ބޮލީވުޑްގެ ބަތަލް ސުޝާންތް ސިންގް ރާޖްޕުތް ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ މުމްބާއި އެޕާޓްމެންޓުންނެވެ. ފުލުުހުން އެ މައްސަލަ ތަހުގީގުކުރާއިރު ފުލުހުންނަށް އޭނާ މަރުވި ސަބަބު ހާމަކޮށް ލިޔެފައިވާ އެއްވެސް ލިޔުމެއް ނުވަތަ މެސެޖެއް މިހާތަނަށް ނުލިބެއެވެ.

ސުޝާންތް ސިންގ ރާޖްޕުތް އަކީ ޓީވީ ސީރީޒްތަކުން އޭނާގެ ކެރިއަރ ފެށި ފަންނާނެކެވެ. އޭނާ އެންމެ ބޮޑަށް އާއްމުންގެ ހިތްތައް ދަމައިގަތީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކަންޑޭ އާއި އެކު ފެނިގެން ދިޔަ ޑްރާމާ ސީރީޒް "ޕަވިތްރަ ރީޝްތާ"އިންނެވެ. ސުޝާންތްއަކީ އޭރުވެސް އޭނާގެ ރީތިކަމާއި ބޭރު ފުށުގެ ސޫރައަށް ވުރެ ބޮޑަށް އޭނާގެ ހިތްހެޔޮ މިޒާޖާއި މޮޅު އެކްޓިންގެ ސަބަބުން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދި މީހެކެވެ.

ޒީޓީވީއިން ގެނެސްދިން ޕަވިތްރަ ރިޝްތާއިން އެތައް ބައެއްގެ ލޯބި ހޯދި ސުޝާންތް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ހިންދީ ފިލްމަކީ އަބިޝޭކް ކަޕޫރްގެ "ކައިޕޯޗޭ"އެވެ. އެ ފިލްމާއި އެކު އޭނާ ވަނީ ފިލްމް ފެއަރ އެވަރޑްގެ އެންމެ މޮޅު ފިރިހެން އެކްޓަރ (ޑެބިއު)ގެ ރޯލަށް ނޮމިނޭޓްވެފައެވެ. އެހާހިސާބުން ފެށިގެން އޭނާގެ ފިލްމީ ކެރިއާ ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ކުރިއަށެވެ.

އެމްއެސް ދޯނީ އާއި، ޗިޗޯރޭ ފަދަ ކާމިޔާބު ފިލްމްތައް އާއްމުންނާއި ހަމައަށް ގެންސްދިން ސުޝާންތްގެ ފްލޮޕް ފިލްމްތައް ވެސް ކޮންމެވެސް ވަރަކަށް ހުއްޓެވެ. އޭގެ ތެރޭގައި ރާބްތާ އާއި، ޑިޓެކްޓިވް ބޮމްކޭޝް ބަކްޝީ ހިމެނެއެވެ. އެހެންނަމަވެސް އޭނާ އަށް ބޮލީވުޑްގެ އެތައް ހުށަހެޅުމެއް ލިބި އޭނާ އައީ ބޮލީވުޑްގައި އަލިގަދަކޮށް ފިޔަޖަހަމުންނެވެ. އަދި މި ޖީލުގެ އެންމެ ކުޅަދާނަ އެއް އެކްޓަރުގެ ގޮތުގައި ކްރިޓިކްސް އިންވެސް އައީ އޭނާ ފާހަގަކުރަމުންނެވެ.

ސުޝާންތް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ

އެހެންނަމަވެސް އަނެއް ފަޅިން ބަލާލާއިރު ސުޝާންތް ސިންގގެ ޒާތީ ދިރިއުޅުން މާކަ ކާމިޔާބު ކަމަކަށް ބުނެވޭކަށް ނެތެވެ. އެތައް ދުވަހެއް ވަންދެން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންކިތާ ލޮކަންޑޭ އާއި އޭނާގެ ގުޅުން ކެނޑުނު އިރު، އަންކިތާ ޝުޝާންތްގެ ޝޫޓިންއަކަށް ގޮސް އޭނާގެ ގައިގައި ޖެހި ވާހަކައަކީ އިންޑިއާގެ މީޑިއާގެ ފަލަ ސުރުހީއަށް ވެސް އެރި ވާހަކަތަކެކެވެ. އަދި އެ ދެތަރިންގެ ރުޅިވުމާއި، އަލުން ރައްޓެހިވުމުގެ ކުޅިވަރަކީވެސް އާ ކުޅިވަރެއް ނޫނެވެ.

އެހެންނަމަވެސް އެ ދެ މީހުންގެ ގުޅުން އެއްކޮށް ކެނޑިފައިވާތާ މިހާރު ވަނީ އަހަރުތަކެއް ވެފައެވެ. 6 އަހަރުވަންދެން އެކުގައި އުޅުމަށް ފަހު އެ ދެ މީހުން ވަކިވީ 2016އިގައެވެ. އޭރު އެ ދެ މީހުންގެ ކައިވެނީގެ ގިނަ ކަންކަން ހުރީ ހަމަޖެހިފައެވެ. އެހެންނަމަވެސް ވަކިވާން ނިންމި ސަބަބެއް އެ ދެ މީހުން ވެސް ބަޔާންކޮށްފައެއް ނުވެއެވެ.

އޭގެ ފަހުން އޭނާ ފިލްމީ ތަރި ރިއާ ޗަކްރޮބަތީ އާއި ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރުނު ނަމަވެސް އެ ދެތަރިން އެކަން ޔަޤީންކޮށެއް ނުދެއެވެ.

އެކަމަކު އެކުގައި ދަތުރު ދިއުމާއި އެކުގައި ކަސްރަތު ކުރުން ފަދަ ކަންކަން ކުރާ މަންޒަރު ފެންނަ އެތައް ވީޑިއޯއަކާއި ފޮޓޯއެއް އެ ދެ ތަރިންވެސް ވަނީ މީސްމީޑިއާގައި އާއްމުކޮށްފައެވެ.

ސުޝާންތް އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާކަމަށް ބުނާ ރިޔާ

ދެން ސުވާލަކީ ސުޝާންތް އަމިއްލައަށް މަރުވާ ހިސާބަށް ދިޔައީ ކީއްވެގެންތޯއެވެ. އަބަދުވެސް ސާދާ ހިނިތުން ވުމަކާއި އެކު ފެނުނު ސުޝާންތް އެންމެ ފަހުން ކުޅުނު އެއް ފިލްމްކަމަށްވާ ޗިޗޯރޭ އަކީ ޑިޕްރެޝަން އާއި މެދު ހޭލުންތެރިކުރުވާ ފިލްމެކެވެ.

އޭނާ ވަނީ އެ ފިލްމްގެ ޕްރޮމޯޝަންގެ ތެރޭގައި އޭނާ އާއި އެ ފިލްމާއި ވަރަށް ގާތް ގުޅުންތަކެއް ހުރިކަން ހާމަކޮށްފައެވެ. އަދި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ އައީ ޑިޕްރެޝަން އަށް ބޭސްކުރަމުންނެވެ.

https://www.instagram.com/p/CA-S3cIDWOx/?utm_source=ig_embed

ސުޝާންތްގެ މަރަށް ފަހު އެންމެ ބޮޑެތި ސުވާލުތަކެއް އުފެދުނީ އޭނާގެ އެންމެ ފަހުގެ އިންސްޓަގްރާމް ޕޯސްޓާއި މެދުގައެވެ.

ސުޝާންތް މަރުވެފައި އޮތްތަނުން އެއްވެސް ނޯޓެއް ނުފެންނަ އިރު، އެ އިންސްޓަރގްރާމް ޕޯސްޓަކީ ސުޝާންތް އޭނާގެ މަރަށް އިޝާރާތްކޮށް ކުރި ޕޯސްޓެއްކަމަށް އެތައް ބަޔަކު ދަނީ ލަފާކުރަމުންނެވެ.

އެ ޕޯސްޓްގައި ވަނީ މާޒީގެ ހަނދާންތައް ފުސްވެފައި، ކަރުނައިގެ ސިފައިގައި އަންނަ ކަމަށެވެ. އަދި ހިނިތުންވުމާއި، ހުވަފެންތައް ހާސިލްކުރަން ބޭނުންވާވުން ނިމުމަކަށް ނާންނަ ކަމަށެވެ. އަދި ހަޔާތަކީ ކުރުއެއްޗެއް ކަމަށް އޭނާ ސިފަކޮށްފައިވެއެވެ.

ހުވަފެންތަކާއި މާޒީ އާއި މެދު އޭނާ ގޮތް ނިންމާކަމަށް އެ ޕޯސްޓްގައިވެއެވެ.

އެހެންކަމުން ސުޝާންތްގެ ފަހު ދުވަސްތައް ހޭދަކުރީ ހިތްދަތިކޮށްކަން އެ ޕޯސްޓުން އެނގެއެވެ.

ސުޝާންތްގެ ގާތް ރަހުމަތްތެރި އެއް ކަމަށްވާ އޭނާގެ ކުރީގެ މެނޭޖަރ ދިޝާ ސަލިއަންވެސް ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަމިއްލައަށް މަރުވެފައެވެ.

އަދި އޭނާ މަރުވުމަށް ފަހު އޭނާ ދިޔައީ ޑިޕްރެޝަން އާއި ހަނގުރާމަކުރަމުން ކަން އޭނާގެ ގާތް އެކުވެރިންވެސް ދަނީ ފާހަގަކުރަމުންނެވެ.

އަދި ޑިޕްރެޝަންގެ ސީރިއަސްކަން އަންގާ ދިނުމަށް ކުރާ ޕޯސްޓްތައް ވެސް ވަނީ އޭނާގެ މަރާއި ގުޅިގެން ގިނަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙޖ

    ޙުރިހަ ބެފުޅުން ވެސް ޑިޕްރެސަން ވަނަމަ ސައިކޮސޯޝަލް ސަޕޮޓް ހޮދަވަ ގިނަގިނައިން ހެޔޮއަމަލް ކުރައްވަ

    90
    2
  2. ދެރަވޭ

    ދެން ނޯ......ހީ ވޯޒް ވަން އޮފް މައި ފެވަރިޓް އެ ކްޓަރ....ވަރަށް ދެރަ..

    65
    4
  3. އައިންތު

    ވަރަށް ހިތާމަވެރި ހަބަރެއް ވަރަށް ދެރަވެއްޖެ ????

    14
    24
    • ސައިންތު

      އައިންތު ހަމަ ތަ

      17
      2
  4. Anonymous

    ބުނެލަން ، އަމިއްލައަށް މަރުވުމަކީ ރަނގަޅު ކަމެއް ނޫން ކިތައްމެ ވަރަކަށް ޑިޕްރެސް ވިޔަކަސް. އެއީ މަރުވުމަށް ފަހު ކަޑައްތު ކުރަން ޖެހެނީ މި ދުނިޔޭގެ މައްސަލަ ތަކަށް ވުރެ މާ އުނދަގޫ މަރުހަލާތަކަކާ. އަމިއްލައަށް މަރުވާން ހިތަށް އަރާނަމަ ލަސްނުކޮށް ނަފްސާނީ އެހީތެރިކަން ހޯދާ. އަދި ހެޔޮ އަމަލު ގިނަ ކުރޭ.

    54
    2
  5. ޚިހުހު

    ލަވް އޮންލީ ކިލްސް

    6
    2
  6. ށސސސސސ

    سبحان الله!! ?

    "މިޔުޒިކް ކުޅޭތަން ނޫނީ ވަރުގަދައަށް ނަށާ ޓިކްޓޮކެއް ޝެއާ ކޮށްފަ "ماشاء الله "...
    ހަރުބީ ކާފަރު ފިލްމުސްޓާރަކު މަރުވިވާހަކަ ޝެއާރ ކޮށްފަ
    "ރެސްޓް އިން ޕީސް" ނޫނީ " إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ" ނޫނީ "ފާފަ ފުއްސަވާ ސުވަރުގެ ދެއްވުމަށް ދުޢާކޮށްފަ".

    ﷲ ތަޢާލާއަށް އުރެދުންވާ ޙާލުގައި ނިމިގެން ދިޔަ މީހަކަށް މަރުވުމަށްފަހު ފުރާނަ އޮންނަ ޢާލަމުގައި ހަމަހިމޭންކަން އެދެމޭ ބުނުމުގެ ބަދަލުގައި އެފަދަ މީހަކަށް ލިބޭނެ ޢަޛާބާމެދު ކަންބޮޑުވެ ބިރުވެތިވުން ހުއްޓެވެ. އެފަދަ މީހަކީ ކަށްވަޅުގަޔާއި ނަރަކައިގެ ޢަޛާބަށް ހުށަހެޅިފައިވާ މީހެކެވެ.

    ﷲ ތަޢާލާ ވަޙީކުރައްވަނީ:
    مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُواْ أَن يَسْتَغْفِرُواْ لِلْمُشْرِكِينَ وَلَوْ كَانُواْ أُوْلِي قُرْبَى مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ (9:113)
    "ނަބިއްޔާއަކަށްވެސް، އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެސްމެއެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ އަހުލުވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ".

    އުންމަތުގެ މާތް އިންސާނާއަށްވެސް ﷲ ތަޢާލާ ވަނީ އެކަން މަނާކުރައްވާފައެވެ. ދެން ކިހިނެއްތޯ އިސްލާމްދީން ނޫން އެހެން ދީނެއްގެ މަތީގައިހުރެ ނިމިގެންދިޔަ މީހަކު މަރުވުމަށްފަހު (ބަރުޒަޚުގައި/ ކަށްވަޅުގައި) ހަމަހިމޭންކަންމަތީ އޮންނާނީ. ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުތަކުން ވަރަށް ސާފެވެ، މުސްލިމުންނަށް ކާފަރުކަންމަތީގައި ނިމިގެންދިޔަ ބައެއްގެ މައްޗަށް ރަޙުމަތް ލެއްވުމަށް އެދުން އެއީ ޙަރާމްކަމެކެވެ..!☝️

    ދަންނާށެވެ. ޝަހުވަތުގެ އަހުލުވެރިން (ފިލްމީ ތަރިން، މޮޑެލްކުރާ މީހުން، މިޔުޒިކް ކުޅޭ މީހުން ނުވަތަ ލަވަކިއުންތެރިން) ހިންދެމި ނުލާނެއެވެ. އެހެންމީހުން އެބައިމީހުންނާއި އެއްފަދަ ވެއްޖައުމަށް ދާންދެނެވެ! ☝️?

    استغفر الله!!?

    31
    3
  7. ޖާޒީރާ ބޯއީ

    ތިބާ ހެއްދެވިފަރާތާ ދުރުވެވޭވަރަކަށް ތިޔަބުނާ ހުރިހާ ޕްރެޝަރ ތަކެއް ތިބާޔާ ގާތްވާނެ.

    21
    2
  8. އާ އިޝާ

    އެންޓަޓެއިމެންޓް ދާއިރާ ގައި މަސައްކަތް ކުރާ ގިނަ ބަޔަކު ޑިޕްރެސްވެ އަމިއްލައަށް މަރުވުމަކީ މިކަމުގެ ނުބައިކަން ހާމަ ވާ ކަމެއް.

    5
    1