ދަންޖެހިފައި ހުއްޓާ ފެނުނު ބޮލީވުޑްގެ އެކްޓަރ ޝުޝަންތް ރާޖްޕުޓް ސިންގގެ ފުރަތަމަ ޓީވީ ސީރީޒްގެ ޕްރޮޑިއުސަރ އެކްތާ ކަޕޫރު ސުޝާންތަށް ޚާއްސަ ޓްރިބިއުޓެއް ދީފިއެވެ.

އޭނާ ވަނީ ސުޝާންތް އާއި އެކު ނަގާފައިވާ ފޮޓޯތައް އެކުލަވާލާއިގެން ވީޑިއޯއެއް މީސްމީޑިއާގައި ހިއްސާކޮށްފައެެވެ.

އެކްތާ ވަނީ ސުޝާންތް ނެތްކަން އޭނާ އަށް ގަބޫލުކުރަން ވެސް އުނދަނގޫކަމަށެވެ.

https://www.instagram.com/tv/CBcTyCsgp7W/?utm_source=ig_embed

ސުޝަންތް މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދާ ގޭގެ ތެރެއިންނެވެ. އޭނާ މަރުވީ ދަން ޖެހިގެންނެވެ. އޭނާ ޑިޕްރެޝަންގައި އުޅެމުންދާތާ ހައެއްކަ މަސް ވެދާނެ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

އޭނާ ވަޅުލުމުގެ ކަންކަން އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެކަމުގައި އޭނާގެ އާއިލާއާ ރަހުމަތްތެރިން ބައިވެރިވިއެވެ. އަދި އޭނާގެ ބައްޕަ ވަނީ އިއްޔެ ޕަތްނާއިން މުމްބާއީއަށް އައިސްފައެެވެ.

ޒީޓީވީއިން ގެނެސްދިން ޕަވިތްރަ ރިޝްތާއިން އެތައް ބައެއްގެ ލޯބި ހޯދި ސުޝާންތް އެންމެ ފުރަތަމަ ފެނިގެން ދިޔަ ހިންދީ ފިލްމަކީ އަބިޝޭކް ކަޕޫރްގެ "ކައިޕޯޗޭ"އެވެ. އެ ފިލްމާއި އެކު އޭނާ ވަނީ ފިލްމް ފެއަރ އެވޯޑްގެ އެންމެ މޮޅު ފިރިހެން އެކްޓަރ (ޑެބިއު)ގެ ރޯލަށް ނޮމިނޭޓްވެފައެވެ. އެހާހިސާބުން ފެށިގެން އޭނާގެ ފިލްމީ ކެރިއާ ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ކުރިއަށެވެ.

އެމްއެސް ދޯނީ އާއި، ޗިޗޯރޭ ފަދަ ކާމިޔާބު ފިލްމްތައް އާއްމުންނާއި ހަމައަށް ގެންސްދިން ސުޝާންތްގެ ފްލޮޕް ފިލްމްތައް ވެސް ކޮންމެވެސް ވަރަކަށް ހުއްޓެވެ. އޭގެ ތެރޭގައި ރާބްތާ އާއި، ޑިޓެކްޓިވް ބޮމްކޭޝް ބަކްޝީ ހިމެނެއެވެ. އެހެންނަމަވެސް އޭނާ އަށް ބޮލީވުޑްގެ އެތައް ހުށަހެޅުމެއް ލިބި އޭނާ އައީ ބޮލީވުޑްގައި އަލިގަދަކޮށް ފިޔަޖަހަމުންނެވެ. އަދި މި ޖީލުގެ އެންމެ ކުޅަދާނަ އެއް އެކްޓަރުގެ ގޮތުގައި ކްރިޓިކްސް އިންވެސް އައީ އޭނާ ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު