އިއްޔެ އަމިއްލައަށް މަރުވި ބޮލީވުޑްގެ އަރަމުން ދިޔަ ތަރި ޝުޝަންތް ސިންގ ރާޖްޕުޓްގެ ބައެއް ފޮޓޯތައް މީސް މީޑިއާގައި ދައުރު ނުކުރަން މަހަރަޝްތްރާ ފުލުހުން އެދިއްޖެއެވެ.

ބައެެއް މީހުން ދަނީ ސުޝަންތް މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުކުރަމުންނެވެ. އެފަދަ ފޮޓޯތައް ފެނުމަކީ ބައެއް މީހުންނަށް އުނދަގޫތަކެއް ކުރުވާނެ ކަމެކެވެ.

މަހަރަޝްތްރާ ފުލުހުން ރޭ ކުރި ޓްވީޓްްތަކެއް ވަނީ އެފަދަ ފޮޓޯތައް ޑިލިޓް ކުރުމަށް އެދިފައެވެ. އަދި އެއީ ބަލާލަން ވަރަށް އުނދަގޫ ފޮޓޯތަކެއްކަމަށްވެސް ބުނެފައި ވެއެވެ.

އަދި އެއީ ގާނޫނީ ގައިޑްލައިންނާއިވެސް ހިލާފު ފޮޓޯތަކެއް ކަމަށާއި، އެ ފޮޓޯތައް ދައުރު ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅިދާނެ ފަދަ މޭރުމަކުންވެސް ފުލުހުން ޓްވީޓްކޮށްފައި ވެއެވެ.

ފުލުހުން މިގޮތަށް ޓްވީޓްކޮށްފައިވާއިރު، ކުރިން އެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް، މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ އުރްމީލާވެސް ވަނީ އެފޮޓޯތަކާއި ހެދި އުނދަގޫ ވަމުން އަންނަ ކަމަށް ބުނެފައެވެ.

2013 ވަނަ އަހަރު ބޮލީވުޑްގެ ފިލްމަކުން ފެނުނު ސުޝަންތް މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދާ ގޭގެ ތެރެއިންނެވެ. އޭނާ މަރުވީ ދަން ޖެހިގެންނެވެ. އޭނާ ޑިޕްރެޝަންގައި އުޅެމުންދާތާ ހަ ވަރަކަށް މަސް ވެދާނެ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

ޝުޝަންތް ފުރަތަަމަ ފެނިގެން ގޮސްފައި ވަނީ ޕަވިތްރާ ރިޝްތާރިންނެވެ. އޭނާގެ ފުރަތަމަ ފިލްމަކީ ކައި ޕޯ ޗެ އެެވެ. އޭގެ ފަހުން ފިލްމް ޕީކޭ އިންނާއި. ޝުދް ޑޭސީ ރޮމޭންސް، އަދި އެމްއެސް ދޯނީ: ދަ އަންޓޯލްޑް ޖާނީން ފެނިގެން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހީީހީ

    ހަމަ އެހެން ބުނެފަ އޮއްވާ ޝްޝާންތް ގެ ފޮޓޯ އެއް ލީއޭތި..

    2
    1
    • އެނގޭތަ!

      އެބުނީ ސުޝާންތު މަރުވެފައި އޮއްވައި ނަގާފަ ހުރި ފޮޓޯތައް ސޯޝަލް މީޑިއާ އަށް ނުލާށޭ، އެވެ.