މެއި ހަތަރުވަނަ ދުވަހު ރިލީޒްކުރި "102 ނޮޓް އައުޓް" ސްކްރީން ކުރުމުގައި ފިލްމުގެ "ބަޑުންބާ" ލަވަ ކަނޑާ ނުލުމަށް ތިއޭޓަރު ވެރިފަރާތްކުރެ، ބޮލީވުޑްގެ އެކްޓަރު އަމީތާބު ބައްޗަން އެދެފިއެވެ.

މިކަމަށް އެދި އަމީތާބު ޓުވިޓާއެއް ކޮށްފައިވާއިރު، އޭނާވަނީ މި ލަވަ މިސް ނުކުރުމަށް އޭނާގެ ފޭނުންނަށްވެސް ގޮވާލާފައެވެ.

އަމީތާބު ކުރި ޓުވީޓުގައި، އެ ލަވައިގެ ލިންކެއްވެސް އަޕްލޯޑް ކޮށްފައިވާއިރު، އެ ލަވައިގެ ގޫގްލް ޑްރައިވް ލިންކެއްވެސް އޭނާވަނީ އަޕްލޯޑްކޮށްފައެވެ.

 

ޚަބަރުތައް ބުނާ ގޮތުގައި "ބަޑުންބާ" އަކީ ވެޓަރަން އެކްޓަރު ރިޝީ ކަޕޫރާއިއެކު އަމީތާބު ކިޔާފައިވާ އޭނާގެ އަމިއްލަ ލަވައެކެވެ.

އުމޭޝް ޝުކްލާ ޑައިރެކްޓްކޮށް، ބުހުޝާން ކުމާރާއި ރިޝާން ކުމާރު ޕްރޮޑިއުސްކޮށްފައިވާ "102 ނޮޓް އައުޓް" އަކީ އުމުރުން 102 އަހަރުގެ ފިރިހެނެއްގެ ހަޔާތާއި ގުޅޭ ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

https://youtu.be/ZKDsK6GR9yw

ލީޑް ރޯލުން އަމީތާބު ފެނިގެންދާ މި ފިލްމުގެ އެކިއެކި ލަވަތައް ކިޔާފައިވަނީ އަމީތާބުގެ އިތުރުން ސާލިމް ސުލައިމާނާއި ރޯހަން ވިނަޔަކް އާއި ޖިއޯޖް ޖޯސެފްއެވެ.

މި މަހުގެ ހަތަރުވަނަ މި ފިލްމު ރިލީޒްވުމާއިއެކު، ގިނަ އަދަދެއްގެ ބަޔަކު ދަނީ މި ފިލްމު ސްކްރީނަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާިސހޖ

    ކަލެެއައްތަ އެގޭނީ އަމިއްލަޔައް ބެލީމަ ވީނު