރުވެފައި އޮއްވާ ފެނުނު ސުޝަންތް

އޭނާގެ ކުރީގެ މެނޭޖަރ ޑިޝާ ސަލިއަން އަމިއްލައަށް މަރުވެފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެކަމާއި ވަރަށް ބޮޑަށް ހައިރާންކަން ލިބިފައިވާކަމަށް ބުނެ ސުޝަންތް ޓްވީޓްވެސް ކޮށްފައި ވެއެވެ.

ޝުޝަންތް ފުރަތަަމަ ފެނިގެން ގޮސްފައި ވަނީ ޕަވިތްރާ ރިޝްތާރިންނެވެ. އޭނާގެ ފުރަތަމަ ފިލްމަކީ ކައި ޕޯ ޗެ އެެވެ. އޭގެ ފަހުން ފިލްމް ޕީކޭ އިންނާއި. ޝުދް ޑޭސީ ރޮމޭންސް، އަދި އެމްއެސް ދޯނީ: ދަ އަންޓޯލްޑް ޖާނީން ފެނިގެން ގޮސްފައި ވެއެވެ.

އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ނެޓްފްލިކްސްގެ ފިލްމް ޑްރައިވް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީހާ

    މީހަކު އޭނަ މަރާލާފަ އެ ގޮތަށް ދައްކަވެސް ފާނެ. މީ ފާޑެއްގެ ދުނިޔެ އެއް.

    63
    2
    • ކކ

      ޓްރޫ

      15
    • ޣގ

      އޭނާ އަމިއްލައަށް މަރުވީ ކަމަށްވެސް ވެދާނެ.... މީ ފާޑެއްގެ ދުނިޔެ އެއް.

      23
      2